ފްލައިމީން އިންޓަނޭޝަނަލް ދަތުރުތައް ފަށައިފި އެވެ.

ފްލައިމީން އިންޓަނޭޝަނަލް ދަތުރުތައް ފަށާފައި މިވަނީ އެ އެއާލައިނަށް އެއާ އޮޕަރޭޓާސް ސެޓްފިކެޓް (އޭއޯސީ) އިއްޔެ ލިބުމާއި އެކުގައެވެ. ފްލައިމީން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ އެދިފައި ވަނީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

ފްލައިމީގެ ފުރަތަމަ އިންޓަނޭޝަނަލް ދަތުރުގައި މިއަދު ގޮސްފައި ވަނީ ސްރީލަންކާ އަށެވެ.

އަދި ލަންކާގެ ބޯޑަރު ހުޅުވުމާއެކު ރާއްޖެއާ ލަންކާއާ ދެމެދު ޝެޑިއުލް ދަތުރުތައް ފްލައިމީން ކުރަން ނިންމާފައިވާއިރު، ރާއްޖެއިން ބޭރުގެ އިތުރު މަންޒިލްތަކަށްވެސް ފްލައިމީން ދަތުރު ކުރާނެއެވެ. އެގޮތުން ފްލައިމީން އިންޑިއާއަށް ދަތުރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ފްލައިމީގެ ދަތުރުތައް އާންމުކޮށް ކުރަނީ އދ. މާމިގިއްޔަށާއި ބ. ދަރަވަންދޫއަށެވެ. މީގެ ކުރިން އައްޑޫ ސިޓީއަށާއި، ފުވައްމުލަކަށްވެސް ފްލައިމީން ދަތުރުކޮށްފައި ވެއެވެ.