ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ހޮންޑާ ސައިކަލު ވިއްކަމުން އަންނަ ސީޝާއިން، އެ ކުންފުނީގެ ސާވިސް ސެންޓަރުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް ސުޕާ ޕްރޮމޯޝަންގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގެ އެންމެ އުތުރުން، ހދ.ކުޅުދުއްފުށީގައި އާއި އެންމެ ދެކުނުން އައްޑޫ ސިޓީގެ އިތުރުން، މާލެ ސަރަހައްދުން މާލެ އާއި ހުޅުމާލޭގައި ޝީޝާއިން ދަނީ ސާވިސް ސެންޓަރުތައް ހިންގަމުންނެވެ. ޝީޝާގެ ސާވިސް ސެންޓަރުން މިހާރު ދަނީ، އެހެން ތަންތަނުން ގަނެފައިވާ ހޮންޑާ ބްރޭންޑްގެ ސައިކަލުވެސް ސާވިސް ކޮށްދެމުންނެވެ.

ޝީޝާ އިން މިއަދު ބުނީ، އެ ކުންފުނީގެ ސާވިސް ސެންޓަރުތަކުގައި މިއަދު ފަށާ ޕްރޮމޯޝަންގައިި ސައިކަލު ސާވިސް ކޮށްލައިގެން ޖުމްލަ ބިލުން %10، %15، %20 އާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ.

"މި ޕްރޮމޯޝަންގެ ދަށުން 500 ރުފިޔާއިން މަތީގެ ކޮންމެ ބިލަކުން ޑިސްކައުންޓް މި ލިބެނީ. ލިބޭ ޑިސްކައުންޓް ކަނޑައަޅާނީ ލަކީ ޑްރޯއެއްގައި ބައިވެރިވެލައިގެން" ޝީޝާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޝީޝާ އިން ބުނީ، މީގެ އިތުރުން ހޮންޑާގެ ބައެއް މޮޑެލްތަކުގެ ސައިކަލު ސާވިސް ކޮށްލައިގެން، ސާވިސް ޑިސްކައުންޓްގެ އިތުރުން، ފްރީ ގިވް އަވޭގެ ގޮތުގައި މޮޓޯސައިކަލު އެސެސަރީސް ވެސް ދޭނެ ކަމަށެވެ.

"މި އެސެސަރީސް ދޭ މޮޑެލްސްތަކުގެ ތެރޭގައި ހިމެނެނީ، ސްކޫޕީއައި ކްލަބް12، ޒޫމާ އެކްސް، ޕީސީއެސް150، ކްލިކް125އައި، ވޭވް125އައު، އަދި ކުރީގެ ވޭވް 100، 110، 125 ވެސް ހިމެނޭ، މި ގިވްއަވޭ އެސެސަރީސްތައް ދެމުން ގެންދާނަން ސްޓޮކް ހުސްވަންދެން". ޝީޝާ އިން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ޝީޝާ އިން ބުނީ، އެކުންފުނީގެ ސާވިސް ސެންޓަރުތަކުން ސާވިސް ބުކިންގ ހެދުމަށް 9643215 އަށް ނޫނީ 3323279 އަށް ގުޅުމަށް އެދޭ ކަމަށެވެ.

https://www.facebook.com/SheeshaPvtLtd/posts/3660270490651844

ހޮންޑާ ސައިކަލު ރާއްޖެ އެތެރެކޮށް ވިއްކަމުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޝީޝާގެ އައުޓްލެޓްތައް ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނުގެ ހިމެނޭ ބޮޑެތި ހުރިހާ ރަށެއް ކަހަލަ ގޮތަކަށް ހިިންގަމުން ދެއެވެ.