އެންމެ ފުޅާދާއިރާއެއްގައި ހޮންޑާ ބްރޭންޑްގެ ސައިކަލުތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ، ރާއްޖޭގެ ހޮންޑާގެ އޮތަރައިޒް ޑިސްޓްރިބިއުޓަރ ޝީޝާ އިން "މެގާ ޑީލްސްގެ" ނަމުގައި ތަފާތު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ފެށިިގެން މި މަހުގެ ނިޔަލަށް ޝީޝާ އިން ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ ތެރޭގައި އެންމެ މަގުބޫލުކަން ހޯދާފައިވާ ބައެއް ސައިކަލުތަކަށް ހާއްސަ ޕްރޮމޯޝަނެކެވެ. އެގޮތުން ޒޫމާ އެކްސް، އެއާބްލޭޑް 2019، ސްކޫޕީ ޕްރެސްޓީގް އަދި ސްކޫލް ކްލަބް 12 (2018)ގެ މޮޑެލްތަކުން ވަރަށް ހާއްސަ ޑީލްތަކެއް ޝީޝާ އިން ވަނީ ތައާރަފްކޮށްފައެވެ.

ޝީޝާ އިން މިއަދު ބުނީ، މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ހާލަތާއި ގުޅިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، ރަނގަޅު އަގުތަކެއްގައި، ސައިކަލު ގަނެލުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން މެގަ ޑީލްސް ޕްރޮމޯޝަންގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ "ޒީރޯ އިންސްޓޯލްމެންޓް ޗާޖް" ޑީލް ތަކެެވެ.

"މި ޑީލްގައި ޑައުން ޕޭމަންޓްގެ ގޮތުގައި ސައިކަލުގެ އަގުގެ ދެ ބައި ކުޅަ އެއްބައި ދައްކައިގެން، ބަޔާންކޮށްފައިވާ މުއްދަތު ތެރޭ މަހުން މަހަށް ފައިސާ ދައްކާއިރު، އިތުރު އެއްވެސް އިންސްޓޯލްމެންޓް ޗާޖެއް ކަސްޓަމަރުންނަށް ދައްކަން ނުޖެހޭނެ. އަދި ސައިކަލަށް ދައްކަން ޖެހޭ ފައިސާގެ އެއްބައި ދައްކާފައި ނަގާ ކަސްޓަމަރުން، އެޕްލިކޭޝަން ފޯމާއެކު އެއްވެސް ޑޮކިއުމެންޓެއް ހުށަހަޅަން ނުޖެހޭނެ" ޝީޝާ އިން ބުންޏެވެ.

މީގެ އިތުުރުން، ޒުވާނުންގެ ތެރޭގައި އެންމެ މަޝްހޫރު ޒޫމާ އެކްސް ސައިކަލުތަކަށް ހާއްސަކޮށް "ޒީރޯ އިންސްޓޯލްމެންޓް ޗާޖް" ޑީލެއްވެސް މި ޕްރޮމޯޝަންގެ ދަށުން ކުރިއަށް ދާނެ އެވެ. އެގޮތުން އެ ޑީލްގެ ދަށުން ސައިކަލު ނަގާނަމަ ޑައުން ޕޭމަންޓްގެ ގޮތުގައި އެންމެ 15،000 ރުފިޔާ ދައްކައިގެން، 12 މަސް ދުވަހުގެ ތެރޭގައި މަހުން މަހަށް ފައިސާ ދައްކައި ނިންމާލާ ގޮތަށް، އެއްވެސް އިންސްޓޯލްމެންޓް ޗާޖަކާއި ނުލާ ސައިކަލު ނަގާލެވޭނެ ކަމަށް ޝީޝާ އިން ބުންޏެވެ.

ޝީޝާ އިން ބުނީ، އެއްފަހަރާ ފައިސާ ދައްކައިގެން ސައިކަލު ނަގަން ބޭނުންވާ ކަަަސްޓަމަރުންނަށްވެސް "ޑިސްކައުންޓް ޑީލް"ތަކެއް މި ޕްރޮމޯޝަންގެ ދަށުން ތައާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ޑީލްގެ ދަށުން ބައެއް ސައިކަލުތަކުން 8000 ރުފިޔާއާ ހާމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށް ޝީޝާ އިން ބުނެފައި ވެއެވެ.

އަދި އެއްކޮށް ފައިސާ ދައްކައިގެންނާއި، ސައިކަލުގެ ދެބައިކުޅާ އެއްބައި ފައިސާ ދައްކަން ދަތި ފަރާތްތަކަށްވެސް ހާއްސަކޮށް މެގަ ޑީލްގެ ދަަށުން "ރެޑިއުސް އިންސްޓޯލްމެންޓް ޗާޖް"ޑީލްތަކެއްވެސް ކުރިއަށްގެންދާ ގޮތަށް ޝީޝާއިން ވަނީ ނިންމާފައެވެ.

"މި ޑީލްތަކުން އާއްމުކޮށް ސައިކަލު ނަގާއިރު އިންނަ އިންސްޓޯލްމެންޓް ޗާޖަށްވުރެ ކުޑަ ޗާޖެއްގައި ސައިކަލު ނެގިމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދާނެ" ޝީޝާއިން ބުނެފައި ވެއެވެ.

ޝީޝާގެ މި ޕްރޮމޯޝަން އެ ކުންފުނީގެ ހުރިހާ އައުޓްލެޓްތަކެއްގައިވެސް ކުރިއަށް ދާނެ އެވެ.