ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ޓީވީ، އެސްޓާސް އިން ރާއްޖެ އަށް ތައާރަފްކޮށްފިއެވެ.

އެސްޓާސް އިން އިއްޔެ ތައާރަފްކޮށްފައި ވަނީ ދުނިޔޭގެ މަޝްހޫރު ޓީސީއެލް ބްރޭންޑްގެ 100 އިންޗީގެ ޓީވީއެވެ. މިއީ ޕީ715 ކިއުޔޫއެޗްޑީ އެންޑްރޮއިޑް ޓީވީ އެކެވެ.

މިއީ ހަމަ ޔަގީނުންވެސް ސިޓިންގ ރޫމްތަކުގައި ފިލްމް ބަލާލަން، ނޫނީ ގޭމް ކުޅެލަން ހަމަ އެންމެ ވަރުގަދަ، އެންމެ ކަމުދާނެ ޓީވީއަށް ވެގެން ދާނެއެވެ. ވަކިން ހާއްސަކޮށް ފިލްމް ބަލާ ފަރާތްތަކަށާއި ކުޅިވަރު ބަލާ ފަރާތަތްތަަކަށް މި ޓީވީ ވެގެން ދާނީ އެންމެ މަރަކަށެވެ. ސަބަބަކީ މި ޓީވީއަކީ ޕިކްސެލްގެ ގޮތުންވެސް ވަރަށް އާދަޔާ ހިލާފުކަމެއް ލިބިގެންވާ ޓީވީއަކަށްވުމެވެ.

ކްލިއާ މޯޝަން ރޭޓް ޓެކްނޮލޮޖީ އަދި ޑޮލްބީ ވިޝަން އާއެކު 4ކޭ އެޗްޑީއާރް 10 ޕްލަސް ހިމެނޭ މި ޓީވީއަކީ އަޑުގެ ކޮލެޓީވެސް ވަރަށް ވަރުގަދަ ޓީވީއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މީގައި ޔޫޓިއުބް، ނެޓްފްލިކްސްގެ އިތުރުން، ގޫގްލް ޕްލޭ ސްޓޯރވެސް އިންނާނެ އެވެ. އެހެންކަމުން އިތުރު އެޕްތަކުގެ އެހީގައި ފިލްމްތަކާއި އެއްޗެހިވެސް ބަލާލެވޭނެއެވެ.

އެސްޓާސް އިން ޓީސީއެލް ބްރޭންޑްގެ ޓީވީ ވިއްކަމުންދާތާ އަހަރުތަކެއް ވެދާނެއެވެ. އަދި ހާއްސަ އަގުތަކެއްގައި ޓީވީ ފޯރުކޮށްދެމުންދެއެެވެ. މިހާރުވެސް އެސްޓާސް އިން ދަނީ 32 އިންޗީގެ ޓީވީ 1499 ރުފިޔާ އަށް، 65 އިންޗީގެ 4ކޭ ޓީވީ 9999 ރުފިޔާއަށް ލިބޭނެއެވެ.