ސެންޓަށް ލޯބި ކުރާ ދެމަފިރިންނަށް ނޫނީ ލޯބިވެރިންނަށް އުފާވެރި ޚަބަރެއް ދެން ހެއްޔެވެ؟ މި އަހަރު ތެރޭގައި އެކުގައި ނުކުތް ދެ ސެންޓެއް މިހާރު މާލެ އިން ލިބެން އެބަހުއްޓެވެ. ރާއްޖޭގައި އޮންލައިންކޮށް ސެންޓް ވިއްކުމުގައި މަގްބޫލުކަން ހޯދާފައިވާ އިންޓެންސް އެމްވީން ރާއްޖެ ގެނެސް ވިއްކަން ފަށާފައި ވަނީ އަންހެނުންނަށް ހާއްސަ އޮލިމްޕިއާ އޮނިކްސް އާއި ފިރިހެނުންނަށް ހާއްސަ އިންވިކްޓަސް އޮނިކްސް އެވެ.

މިއީ ދެ ލޯބިވެރިން ބައްދަލުކޮށްލަން ދާއިރު ބޭނުން ކުރެވިދާނެ ސެންޓެކެވެ. ނޫނީ ލޯބިވެރިޔާއެކު ޖީއެން ސައިކަލުގައި ރައިޑަކަށް ދާއިރުވެސް ބޭނުންކޮށްލަން ހަމަ ވަރަށް ކަމުދާނެ ސެންޓަކަށް ވެގެން ދާނެއެވެ. ދުވާ މީރު ވަހުން، ލޯބި އުތުރި އަރާނެ އެވެ.

މި ދެ ސެންޓުގައިވެސް ވަރަށް މީރުވަސް ދުވައެވެ. ރޮމޭންޓިކް އިވެންޓްތަކަށް ހާއްސަ މި ދެ ސެންޓު ހަދިޔާއެއްގެ ގޮތުގައިވެސް ދެވިދާނެ އެވެ.

ޕެކޯ ރަބެއްނޭ އަކީ ރާއްޖެއަށްވެސް އެހާ މަޝްހޫރު ބްރޭންޑަކަށްވާއިރު، ދިވެހިންނަށް ޔަގީނުންވެސް މި ބްރޭންޑް ކަމުގޮސްފިއެވެ.

އޮލިމްޕިއާ އޮނިކްސް: މިއީ މި އަހަރު ތެރޭގައި ނެރުނު އަންހެނުންނަށް ހާއްސަ ވަރަށް މީރުވަސް ދުވާ ސެންޓެކެވެ. ގިނައިރު ވަސް ހުންނަ، ވަރަށް ހިތްގައިމު ގަދަ ވަހެއް އެކުލެވިގެންވާ ސެންޓެކެވެ. އަދި ގިނައިރު ވަސް ހިފަހައްޓާލަދީ، އެތައް ބައެއްގެ ހިތްތައް ދަމައިގަންނަވަރުގެ ޖާދުވީ ވަހެއް އެކުލެވިގެންވާ ސެންޓެކެވެ. މީގެ ޓޮޕް ނޯޓްސްގެ ތެރޭގައި ގްރީން މެންޑެރިން، ވޯޓާ ޖޭޒްމީން، ގިންގާ ހިމެނެއެވެ. މީގެ މިޑިލް ނޯޓްސްގެ ތެރޭގައި ވެނީލާ އަދި ސޯލްޓް ހިމެނޭއިރު ބޭސް ނޯޓުގައި ހިމެނެނީ ކެޝްމިރްވުޑް، އެމްބަރގްރިސް، އަދި ސެންޑަލްވުޑް އެވެ.

އިންވިކްޓަސް އޮނިކްސް: މިއީ ފިރިހެނުންނަށް ވަރަށް ކަމުދާނެ ލުއި މީރު ވަހެއް ދުވާ ސެންޓެކެވެ. މި ސެންޓުގެ ޓޮޕް ނޯޓްސްގެ ތެރޭގައި ގްރޭޕްފްރުޓް ސީނޯޓްސް، އަދި މެންޑަރިން އޮރެންޖް ހިމެނެއެވެ. މީގެ މިޑިލް ނޯޓްސްގެ ތެރޭގައި ލައުރެލްސް އާއި ޖޭޒްމީނެވެ. ބޭސް ނޯޓްސްގައި ގުއައިއެކް ވުޑް، މޮސް، ޕެޗޫލީ އަދި އެމްބާގްރިސް ހިމެނެއެވެ.

އިންޓެންސް އެމްވީން ބުނީ، އެ ޕޭޖްގެ ޓާގެޓަކީ އާ ޖެނެރޭޝަންގެ ލޯބިވެރިންނަށް އާ ސެންޓް ތައާރަފް ކުރުން ކަމަށެވެ.

"އިންޓެންސް.އެމްވީ" އިން ވިއްކާ ބައެއް އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1- ގުޑް ގާލް ޑު ނޮޓް ޑްރާމާ ފޯ ވުމެން

2- ވިކްޓޯރިއާ ސީކްރެޓް ބޮމްބްޝެލް ޕެރިސް ފޯ ވުމެން

3- ވިކްޓޯރިއާ ސީކްރެޓް ބޮމްބްޝެލް އީޑީޕީ ފޯ ވުމެން

4- ޓޮމް ފޯޑް އޫދް ވުޑް އިއާއޫ ޑީ ޕާފިއުމް ފޯ ވުމެން

5- ވިކްޓޯރިއާ ސީކްރެޓް ބޮމްބްޝެލް އިންޓެންސް ފޯ ވުމެން

އެ ޕޭޖުން ވިއްކާ ސެންޓްތައް ގަތުމަށް، ފޭސްބުކް މެދުވެރިކޮންނާއި، 7750004 އަށް ގުޅައިގެން ނުވަތަ ވައިބާ/ވަޓްސްއެޕް ކޮށްގެންވެސް ބޭނުންވާ ސެންޓް ފުޅިއެއް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.