މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޑިލަކްސް ޓެރަވަލް ޔޫކްރެއިން އެޑިޝަންގައި ބައިވެރިވެއްޖެއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފެއާ އަކީ ޔޫކްރެއިންގެ ބޮޑެތި ޓްރެވަލް އެޖެންޓުންނަށް އަމާޒުކޮށްގެން ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މި ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ ޔޫކްރެއިންގެ ޓްރެވަލް އެޖެންޓުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ރާއްޖެއިން އަލަށް އެކުލަވާލައިފައިވާ ޓްރެވަލް ގައިޑްލައިންތަކުގެ މައުލޫމާތު ޓްރެވަލް އެޖެންސީތަކާއި ހިއްސާކުރުން ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ހާމަކޮށްފައެވެ. މި ފެއާގައި ބައިވެރިވެފައި ވަނީ ޔޫކްރެއިންގެ އެންމެ މަތީފަންތީގެ ފަތުރުވެރިންގެ ޓްރެވަލް އެޖެންޓުން ކަމަށާއި، މި ފެއާގައި ބައިވެރިވާ ޓްރެވަލް އޭޖެންޓުންނަކީ ފިޓްމައިލްސް އަދި ބިޒްނެސް ޓްރެވަލްތަކަށް ހާއްސަ އެޖެންޓުން ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ވިދާޅުވެފައެވެ.

ރަޝިއާއަކީ އަބަދުވެސް ދިވެހި ރާއްޖެއައް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ދިވެހިރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލިފަހުން ވެސް ރަޝިއާ ހިމެނިގެން ގޮސްފައިވަނީ ދިވެހިރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމުގެ ގޮތުގަ އެވެ. އެމްއެމްޕީއާރްސީއިން އަންނަނީ ރަޝިއާ އަދި ސީއައިއެސް މާކެޓްގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް އެކި މާކެޓިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ޕްރޮފީ ޓްރެވަލް އާއެކު ކުރިއަށް ގެންދާ ރަޝިއާގެ އެންމެ ބޮޑު އެއް ޓީވީ ޗެނަލް 360 ޓީވީ އާއެކު ކުރިއަށްދާ އެޑްވަޓައިޒިން ކެމްޕެއިން އާއި ޓްރެވެލާޓާ އީ-ލާނިން ޕްލެޓް އާއި ސްލެޓަޓް އަދި ސްކުއިޒް އާއެކު ކުރިއަށް ގެންދާ މާކެޓިން ހަރަކާތްތައް ވެސް ހިމެނެ އެވެ.

ރާއްޖެ އަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރްސީއިން އަންނަނީ ބޮޑެތި މާކެޓްތަކަށް އަމާޒުކޮށް މާކެޓިން ކެމްޕެއިންތައް ހިންގަމުންނެވެ. އެގޮތުން ސީއެންއެން އާއެކު ކުރިއަށްދާ ގްލ މާކެޓުގައި ކުރިއަށްދާ ވެބިނާ ސެޝަން އާއި ޖަރުމަން މާކެޓުގައި ކުރިއަށްދާ އެފްވީޑަބްލިޔު ކެމްޕެއިން އާއި އިންޑިއާ މާކެޓްގައި ހަނީމޫނާސް އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިން ވެޑިން ސުތްރާ އާއި ރޭޑިއޯ ކެމްޕެއިންގެ އިތުރުން ސާޓޭ ޖެންއެކްސް ހިމެނެ އެވެ. މީގެއިތުރުން ޔޫކޭގައި ޓްރެވަލް ވީކްލީ އާއެކު ކުރިއަށްދާ ކެމްޕެއިން އާއި ޔޫކޭގެ އިތުރުން ސައުތް ކޮރެއާގައި ކުރިއަށް ގެންދާ އައުޓްޑޯ ކެމްޕެއިން ހިމެނެ އެވެ. ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ރަޝިއާ އަދި ސީއައިއެސް ރީޖަންގައި ކުރިއަށް ގެންދާ އެކި ހަރާތްތަކުގެ ސަބަބުން އެމާކެޓުން ދިވެހިރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.