އަމިއްލަ 51 ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީ އިން އުވާލައިފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ތެރެއިން އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކެއް އުވާލައިފައި ވާކަމަށެވެ.

އެ ވިޔަފާރިތައް އުވާލައިފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އަދި އުވާލައިފައި ވަނީ 51 ވިޔަފާރި ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

އެހެން ނަމަވެސް ވިޔަފާރިތައް އުވާލި ސަބަބެއް އިކޮނޮމިކް މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު އެކުލަވާލައިފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެ ގާނޫނު އެކުލަވާލައިފައި ވަނީ އަމިއްލަ ފަރުދުން ވިޔަފާރީގެ ދާއިރާ އަށް ނެރެ އެމީހުންނަށް ކުރިއެރުން ހޯދައިދިނުމުގެ ގޮތުންނެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިހާތަނަށް 4،924 ކުންފުންޏެއް ވަނީ އުވާލާފައެވެ. ކުންފުނިތައް އުވާލުމުގެ ކަންކަން ކުރިއަށް ދާނީ ކުންފުނި އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، ކުންފުނިތައް އުވާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކަރި

    ކަލޭމެން ކުދި ވިޔަފަރިތަކަށް ބަލާވެރިކަން ޖެއްސުން ހުއްޓާލާނީ ކޮންއިރަކުންތަ

  2. ޕަނީނޯ

    އެމްޑީޕީ މީހުންގެ ތަންތަން ނޫންވީމަދޯ