ދިރާގުގެ އަހަރީ އާންމު ޖަލްސާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ދިރާގުގެ އަހަރީ އާންމު ޖަލްސާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 11.81 ރުފިޔާ ބަހަން އެ ކުންފުނީ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ޖަލްސާގައި އެގޮޮތަށް ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުންނެވެ.

ދިރާގަށް މިދިޔަ އަހަރު 2.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.

އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 4.8 ޕަސަންޓުގެ ކުރިއެރުމެކެވެ. ޓެކްސް ކެނޑުމަށްފަހު އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 898 މިލިޔަން ރުފިޔާއެވެ. އެއީ 2016 ވަނަ އަހަރުގެ ފައިދާއާ އަޅާ ބަލާއިރު 6.9 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މި އަހަރަށްވެސް ކުންފުނި އޮޑިޓް ކުރުމަށް ނަގާފައިވަނީ  ކޭޕީއެމްޖީ އެެެެވެ.

ކިޔުންތެރިންގެ ހިޔާލު