ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އެެޕަލް އިން ފަތްޖަހާލެވޭ ޓަޗް ފޯނެއް އުފެއްދުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވާކަން މިހާރު ހާމަވެފައި ވާއިރު، އެ ކުންފުނީގެ ފޯނުގެ ޑިސްޕްލޭ އަށް ކުރިމަތިވާ ކުދި ގެއްލުންތައް އަމިއްލަ އަށް މަރާމާތު ކުރާނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް އެޕަލް އިން ވިސްނުން ގެންގުޅޭކަން ހާމަ ވެއްޖެއެވެ.

ފަތްޖަހާލެވޭ އައިފޯނުގެ ޑިސްޕްލޭގައި ހާއްސަ ކަވަރެއް ހިމަނައި، މި ކަވަރުގެ ޒަރިއްޔާ އިން ފޯނުގެ ޑިސްޕްލޭގައި އެޅޭ ކުދި ކޫރުންތަކާއިި އެފަދަ ކުދި އެނޫންވެސް ގެއްލުންތައް ފޯނުން އަމިއްލަ އަށް މަރާމާތު ކުރާނެއެވެ.

ސެމްސެންގާއި މޮޓޮރޮއްލާ އިންވެސް ފަތްޖަހާލެވޭ ފޯނުތައް ގެންގުޅު ނަމަވެސް، މިފަދަ ފޯނެއްގައި އަމިއްލަ ޒާތުގައި ފޯނު މަރާމާތު ކުރެވޭ ސިފައެެއް ހިމެނިފައެއް ނުވެއެވެ. އެހެންކަމުން އެޕަލް އިން ކާމިޔާބު ކަމާއި އެކު މިކަން ކޮށްފިނަމަ، އެ ކުންފުނީގެ ސޭލް އެތައް ގުނައެއް އިތުރުވާނެކަމަށް ބެލެވެއެވެ.

އައިފޯނުގެ ފަތްޖަހާލެވޭ ވައްތަރުގެވެސް ޑިސްޕްލޭ ހަދާނީ ސެމްސަންގް ކުންފުނިންނެވެ. މިދިޔަ މަހު އެޕަލް އިން ވަނީ ސެމްސަންގް ކުންފުނިން އެތައް ހާސް ފަތްޖަހާލެވޭ ޑިސްޕްލޭ ގަނެފައެވެ. އެއީ އެޕަލް އިން އުފައްދާ ފޯނަށް ދިރާސާތައް ހެދުމުގެ ގޮތުންނެވެ.

ފަތްޖަހާލެވޭ އައިފޯނުގެ ވާހަކަ އެޕަލް އިން ދައްކަމުން އަންނަތާ މިހާރު އަހަރުތަކެއް ވެފައި ވާއިރު، ކުރިއަށް އޮތް އަހަރު ތެރޭގައި މި ފޯނު ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓެކްނޮލެޖީގެ ޙަބަރުތައް ގެނެސްދޭ ފަރާތްތައް ރިޕޯޓު ކުރެެެއެވެ.

މީގެ ކުރިން 2013 ވަނަ އަހަރު އެލްޖީ އިންވެސް ވަނީ ”ސެލްފް ހީލިންގް ޑިސްޕްލޭ“ އެއް އިންނަ ފޯނެއް ނެރެފައެވެ. ނަމަވެސް އެ ފޯނުގެ ސެލްފް ހީލިންގް ސިސްޓަމް އެހައި ރަނގަޅަށް މަސައްކަތް ކޮށްފައެެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ☺️

    ☺️ ބޭނުން ☺️👌💕💕

    6
    2
  2. ޞބ

    ފޮނި އަރުވަނި އަމިއްލަ އަށް އެކައްޗެއް ވެސް ހެދޭ ބައެއް ނޫން ތި ފީއާފަލަކީ

    6
    6