މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލި މަޑުކަމުގައި ސާފުތާހިރުކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެވެ. އަމިއްލަ ގައިގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ދިރިއުޅޭ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ތިމާއާއި އެހެން މީހުންގެ ރައްކާތެރި ކަމަށް އެޅޭނެ ހަރުކަށި ފިޔަވަޅެކެވެ. އެހެން ނަމަވެސް، ދިވެހިރާއްޖޭގައި މިކަން ހާސިލުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ޖަރާސީމާއި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާނެ ޔަޤީންކަން ބޮޑު އުފެއްދުންތައް ރާއްޖޭގެ މާކެޓުން ނުލިބުމުގެ މައްސަލައެވެ. ނަމަވެސް މިހާރު މިއީ ހާސްވާންޖެހޭ ކަމެއް ނޫނެވެ. ޖަރާސީމާއި ދެކޮޅަށް މިދަނޑިވަޅުގައި ބޭނުންކުރެވޭނެ އެންމެ މުހިންމު އެއް ހަތިޔާރު ސިބްކޯގައި ލިބެން އެބަހުއްޓެވެ.

ސިބްކޯ އިން ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ "އެކްޓިވެކްސް" ބްރޭންޑުގެ ބެކްޓީރިއާ ބްލޮކިންގ ސިސްޓަމްގެ ލިކިއުޑް ސޯޕް ނުވަތަ ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރާ ސައިބޯނި ފުޅިއަކީ ތުރުކީގެ އުފެއްދުމެކެވެ. އެކްޓިވެކްސް ބްރޭންޑްގެ ސައިބޯނި އުފައްދާފައި ވަނީ ޖަރާސީމާއި ދެކޮޅަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ސައިބޯނީގެ ގޮތުގައެވެ. މި އުފެއްދުމަކީ އެހެން ބްރޭންޑްތަކުގެ ސައިބޯނި ފަހަތައް ޖައްސާލުމަށް ފަހު، ދުނިޔޭގެ ކަންކޮޅުތަކުގައި އިތުބާރު ބޮޑުވަމުންދާ، އެއް ބްރޭންޑެވެ. އެކްޓިވެކްސް ބްރޭންޑްގެ ސައިބޯނި ފުޅި އުފައްދާފައި ވަނީ ސައިންޓިފިކް ރިސާރޗުތަކުގެ މައްޗަށް ބިނާކޮށެވެ.

އެގޮތުން އެކްޓިވެކްސް ލިކުއިޑް ސޯޕަކީ ޒުވާން މަންމައިންނާއި އުމުރުން 20 އަހަރުން ދަށުގެ އަންހެނުންގެ މެދުގައި ޚާއްސަކޮށް މަޤުބޫލު އުފެއްދުމެކެވެ. ސިއްހީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކުގެ ނަޒަރުގައި އެކްޓިވެކްސް ލިކުއިޑް ސޯޕަކީ، ހަށިގަނޑު ހިމާޔަތްކޮށްދިނުމުގެ "ހީރޯ" އެވެ. ނުވަތަ ހަށިގަނޑު ދިފާޢުކޮށްދޭ ބަޠަލެވެ. އެކްޓިވެކްސް އުފެއްދި ފަރާތްތަކުން އެކްޓިވެކްސް ލޯގޯގައި "X" ވަކިން ބޭނުންކޮށްފައި ވަނީ، މި ބްރޭންޑްގެ ސައިބޯނީގައިވާ ވަރުގަދަ ދިފާއީ ބާރު ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ.

އެކްޓިވެކްސް އެންޓި-ބެކްޓީރިއަލް ލިކުއިޑް ސޯޕް ބޭނުންކުރުމުގައި ފާހަގަކޮށްލެވޭ މައިގަނޑު 7 ފައިދާއެއް ވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ ސައިންސްވެރިންނަށް ހޯދިފައިވާ ޖަރާސީމުތަކުގެ ތެރެއިން 99.9 އިންސައްތަ ޖަރާސީމު 10 ސުކުންތުގެ ތެރޭގައި މަރާލާ މަރާލުމެވެ. މިކަން ކޮށްދެނީ މި އުފެއްދުމުގައި ބޭނުންކޮށްފައިވަ ޖަރާސީމައި ދެކޮޅަށް މަސައްކަތްކުރާ ވަރުގަދަ އެންޓި-ބެކްޓީރިއަލް އޭޖެންޓްގެ ސަބަބުންނެވެ. އެކްޓިވެކްސް ބޭނުންކުރުމުން ލިބޭ 7 ފައިދާއެއް ތުރުކީގެ ހެލްތު މިނިސްޓްރީން ރަސްމީކޮށް ބަލައިގެންފައިވާއިރު، މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައިވާ ހުރިހާ ބާވަތްތަކެއްގެ ޖަރާސީމުގެ ތެރެއިން 99.9 އިންސައްތަ ޖަރާސީމު މި އުފެއްދުމުން ދުރުކޮށްދޭކަން ވެސް ތުރުކީގެ ހެލްތު މިނިސްޓްރީން އެއްބަސްވެއެވެ. މިހާތަނަށް ހެދިފައިވާ ދިރާސާތަކަށް ބަލާއިރު، އެކްޓިވެކްސް ލިކުއިޑް ސޯޕް ބޭނުން ކުރުމުން ޖަރާސީމު ނައްތާލުމުގެ އިތުރުން 12 ގަޑިއިރު ވަންދެން ޖަރާސީމު ހަށިގަނޑުގެ ހަންގަނޑާއި ދުރުކޮށްދެއެވެ.

އެކްޓިވެކްސް ބެކްޓީރިއާ ބްލޮކިންގ ސިސްޓަމް ލިކުއިޑް ސޯޕް ބޭނުން ކުރުމުން ލިބޭ ހަތް ފައިދާ؛

1. 99.9 އިންސައްތަ ޖަރާސީމު މަރާލުން
2. 10 ސުކުންތު ތެރޭ ޖަރާސީމު މަރާލުން
3. ޖަރާސީމުން 12 ގަޑިއިރު ވަންދެން ރައްކާތެރިކޮށްދިނުން
4. ދުނިޔޭގައި ހޯދިފައިވާ ހުރިހާ ބެކްޓީރިއާ އަކުން ސަލާމަތްތެރިކަން ލިބުން
5. ގްރާމް ޕްލަސް އަދި ގްރާމް މައިނަސް ބެކްޓީރިއާ އާއި ދެކޮޅަށްވެސް ބޭނުންކުރެވުން
6. ހަންގަނޑު ހިކުމާއި ހަންފޮޅުމަށް ހައްލު ލިބުން
7. ހަންގަނޑު ހިރުވުންފަދަ ކަންކަން ދިމާނުވުން

އަމިއްލަ ސިއްހަތުގެ މުހިންމުކަން އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ގިނަގިނައިން އަތްދޮވުމަށް ސިއްހީ މާހިރުން އިރުޝާދު ދެމުންދާ މިދަނޑިވަޅުގައި އެކްޓިވެކްސް ބެކްޓީރިއާ ބްލޮކިންގ ސިސްޓަމް ލިކުއިޑް ސޯޕް ބޭނުންކޮށްގެން އަތްދޮވުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. ސަބަބަކީ މި ސައިބޯންޏަކީ ދުނިޔޭގައި ސައިންސްވެރިންގެ މެދުގައި މަގުބޫލު، ޑޮކްޓަރުން އާއްމުކޮށް ބޭނުންކުރާ، ސިއްހީ މާހިރުންގެ އިތުބާރު ލިބިފައިވާ ސައިބޯންޏެކެވެ.

އެކްޓިވެކްސް ބްރޭންޑްގެ ލިކުއިޑް ސައިބޯނި ސިބްކޯ އިން މިހާރު ރާއްޖޭގެ ބާޒާރަށް ނެރެފައިވާއިރު، ސިބްކޯ ބާޒާރުން ހޯލްސޭލުކުރެއެވެ.

އަދި ރީޓެއިލްކޮށް ފެމިލީ ގްރޯސަރ ބައި ސިބްކޯ އިން ރީޓެއިލުކޮށް ގަންނަން ލިބެއެވެ.

ސިބްކޯ އިން އެކްޓިވެކްސް ބެކްޓީރިއާ ބްލޮކިންގ ސިސްޓަމްގެ ހޭންޑް ސޯޕް ހޯލްސޭލްކޮށް ވިއްކާ އަގުތަކަކީ؛

އެކްޓިވެކްސް ލިކުއިޑް ހެންޑް ސޯޕް، 300 އެމްއެލް – 15.83 ރުފިޔާ އަށް ފުޅިއެއް

އެކްޓިވެކްސް ލިކުއިޑް ހެންޑް ސޯޕް، 700 އެމްއެލް – 30.55 ރުފިޔާ އަށް ފުޅިއެއް.

އެކްޓިވެކްސް ލިކުއިޑް ހެންޑް ސޯޕް، 1500 އެމްއެލް – 53.13 ރުފިޔާ އަށް ފުޅިއެއް.