ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ އިޤުތިޞާދީ ދަތިކަމުން އަރައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ވަގުތު ސަމުގާ" ތައާރަފްކޮށްފިއެވެ.

މިއީ ތަފާތު ބާވަތްތަކުގެ ކުދި އަދި މެދުފަންތީގެ ފިޔަފާރި ކުރާ ފަރާތްތަކަށް އެވިޔަފާރިތަކުގެ އުފެއްދުންތައް އިސްތިހާރު ކޮށްދޭނެ ޕްލެޓް ފޯމެކެވެ. މި ޕްލެޓްފޯމްގައި ރެސްޓޯރެންޓާއި ހިފައިގެންގުޅޭ ތަކެއްޗާއި، ރީތިވުމަށް ބޭނުންވާ ތަކެއްޗާއި، އިލެކްޓްރޯނިކް ތަކެތި ވެސް އިސްތިހާރު ކޮށްދޭނެއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އެންމެ ކުދިކުދި ވިޔަފާރިތައް ކުރައްވާ ފަރާތްތަކަށް ވެސް ރާއްޖޭގެ އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓް ކަމަށްވާ "ވަގުތު" ގައި ވަރަށް ފަސޭހައިން އިސްތިހާރު ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން. އަދި ތަފާތު އުފެއްދުންތައް ބޭނުންވާ ކަސްޓަމަރުންނަށް ވެސް އެބޭފުޅުން ގަންނަން ބޭނުންވާ އެއްޗެއް ވިއްކާ ވިޔަފާރިތައް ފަސޭހައިން އެއްތަނަކުން ހޯދައި ދިނުން." ވަގުތުގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ވަގުތު ސަމުގާ" ގައި އިސްތިހާރު ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7999681 ނަމްބަރު ފޯނަށެވެ.

"ވަގުތު ސަމުގާ" ގައި އިސްތިހާރު ކުރައްވާ ވިޔަފާރިތަކުން ބޭނުންވާނަމަ އެވިޔަފާރި އަކާއި ގުޅޭ މައުލޫމާތު ހިމެނޭ އާޓިކަލްއެއް ކޮންމެ މަހަކު އެއްފަހަރު އިތުރު އެއްވެސް ފީއެއް ނެގުމެއް ނެތި ޝާއިއު ކޮށްދޭނެއެވެ.