ރޯދަމަސް ފެށުނު އިރު މިވަނީ ދަތުރުވެރިންގެ މާރުކޭޓު ތަރުކާރީއާއި މޭވާއާއި ފަތުގެ އެކި އެކި ބާވަތްތަކުން ތޮއްޖެހިފައެެވެ.

ރޯދަމަސް ފެށުމާއި އެކު މާރުކޭޓުގައި އެންމެ ބޮޑަށް އުފުލިފައިވަނީ މިރުހާއި ކަރަލުގެ އަގެވެ.

އެގޮތުން 100 ގްރާމް މިރުސް 50- 55 ރުފިޔާ އާއި ދެމެދުގެ އަގުތަކަށް ލިބެން ހުރި އިރު މިރުސް ކިލޯއެއްްގެ އަގު އުޅެނީ 500-700 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި މީގެ ހަފްތާއެއް ކުރިން 25 ރުފިޔާއަށް ލިބެން ހުރި ކަރާ ކިލޯ މިހާރު ހުރީ 35-40 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ.

މާރުކޭޓުގައި ވިއްކަން ހުރި ކަރާ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މާރުކޭޓުގެ ގޮޅިއެއްގައި އިން ވިޔަފާރިއަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނެފައި ވަނީ މިރުހާއި ކަރާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި މިރުހާއި ކަރާ ކިތަންމެ ވަރަކަށް ލިބުނަސް އަގު ނުވެއްޓޭނެ ކަމަށާއި އަގު ދާނީ އުފުލެމުން ކަމަށެވެ.

" މިރުސް އެބަހުރި ކިތަންމެ ވަރަކަށްވެސް. މިހާރުވެސް ބަސްތާ އިން އެބަހުރި. ކަރާވެސް ބޭނުންވަރަކަށް ލިބޭ. އަދި މި ދެ ބާވަތް ލިބުމުގައި ނެތް އެއްވެސް ދަތިކަމެއް. ކުރިއަށް އޮތް ތާނގައި އަގުތަށް ދާނީ އުފުލެމުން" ވިޔަފާރިވެރިޔާ ބުންޏެވެ.

މާރުކޭޓުގައި ލުނބޯ ކިލޯއެއް 50 ރުފިޔާއަށް އަށް ހުރި އިރު ފަޅޯ ކިލޯއެއް އުޅެނީ 30-35 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތި - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އަދި ކެރޮޓް ކިލޯއެއް 20 ރުފިޔާއަށް ލިބެން ހުރި އިރު ބަށި ކިލޯއެއް ހުރީ 50 ރުފިޔާއަށެވެ.

ފަތުގެ ބާވަތްތަކަށް ބަލާލާއިރު އާދައިގެ ކޮޕީފަތް ބޮޑިއެއް އުޅެނީ 15-20 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި ލެޓިއުސް ކިލޯއެއް 180 ރުފިޔާއަށް އުޅޭއިރު ބޮނޑިކޮޕީ ކިލޯއެއް ލިބެން ހުރީ 70 ރުފިޔާއަށެވެ.

މާރުކޭޓުގައި އެންމެ މަދުން ލިބެން ހުރީ އަނބާއި ކާށްޓެވެ. އެގޮތުން ހެޔޮވަރުގެ ކާށްޓެއް 10 ރުފިޔާއަށް ލިބެން ހުރި އިރު ހެޔޮވަރުގެ އަނބު ބައެއް ލިބެން ހުރީ 100 ރުފިޔާއަށެވެ.

މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތި - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ކަނޑުމަހުގެ ބާވަތްތަކަށް ބަލާލާއިރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކަންޏެވެ. އެގޮތުން ކުރިން 45 ރުފިޔާއަށް ލިބުން ކަންނެލި ކިލޯ މިހާރު ހުރީ 60 ރުފިޔާއަށެވެ. އަދި ކަޅުބިލަމަސް ހުރީ ކިލޯއެއް 40-50 ރުފިޔާއަށެވެ.

ފަރުމަހުގެ ބާވަތްތަލަށް ބަލާލާއިރު ވާލި ކިލޯއެއް ލިބެން ހުރީ 40-50 ރުފިޔާއަށެވެ. އަދި ހެޔޮވަރުގެ ރަތްމަހެއް ލިބެން ހުރީ 240-300 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިސްވޭއޭ

    މިރުހާއި ކަރަލުގެ އަގު އިންތިހާ އަށް މަތިކޮށްފިނަމަ ދެން މީގެއިން ދަސްކުރަން ޖެހޭ ފިލާވަޅަކީ އެއީ ބާޒާރު މަތީގައި ވިޔަފާރިވެރިންގެ ގޮތުގައި ތިބޭ މީހުން ގެ ބޮޑު ތުނބުއްޅާ އެއީ ދެއްކުން ތެރިކަން ކުރިއެރުވުމަށް ޓަކައި ހުންނަ އެއްޗެއް ކަމަށޭ އެމެން ރޯދަ މަހު ތިންގުނަ ފައިދާ ލައިގެން ތަކެތި ވިއްކާ ރައްޔިތުން ފެލަނީ އޭ މިފަދަ ކަންކަން ހައްލު ކުރުމަށް ޓަކައި ތިލަފުށި ކުރިމަތިން އޮތް ބޮޑު ފަޅު ހިއްކާ އެފަދަ ފަޅުގައި 10 ބުރިއަށް އިމާރާތް ތައް ކޮށް އެފަދަ އިމާރާތް ތަކުގައި ގްރީން ހައުސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެސްޓީއޯ އިން ކަރަލާއި މިރުހާއި ކިއުކަމްބާރ އާއި އަދި ކެރެޓް އަދި ކެބެޖް އުފައްދާ މާލޭގެ ބާޒާރަށް އެސްޓީއޯ މެދުވެރިކޮށް ނެރެންވީ ދުވާލަކު 1 މިލިއަން ޓަނުގެ ތަކެތި މަދުވެގެން. އެއިރުން ދެން މިފަދަ ކަންކަން އިސްލާހު ވެގެން ދާނީ.

  2. ޕޮފުބާ

    ދަނޑު ހައްދާމީހުން ހިންގާބޮޑު ޖަރީމާއެއް ކޮންމެ އަހަރަކުވެސް އާންމުރަށްޔިތުންފެލަނީ ވިޔަފާރިވެރިން ގަސްތުގަ

  3. Anonymous

    ރަށްޔިތުން ފެލަނީ ސަރުކާރެއްނޫން ރަށްޔިތުންފެލަނީ ވިޔަފާރިވެރިން

  4. ދިސްވޭ

    ދިވެހި އުފެއްދުން ތަކުގެ އަގު އެހާ ބޮޑުވުމުން މަމެންނަށް އެއިން ހައިރާން ކަމެއް ލިބިގެން ނުދެއެވެ. ރޯދަ މަހު އެންމެ ބޮޑަށް ގަޑިއަށް ނަމާދަށް ދާ ވިޔަފާރިވެރިން 150 ރުފިޔާ އަށް ކިލޯ އެއް ވިއްކާ މިރުސް ކިލޯ އެއް 700 ރުފިޔާ އަށް ތިޔާ ވިއްކަނީ. އަނެއް ހެން ގޯހެއް ނޫން ދޯ. ތިޔަށް ކިޔާނީ ރޯ މާދުވާލު ފޭރުމޭ މަމެން ކިޔެވި ދުނގެތި ޔުުނިވަރސިޓީގެ ދުނގެތި ޕްރޯ ބުނި ހަނދާން މަމެން ވެއޭ ބުަނަން މަމެން ނެތީމު ދޯ. މިއިން މިއެގިގެން ދާ އެއްޗަކީ އިންޑިވިޖުއަލް މީހުން ރާއްޖޭގައި ދަނޑު ގޮވާން ކުރާނަމަ ނުވަތަ ކޯރޕަރޭޓް ސޮސައިޓީސް ތަކުން ދަނޑު ވެރިކަން ކުރާނަމަ ރާއްޖެ އަށް ބޭނުންވާ ވަރާއި ގާތަށް ވެސް އެމެންނަށް ދަނޑު ވެރިކަން ނުކުރެވޭނެ ކަން. ކަން މިހެން ހުރުމުން ތިލަފުށި އިރުން އޮތް ބޮޑު ފަޅު ހިއްކައިގެން އެތަނުގައި 25 ބުރީގެއިމާރާތް ތައް ހަދައިގެން އެތަނުގައި ގްރީން ހައުސް ޓެކްނޮލޮޖީގެ އެހީގައި އުފައްދަންވީ ކަރައާއި ދޮންކޭލާއި ކިއުކަމްބާރ އާއި މިރުހާއި ކެބެޖް އާއި އަދި ފެހި ފަތުގެ ބާވަތްތައް އެސްޓީއޯއިން.

  5. ޑާޑާޑާޑާ

    ރޯދަ މަހުގެ ފުރަތަމަ ދުވަހު ލޯކަލް މާރުކޭޓުގައި ތިބި ޑޮމެސްޓިކް ޕްރޮޑަކްޓްސް ތައް ވިއްކާ ބްރޯކަރުން ތަކެތީގެ އަގު އިންތިހާ އަށް ގެންދިއުމުން ފިޔާ އަލުވި އަދި ބިސް އެސްޓީއޯ އިން ބާޒާރަށް ނެރޭ ގޮތަށް ރާއްޖޭގެ ބޮޑު ފަޅު ރަށެއް އެބަޖެހޭ ދޭން އެސްޓީއޯ އަށް އެގޮތުން ކުރީގައި ދަނޑުވެރިކަން ކުރި ލާމު މެންދޫ އެސްޓީއޯ އަށް ދޭން އެބަޖެހޭ 100 އަހަރު ދުވަހުގެ މުއްދަތަށް އަދި އެރަށުގައި ގްރީން ހައުސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ނާއި ދަނޑު ތައް ކަލްޓިވޭޓް ކޮށްގެން އެބަޖެހޭ ޑޮމެސްޓިކް އެގްރިކަލްޗްރަލް ޕްރޮޑަކްޓްސް ތައް އުފައްދާ ބާޒާރަށް ނެރެން އެސްޓީއޯ އިން އަދި ސަރުކާރު ޖައިކާގެ އޯޑީއޭ އެސިސްޓެންސް ހޯދައިގެން މިކަމަށް މީހުން ވެސް ތަމްރީން ކުރަން ޖަޕާން އަށް ފޮނުވައިގެން މިކަން ލާރޖް ސްކޭލް ގައި ކުރަންވީއޭ އެނޫން ގޮތެއް ނެތޭ. ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑޯންޓް ބީ ޑޯންްޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  6. އެކަތަ

    މާލޭ ގެތަކުގެ ކުލީގެ ވާހަކަ ނުދައުލްކަނީ ކީއްވެތަ.؟

  7. ކައުންސެލަރު

    އަގުބޮޑުކޮށްލާ އަގުބޮޑުކޮށްލާ! މީ ކަލޭމެންގެދުވަސް، ކަލޭމެންގެ ވިޔަފާރީގެ މައްސަރު...
    އަހަރެމެންގެ އަޅުކަމުގެ މައްސަރު