އަނގައިން ނުބައި ވަސް ދުވުމަކީ މީހާގެ ސާފުތާހިރުކަމުގެ މިންވަރު އެހެން މީހުންނަށް ވަރަށް ފަސޭހައިން ހާމަވެގެންދާ ގޮތެކެވެ. އެހެނަސް ބައެއް ފަހަރު އަނގައިން ނުބައި ވަސް ދުވުމާއި މީހާގެ ސާފުތާހިރުކަމާއި އެއްވެސް ކަހަލަ ގުޅުމެއް ނެތަސް، ހިރުގަނޑާއި ދަތްތަކުގެ ދުޅަހެޔޮކަން ދަށްވުމާއި، ކެވޭ އެއްޗެއްގެ ސަބަބުން ވެސް އެފަދަ ހާލަތެއް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެކެވެ.

އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދޭ ގިނަ އުފެއްދުންތައް ފިހާރަތަކުންނާއި ވިޔަފާރީގެ އެކި ޒަރިއްޔާތަކުން މިއަދު ލިބެން އެބަހުއްޓެވެ. އެކަމަކު އޭގެ ތެރެއިން ތިމާ އެންމެ ހިތްއެދޭ ނަތީޖާ އާއި ހަމައަށް ވާސިލުކޮށްދެނީ މަދު އުފެއްދުމެއް ކަމީ ގިނަ ބަޔަކު ދަންނަ ކަމެކެވެ.

ދަތްތައް ރީތިކޮށް އަނގަތެރެ ސާފުކަން އިތުރުކުރުމަށް އުފައްދާ ބައެއް އުފެއްދުންތަކުގައި، ކޮންމެ ކޮންމެ މީހަކާއި ނުގުޅޭހައި ބާރުގަދަ ބައިތައް އެކުލެވިފައި ހުރެއެވެ. އެފަދަ ކަމަކާއި ދިމާވެއްޖެނަމަ އަނގައިގެ ސާފުތާހިރުކަން ގެއްލުމުގެ އިތުރުން އެތައް ދުވަހެއް ވަންދެން ބޮޑު ވޭނެއްގައި އުޅެން ޖެހިދާ ފަހަރު އާދެއެވެ.

ދަތްތައް ސާފުކޮށް ހިރުގަނޑާއި ދުލުން ޖަރާސީމު ފިލުވާލުމާއެކު އަނގައިން ނުބައިވަސް ދުވުންފަދަ މައްސަލަތަކަށް އެންމެ ރަނގަޅީ ގުދުރަތީ ޙައްލެއް ހޯދުމެވެ. ދުނިޔޭގައި ގިނަ ބަޔަކު އިތުބާރު ހޯދާފައިވާ މަޝްހޫރު "ސްޕާކަލް" ބްރޭންޑުން އެންމެންނަށްވެސް ހޯދައިދިން ޙައްލަކީ އެއީއެވެ. ސްޕާކަލް ބްރޭންޑުގެ "އަޔޮނިކް މައުތްވޮޝް" އަކީ އިސްވެ ފާހަގަކުރެވުނު ހުރިހާ މައްސަލައެއްގެ ހައްލެވެ.

އަނގައިން ނުބައިވަސް ދުވުމުން ފަށައިގެން، ދަތްތަކުގައި އެތައް ދުވަހެއް ވަންދެން އަށަގެންފައި ހުންނަ، ޖަރާސީމު މަދު ދުވަސްކޮޅެއްގެ ތެރޭގައި މި މައުތްވޮޝް އިން ފިލުވާލައެވެ. އަދި ހީވެސްނުކުރާހާ ރަނގަޅު ނަތީޖާ ޔަޤީންކަމާއެކު ދައްކައިދެއެވެ.

ތަޖުރިބާކާރުންގެ ޔަޤީންކަން ލިބިފައިވާ "ސެޓިފައިޑް" މި މައުތްވޮޝް އަކީ އަނގައިން ނުބައިވަސް ދުވުމަށް ޙައްލު ހޯދައި ދިނުމުގައި، ނުބައިވަސް ދުވަން މެދުވެރިވާ އެންމެހާ ކަންކަމަށް ހުރަސްއަޅާ އުފެއްދުމެކެވެ. މިގޮތުން އަނގަ ހިކިފައި ހުންނަ ވަގުތު މަދުކޮށްދީ، "ހައިޑްރޭޑް" ކޮށްދިނުމުގައި ވެސް މި މައުތްވޮޝް މުޙިންމު ދައުރެއް އަދާކުރެއެވެ.

އެހެން ގިނަ މައުތްވޮޝް ތަކާއި ޚިލާފަށް ސްޕާކަލް އަޔޮނިކް މައުތްވޮޝް އަކީ ހުރިހާ އެންމެންނާއި ވެސް ގުޅޭގޮތަށް އުފައްދާފައިވާ، ފައިދާކުރަނިވި ގުދުރަތީ އުފެއްދުމެކެވެ. އަދި ދަތްތަކާއި ހިރުގަނޑަށް ފަރުވާކޮށްދީ ދުޅަހެޔޮކުރުމުގައި ވެސް މިއީ އެހީއެކެވެ.

މި މައުތްވޮޝް ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، ކޮންމެ ފަހަރަކުވެސް ބޭނުންކުރުމުގެ ކުރިން ފުޅި ރަނގަޅަށް ހަލުވާލަން ޖެހެއެވެ. އަދި ކޮންމެ ފަހަރެއްގައި ވެސް މި މައުތްވޮޝްގެ މަތިގަނޑެއްގެއް ފުރޭވަރަށް (15-20 މިލިލީޓަރު) ބޭނުންކޮށް ރަނގަޅަށް ދޮވެލަންވާނެއެވެ. މިގޮތުން އެންމެ އެދެވިގެންވާ ގޮތަކީ 30 ސިކުންތުގެ ވަގުތުކޮޅެއް ވަންދެން މި މައުތްވޮޝް އިން އަނގަ ދޮވުމެވެ.

ކޮންމެ ފަހަރެއްގައި ވެސް ދަތްއުނގުޅުމަށް ފަހު އާއި، ކެއުމަށްފަހު މި މައުތްވޮޝް ބޭނުންކުރުމަކީ އެދެވިގެންވާ ގޮތެވެ. މި މައުތްވޮޝް އާއެކު ސްޕާކަލްގެ ދަތްތައް ރީތިކުރުމަށް އެހީވެދޭ ޚާއްސަ ދަތްއުނގުޅާ ބޭސް ބޭނުންކުރުމަކީ ނަތީޖާ އަވަސްކޮށްދޭ ކަމެއް ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ސްޕާކަލް އަޔޮނިކް މައުތްވޮޝް މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރާ "ލިބޭ އޮންލައިން" އިން އަންނަނީ ވިއްކަމުންނެވެ. އެ ވިޔަފާރިން މި މައުތްވޮޝްގެ 500 އެމްއެލް ފުޅިއެއް ރީޓެއިލް ކުރަނީ 95 ރުފިޔާއަށެވެ.

ދިވެހިންގެ މެދުގައި މަޤުބޫލު އަދި ގިނަ ބަޔަކު އިތުބާރުކުރާ ބްރޭންޑްތަކުގެ ކޮސްމެޓިކް ސާމާނު އެއްތަނަކުން ލިބެން ހުރި "ލިބޭ އޮންލައިން" އަކީ ސްޕާކަލްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާވެސް މެއެވެ. އެ ވިޔަފާރިން އަންނަނީ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ޕްރޮޑަކްޓު ރީޓެއިލް އަދި ހޯލްސޭލްކޮށްވެސް ވިއްކަމުންނެވެ.

މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ އޮންލައިން" އިން އެދެއެވެ. އަދި ވިޔަފާރީގެ ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ. މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ އޮންލައިން" އިން ފޯރުކޮށްދެއެވެ.



"ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކާ ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ބަނޑު ހިންދައި ބައްޓަން ރީތިކޮށްދޭ، ލޭންސްލޭ ސްލިމިންގް ކޮފީ (115 ރުފިޔާ)


2. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ހުދުކޮށްދޭ ސްޕާކަލް ޓްރިޕްލް ވައިޓް (150 ރުފިޔާ)


3. ކިހިލިފަތް ކަޅުވާ މައްސަލައަށް ހައްލު ހޯދައިދޭ ޑިއޯޑޮރެންޓް (100 ރުފިޔާ)


4. ހަށިގަނޑު ދޮންކޮށް ޒުވާންކަން ގެނެސްދޭ "މިލްކް ޕްލަސް" ލޯޝަން (179 ރުފިޔާ)


5. ހަންގަނޑު މަޑުކޮށް ކުރަކިކަން ފިލުވުމަށް އެންމެ އިތުބާރު އެއް ލޯޝަނާއި ބާތު-ކްރީމް


6. ދަތްތަކުގެ އޮމާންކަން ގެއްލި އަވަހަށް ހަޑިވާން ދިމަވާ މައްސަލައިގެ ހައްލު ހޯދައިދޭ "ސްޕާކަލް ފްރެޝް ވައިޓް ޓޫތްޕޭސްޓް"


7. އިރުގެ އަލިން މޫނުގެ ހަންގަނޑު ރައްކާތެރިކޮށްދޭ "ޒޫމް ފައުންޑޭޝަން


8. ހިރުގަނޑު ފާރުވުމުން ދުރުކޮށްދޭ "ސްޕާކަލް - ގަމް ކެއާ ޓޫތްޕޭސްޓް"


9. "ސެންޓިއޯ: ބޮޑީ މިސްޓް (އެޕަލް/ބެރީ)


10. ދަ ބޭކަރީ ޕްރިންސެސް - ހެއާ އެންޑް ބޮޑީ މިސްޓް