ދިރާގުޕޭ މެދުވެރިކޮށް ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޭޝް ބެކް ނުވަތަ އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުން ކޮށްގެން ބިލް ދައްކާ، ރީލޯޑް ކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ %5 އަނބުރާ ދިރާގުޕޭ ވޮލަޓަށް ޖަމާވެގެން ދާނެއެވެ. އެގޮތުން، ގިނަ ވެގެން 100 ރުފިޔާ ކޮންމެ ހަފްތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލަށް ޖަމާވާނެ ކަމަށް ދިރާގުން ބުންޏެވެ.

އަދި މި ފައިސާ ޖަމާ ވުމުން، އެކަން އެންގުމުގެ ގޮތުން ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ދިރާގުން ފޮނުވާނެ ކަމަށާއި، އަދި ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕުން "ޓްރާންސެކްޝަން ހިސްޓަރީ" ފަސޭހަކަމާއެކު ބަލާލައި، ކޭޝްބެކް ގެ ގޮތުގައި ލިބުނު އަދަދު ރަނގަޅު ތޯ ބަލާލެވޭނެ ކަމަށްވެސް ދިރާގުން ބުންޏެެވެ/

ދިރާގުން ދަނީ ސާފުތާހިރު ކަމަށާއި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހިފައިވާ މި ދުވަސްވަރުގައި، ޑިޖިޓަލް ވޮލެޓާއި އޮންލައިން ކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބާރު އަޅަމުންނެވެ. ދިރާގު ޕޭ އަކީ މި ކަމަށް ފަސޭހަ އަދި ރައްކާތެރި ޚިދުމަތެކެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 300 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑިލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިންގ، ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް ބޭނުންކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެޑްމުންޑޯ

    މަސްވެރިޔާ ކާާޑުން މާފަސޭހައިން ފައިސާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް ފަށާގެން އެބައުޅޭ ، މިކާޑުން އެހެން އެކައުންޓަކަށް ޓްރާންސްފަރ ހެދުމުން ހަމަ އެއަދަށް ފައިސާ އަބުރާ ޖަމާވޭ ، މިހާރު އެތެއްމިލިއެން ރުފިޔާ މިޕްރޮމޯޝަން ގައި މަސްވެރިންނަށް ލިބިއްޖެ ، މިއީސަމާސާއެއްނޫން ،ހަގީގަތެއް