ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ދިވެހިންގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ދެ މީސްމީޑިޔާކަމަށްވާ ޓުވިޓަރ އަދި އިންސްޓަގްރާާމް ބޭނުން ކުރައްވާ ފަރާތްތަކަށް ދިރާގްއިން ޙާއްސަ މުބާރާތެއް ފަށައިފިއެވެ.

"ރޯދަ މޫމަންޓް" އަދި "މީ ކޯއްޗެއް" ގެ ނަމުގައި ފެށި މި ދެ މުބާރާތަކީ އަގުހުރި އިނާމު ތަކަކާއެކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

"ރޯދަ މޫމަންޓްސް" އިންސްޓާގްރާމް ފޮޓޯ މުބާރާތް

"ރޯދަ މޫމަންޓްސް" މުބާރާތަކީ ފޮޓޯ ނެގުމަށް ޚާއްސަ ޝައުގެއް ހުންނަ ފަރާތްތަކަށް އަމާޒު ކުރެވިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގައި ބައިވެރިވުމަށް roadhamoments# ޖަހާފައި އިންސްޓާގްރާމަށް އަޕްލޯޑް ކުރަން ޖެހެއެވެ. އަދި އިންސްޓާގްރާމް މެދުވެރިކޮށް ދިރާގުން ތައާރަފްކުރި "ރޯދަ މޫމަންޓްސް" ފޮޓޯ މުބާރާތުން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ގުރުއަތުން ހޮވައި، ނަސީބުވެރި ފަރާތަކަށް "ގޯ ޕްރޯ ހީރޯ ސިކްސް" އެއް ލިބިގެންދާނެއެވެ.

"މީ ކޯއްޗެއް" ޓްވިޓާ މުބާރާތް

"މީ ކޯއްޗެއް" މިއީ ޓުވިޓަރ ބޭނުންފުޅު ކުރައްވާ ފަރާތްތަކަށް ޚާއްސަ މުބާރާތެކެވެ. ރޯދަމަހުގެ ކޮންމެ ރެއެއްގެ 10 ޖަހާއިރު ދިރާގުގެ ޓްވިޓަރ އަށް މައިކްރޯ ފޮޓޯއެއް އަޕްލޯޑު ކުރާއިރު، މިމުބާރާތުގެ ބައިވެރިން ޖެހެނީ އެއީ ކޯއްޗެއްކަން ދިމާ ކުރާށެވެ. އެފޮޓޯގައި ވާ އެއްޗެއް ދިމާކުރުމުގެ ފުރުސަތު ހުޅުވާލެވިފައި  އޮންނާނީ ރޭގަނޑު 10- 12 އަށެވެ. އެ މުބާރާތުގައި ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ރަނގަޅު ޖަވާބު ދޭ މީހާއަށް ނުވަތަ ރަނގަޅު ޖަވާބު ދޭ މީހުންގެ މެދުގައި ގުރުއަތުން ހޮވޭ މީހަކަށް ސީހައުސްއިން ފަސް މީހުންގެ ރޯދަ ވީއްލުމެއް ލިބޭނެއެވެ.

މީގެ އިތުރުން ދިރާގުންވަނީ މުވާސަލާތީ ޚިދުމަތް ބޭނުން ކުރުމަށ ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އިތުރު ޕެކޭޖްތަކެއްވެސް ރޯދަ މަހާ ދިމާކޮށް ތަޢާރަފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު