ރާއްޖެ އިޝްތިހާރުކުރުމަށް އަވައްޓެރި އިންޑިއާ އިން ނޫސްވެރިންތަކެއް ރާއްޖެ އަތުެވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވިދާޅުވީ ރާއްޖެ އިޝްތިހާރުކުރުމަށް އިންޑިއާއިން ފަސް ނޫސްވެރިއަކު ގެނެސްފައިވާކަމަށެވެ.

މިފަހަރު ރާއްޖެ އިސްތިހާރު ކުރުމަށް ހަމަޖެހިފައިވަނީ "ރީޑިސްކަވާ ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ޝިއާރުގެ ދަށުންނެވެ. އެ ނޫސްވެރިންތައް ރާއްޖޭގައި ކުރާ ތަޖުރިބާތައް އިންޑިއާ ނޫސްތަކުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ކުރާ ތަޖުރިބާތަކާއި ގުޅޭ މައުލޫމާތުތައް އެ ގައުމުގެ ރައްޔިތުންނަށް ދިނުމަށް ރާއްޖެ އައިސްފައި ވަނީ ދި ޕައިނިއާ ނޫހާއި، ޓައިމްސް ޓެރަވަލްސްގައި އާއި، ޓްރެވަލް އެންޑް ކޮންޑެނާސްޓް އިންޑިއާ ފަދަ ނޫސްތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނެވެ.

މީގެ ކުރިންވެސް ރާއްޖެ އިޝްތިހާރު ކުރުމަށް އެމެރިކާ އާއި ޔޫރަޕުގެ ފަތުރުވެރިން އައެވެ.

އިންޑިއާ އަކީ ކޮވިޑް-19ގެ ކުރިން ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން ދިޔަ ގައުމެެކެވެ.

އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ އެހެން ޕްރޮގްރާމްތަކެއްވެސް ކުރިއަށް އެބަ ދެއެވެ.

އެމްއެމްޕީއާރުސީ އިން ވިދާޅުވީ އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރުމުގެގޮތުން އެގައުމުގައި ވާނީ ދެ ކެމްޕެއިން ހަރަކާތެއްގެ އިތުރުން ވާޗުއަލް އެގްޒެބިޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

ފުރަތަމަ ކެމްޕެއިން ކުރިއަށްގެންދަނީ އިންޑިއާގެ ކައިވެނި ޕްލެޓްފޯމެއް ކަމަށްވާ 'ވެޑިންސުތުރާ' އާއި ގުޅިގެންނެވެ. އެ ކުންފުންޏާއި ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިނުގެ ތެރެއިން އަލަށް ކައިވެނި ކުރާ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާއި، ހަނީމޫން އޮފާތައް އިސްތިހާރުކޮށްދިނުމަށް ވަނީ ނިންމާފައި ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ އިން ވަނީ މިއަދު އޭޝިއާބައްރުގެ ގައުމުތަކުގެ މެދުގައި ފަށާފައިވާ "ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓުއަރިޒަމް އެކްސްޗޭންޖް"ގައިވެސް ބައިވެރިވެފައެވެ. އެ އެގްޒެބިޝަނަކީ އިންޑިއާގެ ޓްރެވަލް އެޖެންޓުންނަށް ހާއްސަކޮށްގެން ބޭއްވި އެގްޒެބިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަގޭ

    ކިހާ ދެރަކަމެއްމީ ދުވަސްކޮޅަކުން މުޅި ރާއްޖެ
    އަތުލައިގަންނާނެ ބަލަންތިބޭ🥴😤

  2. ާއަހަރެން

    ނުގެންނާށޭ ކިޔާވަރަކުން ހަމަ ގެންނަނީ

  3. މީނމމމ

    ޔަގީން ތިމީހުން ބޯކޮއްޕާނެ ހުރިހާ ދިމާލަކަށް... ކޮންމެހެން ޓުއަރިޒަމް އިސްތިހާރު ކުރާކަށް ނޫންއުޅޭނި

  4. ޥޮއް

    އިންޑިޔާ އަށް ރާއްޖެ ޕްރޮމޯޓް ކުރަނީ ކީއްކުރަންހޭ ކަ...؟ އުނދަގޫ ބޮޑު ބައެއް އެއި...