އަވައްޓެރި އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރުމުގެ ކެމްޕޭނުތަކެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްއެމްޕީއާރުސީ އިން ވިދާޅުވީ އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރުމުގެގޮތުން އެގައުމުގައި ވާނީ ދެ ކެމްޕެއިން ހަރަކާތެއްގެ އިތުރުން ވާޗުއަލް އެގްޒެބިޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
ފުރަތަމަ ކެމްޕެއިން ކުރިއަށްގެންދަނީ އިންޑިއާގެ ކައިވެނި ޕްލެޓްފޯމެއް ކަމަށްވާ 'ވެޑިންސުތުރާ' އާއި ގުޅިގެންނެވެ. އެ ކުންފުންޏާއި ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިނުގެ ތެރެއިން އަލަށް ކައިވެނި ކުރާ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާއި، ހަނީމޫން އޮފާތައް އިސްތިހާރުކޮށްދިނުމަށް ވަނީ ނިންމާފައި ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ހާމަކޮށްފައެވެ.
ވެޑިސްތުރާ އާއި އެކު މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަމަސްދުވަހުގެ މުއްދަތަށް ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ހާމަކޮށްފައެވެ. އެ ކުންފުނި މެދުވެރިކޮށް އެކަނިވެސް މިލިއަނެއްހާ މީހުންގެ މެދުގައި ރާއްޖެ އިސްތިހާރުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.
ދެން 29 މިލިއަނެއްހާ މީހުންގެ ތެރޭގައި ރާއްޖެ އިސްތިހާރު ކުރެވޭނެ ކަމަށް ލަފާކޮށް ކެމްޕޭނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެގައުމުގެ ރޭޑިއޯތަކާއި އެކުއެވެ. މި ކެމްޕެއިން އިއްޔެ ފަށާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ އިން ވަނީ މިއަދު އޭޝިއާބައްރުގެ ގައުމުތަކުގެ މެދުގައި ފަށާފައިވާ "ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓުއަރިޒަމް އެކްސްޗޭންޖް"ގައިވެސް ބައިވެރިވެފައެވެ. އެ އެގްޒެބިޝަނަކީ އިންޑިއާގެ ޓްރެވަލް އެޖެންޓުންނަށް ހާއްސަކޮށްގެން ބޭއްވި އެގްޒެބިޝަނެކެވެ.
އިންޑިއާ އަކީ ރާއްޖެއަށް މީގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުން އައި އެއް ގައުމެކެވެ. އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން އައުން މުޅިން މަޑުޖެހިގެން ދިޔައީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދު ކުރުމުންނެވެ.
އިންޑިޔާގެ އަވަށެއް އިސްތިހާރު ކުރަންޖެހޭތޯ ތިޔަކަން ނުވޭތޯ ގައުމީ ސަލާމަތޔައް ނުރައްކަލަކައް
ފަތުރުވެރިންނަށް ގެންނަންވެސް ކަމުދާ ބައެއްނޫން. ދަހިކަމުން ލަގޮނޑީ ނާށިލާފަ ތިބޭ ބައެއް. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ
ތިއަށްވުރެ ރަނގަޅުކަމެއް ކުރަން ނުފެނުނީދޯ