ޒިއޯމީ އެމްއައީ ޓީވީ 4 އެސް ރާއްޖޭގައި ވިއްކަމުންދާ އެއްބަޔަކީ އެޗް އެންޑް އެޗް މިރެކަލްސް އެވެ. އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް މި ބްރޭންޑްގެ ޓީވީގެ 65 އިންޗް ވިއްކަމުންދާއިރު، މިއީ ތަފާތު ކަމެއް ގެނުވައިދޭނެ ޓީވީއެއް ކަން ފާހަގަކޮށްލާނަމެވެ.

އެގޮތުން މި ޓީވީން އެއްޗެއް ބަލާލަން އިންނައިރު، ހީވާނީ މަންޒަރުގެ ތެރޭގައި އުޅެވޭހެންނެވެ. ސަބަބަކީ އެހާވެސް ސާފުވެފައި ޗާލު ވީމައެވެ. މިއީ އަދި ނެޓްފްލިކްސް އާއި އެެންޑްރޮއިޑް އެޕްލިކޭޝަންސްތައް އަޅާ ލެވޭ ފެންވަރުގެ ޓީވީއެއްކަން ފާހަގަކޮށްލާނަމެވެ.

މީގެ އިތުރުން، މި ޓީވީ މެދުވެރިކޮށް، ޔޫޓިއުބްއިން ވީޑިއޯ ބަލާލެވޭއިރު، މި ޓީވީގައި އިންނަ ވޮއިސް ރެސްޕޮންސް ރިިމޯޓަރީ މޮޅު، ހިތްގައިމު ރިމޯޓެކެވެ.

މި ޓީވީއަކީ ގޭގެ ސިޓިންގރޫމްތަކަށްވެސް ހިތްގައިކަން ގެނެސްދީ، ފަޅުފިލުވައިދޭނެ ޓީވީއެކެވެ. އަދި މިހާރުވެސް ގިނަ ސިޓިންގ ރޫމްތަކުގައި ސާބިތުކަން ދައްކުވައިދެމުންދާ ޓީވީ އެވެ.

އަދި މިއީ ޑަޮލްބީ އޯޑިއޯ އަދި އަލްޓްރާ ޔޫއެޗްޑީ 4ކޭ ޓީވީއެކެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލާނީ، މިއީ މިހާރު ރާއްޖޭގެ މާކެޓްތަކުގައި ނަން ހިނގާ މަޝްހޫރު ބްރޭންޑްތަކާއި، އަޅާބަލާއިރު، ކުޑަތަންކޮޅެއްވެސް ދޫކޮށްނުލާނެ ވަރުގެ، ކޮލެޓީ ބްރޭންޑެއްގެ ޓިވީއެއް ކަމެވެ.

ޒިއޯމީ އެމްއައީ ޓީވީ 4 އެސް ރާއްޖެ އަށް ވިއްކަން ފަށާފައި ވަނީ މުޅިން އަލަށެވެ.

މި ޓީވީ ވިއްކަމުންދާ އެޗް އެންޑް އެޗް މިރެކަލްގެ ފޯން ނަމްބަރަކީ 9180880 އެވެ.