ސެންޓަކީ ދިވެހިންގެ މެދުގައި އަބަދުވެސް ބޮޑު ޑިމާންޑެއް އޮންނަ އެއްޗެކެެވެ. އަދި މީރުވަސްދުވާ ސެންޓަކީ ގިނަ ބައެއްގެ ހިތްދަމައިގަންނަ ޖާދުލެއްވެސް މެއެވެ. ޒުވާނުންގެ މެދުގައި ފަހުގެ މޮޅު ސެންޓު މަޤުބޫލުވާ ސަބަބަކީ މިއީ ކަމަށްވެސް ވެދާނެއެވެ.

ތަފާތު ގިނަ ބްރޭންޑްތަކުގެ ސެންޓަށް ދިވެހިން ވަރަށް ބޮޑަށް ލޯބިކުރާއިރު، ފަހުގެ އުފެއްދުންތަކަށް އަބަދުވެސް އިންތިޒާރުކުރާ ގިނަ ބަޔަކުވެސް އުޅެއެވެ. އެފަދަ ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. މިހާރު ރާއްޖެއިން ލިބެންހުރު "ލެންކޮމް" ގެ އެންމެ ފަހުގެ ސެންޓަކީ ޔަޤީނުންވެސް ގިނަ ބަޔަކަށް ކަމުދާނެ ސެންޓެކެވެ.

ލެންކޮމްގެ 2020 އުފެއްދުމެއް ކަަމަށްވާ އިންޓެންސްމެންޓް ނަލަ ސެންޓު ފުޅިއަކީ އެހެން ސެންޓާއި ތަފާތު "ސަޅި" ސެންޓެކެވެ. ލުއި މީރުވަހެއް ދުވާ، އަދި ފުޅިވެސް ތަފާތު ޑިޒައިނެެއްގައި ހުންނަ މި ސެންޓު ޚާއްސައީ ޒުވާން އަންހެނުންނަށެވެ.

ސެންޓުގެ ނޯޓު ތަކަށް ބަލާ އިރުވެސް މި އުފެއްދުމުގެ ތަފާތު ފެނިގެންދެއެވެ. އެގޮތުން ވެނީލާ، ސްވީޓް، ފޮލޯރަލް، ޕައުޑަރީގެ ވަހުން މި ސެންޓުގެ ކޮލެޓީ ވަރަށް ބޮޑަށް ހާމަވެގެން ދާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ދުނިޔޭގައިވެސް މިހާރު މަޤުބޫލު މި ސެންޓް ރާއްޖެއިން ލިބެން ހުރީ "އިންޓެންސް.އެމްވީ" ގެ ފޭސްބުކް ޕޭޖުންނެވެ. މި ބްރޭންޑުގެ 100 އެމްއެލް ފުޅިއެއް އެ ޕޭޖުން ވިއްކަނީ 2500 ރުފިޔާއަށެވެ. މި ސެންޓަށް އޯޑަރު ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7750004 ގުޅުމަށް ނޫނީ ވައިބާ މެދުވެރިކޮށް މެސެޖް ކުރުމަށް "އިންޓެކްސް.އެމްވީ" އިން އެދެއެވެ.

"އިންޓެންސް.އެމްވީ" އިން ވިއްކާ ބައެއް އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1- އަންހެނުންނަށް ހާއްސަ މީރުވަސް ދުވާ ސެންޓް ބްވްލްގަރީ


2- ފިރިހެނުންނަށް ހާއްސަ ހުގޯ ބޮސް ގިފްޓް ސެޓް


3- ފިރިހެނުންނަށް ހާއްސަ މޮންޓް ބްލޭންޑް އެމްބްލެމް އިންޓެންސް ގިފްޓް ސެޓް


4- ފިރިހެނުންނަށް ހާއްސަ އިންވިކްޓަސް އެސްޕްރެސޯ ގިިފްޓް ސެޓް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަގޭހާލު

  މިއެނީ އަނގަޔާ އަތާ ދިމާނުގެން އުޅޭ ކޮވިޑްވަމާނުގަ ކުރަން އެންމެ ރަނގަޅު ކަންތައްތިއީ..

  4
  1
 2. ދަރަނި ދަންތުރަ

  މާ އަގުހެޔޮ 5500 އަށް ރަނގަޅު 100 އެމް އެލް

 3. ޝެަަކޕު

  we don't want perfume data to everybody get the food for what beautiful