މިއަހަރުގެ ރަމަޟާން މަހު ސިޓްރޮން ބައި ލެމަންގްރާސްގެ ފަރާތުން ކުރިއަށް ގެންދިޔަ ރޯދަ ޕްރޮމޯޝަން، "ސިޓްރޮން ރޯދަ ވެދުން" ގެ ލަކީޑްރޯ ސިޓްރޮންގައި ނަގައިފިއެވެ.

އެލިޔާ އިންވެސްޓްމެންޓް އާއި ސިޓްރޮން ބައި ލެމަންގްރާސް ގުޅިގެން "ސިޓްރޮން ރޯދަ ވެދުން" އަށް ހުށަހަޅައިފައިވާ އިނާމް ހާއްސަކޮށްފައިވަނީ ދެ ޖިންސަށެވެ. މިގޮތުން އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ރަތްކުލައިގެ ޔަމަހާ އެމް ތްރީ މިއޯ އެއް ހުށަހަޅާފައިވާއިރު ފިރިހެން ބޭފުޅުންނަށް ހުށަހަޅާފައިވަނީ ހުދުކުލައިގެ ޔަމަހާ އެންމެކްސް އެކެވެ.

ރޯދަމަހު ސިޓްރޮން ބައި ލެމަންގްރާސް އަށް ވަޑައިގެން 250 ރުފިޔާ ހޭދަކުރައްވާފައިވާ ބޭފުޅުންނަށް ކޫޕަން ދެވިގެން ކުރިއަށް ގެންގޮސްފައިވާ މި ޕްރޮމޯޝަންގައި މުޅިއެކު 11،800 ކޫޕަން ލިބިފައިވާކަމަށް ސިޓްރޮން އިން މައުލޫމާތު ދެއްވާފައިވެއެވެ. މިއީ އަންހެން ފިރިހެން އެއްކޮށް ކޫޕަން ލިބިފައިވާ އަދަދެވެ.

ރޭ ސިޓްރޮންގައި ބޭއްވި ރަސްމިއްޔާތުގައި ލަކީޑްރޯ ނަގާފައިވަނީ އަންހެން ފިރިހެން ވަކިންނެވެ. އެލިޔާ އިންވެސްޓްމެންޓްއިން ހުށަހަޅާފައިވާ ހުދުކުލައިގެ ޔަމަހާ އެންމެކްސް ލިބިފައިވަނީ ޝިހާދް ކިޔާ ބޭފުޅަކަށެވެ. އަދި ނަސީބު ނަމްބަރު ދިމާވެގެން ދެވަނަ އިނާމު ކަމުގައިވާ ރަތްކުލައިގެ ޔަމަހާ އެމްތްރީ މިއޯ ލިބިފައިވަނީ ސަނާ ކިޔާ ބޭފުޅަކަށެވެ.

މިދެއިނާމުވެސް ބަލާ ވަޑައިގެންނެވުމުން ލިބިވަޑައިގަންނަވާނެކަަމަށް ސިޓްރޮންއިން މައުލޫމާތު ދެއްވާފައިވެއެެވެ.

މި ރަސްމިއްްޔާތުގައި ވާހަކަދައްކަވަމުން ސީޓްރޮންގެ މެނޭޖަރ ރާމިޒް މަހްމޫދު ވިދާޅުވިީ މިއަންނަ އަހަރުގެ ރަމަޟާން މަހުގައިވެސް ސިޓްރޮން އިން މިފަދަ ޕްރޮމޯޝަނެއް މިއަށްވުރެން އަގުބޮޑު ހަދިޔާތަކަކާއެކު އިތުރަށް ކުލަގަދަަކޮށް ބާއްވާނެ ކަމަށެވެ. އަދި އެބޭފުޅާ ވަނީ އާންމުންގެ ފަރާތުން މިކަމަށް ލިބުނު ތަރުހީބު ފާހަގަ ކުރައްވާފައެވެ. ސިޓްރޮންއިން ވަނީ މިކަން ފުރުހަމައަށް ގެންދިޔުމުގައި އެއހީތެރިވެދެއްވި ހުރިހާ ފަރާތްތަކަކަށް މި ރަސްމިއްޔާތުގައި ޝުކުރު ދަންނަވާފައެވެ.

Comments are closed.