އިހުސާން ފިހާރަ-3 އިން މިހާރު ހުރިހާ ބިލެއް ދައްކާލެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ފިހާރަ އިން ދެއްކޭ ބިލްތަކުގެ ތެރޭގައި، މީޑިއާނެޓް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، ސުޕަނެޓް، އުރީދޫ ވެސް ހިމެނެއެވެ.

އަދި އެތަނުން އުރީދޫ ޕްރިޕެއިޑް ސިމްވެސް ލިބެން ހުންނާނެއެވެ.

އިހުސާން ފިހާރަ-3 މެދުވެރިކޮށް އެއްތަނަކަށް މި ބިލްތައް ދައްކާލުމުން ވާ ފަސޭހައިގެ އިތުރުން އެތަނުން މި ބިލުތައް ދައްކާލައިގެން ވަރަށް ޚާއްސަ އިނާމެއް ހޯދުމުގެ ރަނުގެ ފުރުސަތު އެ ފިހާރައިން ވަނީ ހުޅުވާލައިފިއެވެ.

އެގޮތުން އިހުސާން ފިހާރަ-3 އިން އެ ބިލުތައް ދައްކާލުމުން ކޮންމެ ކަސްޓަމަރަކަށް ވެސް ޚާއްސަ ކޫޕަނެއް ލިބޭ ޕްރޮމޯޝަނެއް އެ ފިހާރައިން ވަނީ ފަށައިފިއެވެ.

ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދާ، އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމަކީ، 55 އިންޗީގެ ސްމާޓް ޓީވީއެކެވެ.

އިހުސާން ފިހާރައަކީ އެންމެ އަގުހެޔޮޮކޮށް، އެކި ބާވަތުގެ ތަކެތި އެއްތަނަކުން ވިއްކާ، އާއްމުންގެ އިތުބާރު ހޯދާފައިވާ ފިހާރައެކެވެ.

މިހާރު ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައިޑްލައިންތައް އެތަނުގައި ވަނީ ފުރިހަމައަށް ތަންފީޒުކޮށްފައެވެ.

އިހުސާން ފިހާރައަށް ޒިޔާރަތްކޮށްގެން ތަކެތި ބައްލަވައިގަތުމުގެެ އިތުުރުން ގޭގައި ތިބެގެން ވެސް އެ ފިހާރައިން ވިޔާފާރިިކޮށްލެވިދާނެއެވެ.

އޯޑަރު ނަގަން ފަށާކަމާއި، އޯޑަރު ނެގުން ބަންދު ކުރާކަން އިހުސާން ފިހާރައިގެ ވެބްސައިޓާއި، އެ ފިހާރައިގެ ވައިބަރ ގްރޫޕް މެދުވެރިކޮށް، އެނގެން ހުންނަ އިރު، ޑެލިވަރީ އާއި ގުޅުން ހުރި މައުލޫމާތާއި، ލިބެން ހުރި ތަކެތީގެ މައުލޫމާތު އަދާހަމަ (އަޕްޑޭޓް) ވެބްސައިޓާއި، ވައިބަ ގްރޫޕުން ވެސް ލިބެން ހުންނާނެއެވެ.

އިހުސާން ފިހާރައިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި، ރީތިވާ ސާމާނާއި، ބަދިގެއަށް ބޭނުންވާ ސާމާނު، އަންނައުނު ދޮވުމާއި ގޭތެރެ ސާފުކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުންވެސް ގޭތެރެ އަށް ބޭނުންވާ އެކިކަހަލަ ސާމާނު ލިބެން ހުރެއެެވެ. އެހެންކަމުން ކޮލިޓީ، އަގުހެޔޮ ތަކެތި އެއްތަނަކުން ހޯދަން ބޭނުން ވާނަމަ އިހުސާން ފިހާރަ ހިޔާރު ކުރުން ރަނގަޅެވެ.