ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދު "ވާގިނެތިފައި" އޮތްއިރު ވެސް ދިވެހި ސަރުކާރުން ޚަރަދުތައް ކުރަމުން ގެންދަނީ އިޤުތިޞާދީ ހާލަތައް އެއްވެސް ބެލުމެއްނެތި ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މިހެން ބުނީ ދެކުނު އޭޝިއާ ސަރަހައްދުގެ އިޤުތިޞާދީ ހާލަތާއި ގުޅޭ ގޮތުން މިއަދު ނެރުނު ރިޕޯޓެއްގައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އިޤުތިޞާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތްތަނުގައި ދިމާވާނެ ކަމަށް ލަފާކުރެވޭ ގޮންޖެހުންތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ރިޕޯޓް ބުނާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން ރާއްޖޭގެ އިޤުތިޞާދަށް ވަނީ ބޮޑު ގެއްލުމަކާއި ކުރިމަތިވެފައެވެ. ނަމަވެސް ސަރުކާރުގެ ޚަރަދުތައް ކުޑަނުވާކަމުގެ ކަންބޮޑުވުން ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ރާއްްޖޭން މި އަހަރަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އޮގަސްޓް މަހާ ހަމައަށް ދިޔަ އިރު ހަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

"މިއަހަރުގެ ޖުލައި މަހާއި ހަމައަށް ސަރުކާރުން ވަނީ 949 މިލިއަން ޑޮލަރު ޚަރަދު ކޮށްފައެވެ. އެއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރިވަރަށް ވުރެ %2 އިތުރު އަދަދެކެވެ. ޚަރަދުތައް މިހައި ބޮޑުވެގެން ދިޔައިރު އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ ބަޖެޓްކުރި ވަރުގެ ތިންބައިކުޅަ އެއްބަ އެވެ. އެެއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ހޯދުނު އަދަދުގެ އެންމެ %60އެވެ." ވޯލްޑް ބޭންކްގެ ރިޕޯޓްގައި ބުންޏެވެ.

ރާއްޖޭގެ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސް ޚަރަދުތައް އިތުރުވުމުން ރާއްޖޭގެ ދަރަނި 4.8 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަަރަނި ހުރީ 4.4 ބިލިއަން ޑޮލަރުގަ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ އަށް އޮތީ ދަތި ދުވަސްތަކެކެވެ. ކުރީގެ ހާލަތައް ފަތުރުވެރިކަން އަލުން އަނބުރާ އިއާދަވާނީ ބެލެވޭ ގޮތުގައި 2023 ވަނަ އަހަރު ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިތުރު ދާއިރާތަކަށް ރާއްޖޭގެ އިޤުތިޞާދު ބަރޯސާ ކުރުމަށް އެދާއިރާތައް ތަރައްޤީ ކުރުމުގެ ޕްލޭންތައް ސަރުކާރުގައި އެބަހުއްޓެވެ. ނަމަވެސް އެޕްލޭންތަކުގެ ނަތީޖާ ފެންނާނީ އިންވެސްޓްތަކެއް ކޮށްގެންކަން ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ރިޕޯޓްގައި ވޯލްޑް ބޭންކުން ލަފާދީފައި ވަނީ ދިވެހި ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިއުން މަޑުޖައްސާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޢަހަންމާ

    ޜާކަނިމަސް ކެވިއްޖެ އުތަ.

    105
    3
  2. Anonymous

    ކަލޭމެން މިއޮތް ހުރިހާދުވަހު ޖަހަމުންއައި ސަ ކަރާތް ވޯލްޑްބެން ކުން އައީ ވަރަށް ރަނގަޅަށް މޮނިޓަރ ކުރަމުން، މިއޮތީ އެދުވަސް ކަލޭމެންނާ އަރާ ހަމަ ކޮށްފަ، ޔާމީނު ސަރު ކާރު އިގުތިޞާދު ވަރަށް ރަނގަޅު ކަމަށް ވޯލްޑްބެން ކުން ބުނެފައޮތީ، މި ކަމަށްވެސް ބުހުތާނު ދޮގުހަދައިގެން ކޮންމެވެސް އެއްޗެ ކޭ ކިޔާނެ.

    84
    3
  3. ޝޮކްތެރަޕީ

    ރާއްޖެ ފުނޑާލަން އުޅޭމިނުން ނުބަލާނެދޯ؟ އަންނަންއޮތްޖީލަކަ

    72
    1
  4. ލޮލް

    މަޑުކުރޭ ދަރަންޏަށް އަޅާ ކުރިކެޓް ދަނޑުވެސް އަދި އޮތީ ކުރިޔަށް.. ލަދުން ބޮއެ ހަލާކު..

    76
    1
    • Happy

      މި ހާލަތުގަވެސަް ރަށްޔިތުންނަށް ދަތިކަމެއްނެތި ސަރުކާރުން ގިނަގުނަ ÷ޕްރޮޖެކްޓުތައް ހިންގަމުންދާތީ ސުކުރިއްޔާ🙏

      1
      6
  5. މާޝާއަހްމަދުލަތީފު

    ކުރީގައިވާ ޔަގީންކަން އޮތް އަމިއްލައަށް ބުރަމަސައްކަތް ކޮށްގެންވެސް ކާނެ އެއްޗެއް ގެނެވިދާނެކަން މާތް ﷲ ގެ ވާގިފުޅުން. މިދިޔަ މަހު ގޭގަ ކާންއިންތަށި ދަމައިގަތުން ކަހަލަ ކަމެއް ބޭންކުން އެކުރީ ކްރެޑިޓްކާޑުތަކަށް. ގައިމު އަޅުގަނޑު 4 އަހަރު ވަންދެން ޓެކްސް ދައްކައިގެން އަމިއްލަ އޮންލައިން ވިޔަފާރި މިކުރަނީ. އެކަމު ޑޮލަރުތަކަށް ސަރުކާރުން ހެދޭ ނެހެދޭ އެއްޗެއް އަމިއްލައަށް ނޭނގުމުން ހުރިހާ އެންމެނަށް އެއް މިންގަނޑަކުން އެ މިނުނީ. ޓެކްސް ދެއްކި މީހަކަސް، ނުދައްކާ ވިޔަފާރި ކުރި މީހަކަސް ހަމަ މިގައުމުގަ ވީ ހަމަހަމަ. އަޅެ ކިހާ ދެރައެއް ވާނެ އަހަރެން؟ ރަނގަޅަށް އުޅުމުގެ ބޭނުމަކީ ކޮބައިތޯ މިގައުމުގަ. އަދި ދަންނަވަ ދެއްވާ ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެއްވާއިރު އަމިއްލަ ފަރާތްތަކަށް މުސާރަ ނުލިބޭންވީ ކީއްވެތޯ؟ ގައުމު އެކުވެގެން ދެއްކި ޓެކްސް ފައިސާއިންނެއް ނޫންތޯ މުސާރަ ދެއްވަނީ؟ ކިތައްފަހަރުތޯ މިގޭ ދޮރާށިން އެތެރެއަށް ނުވަތަ އެހެން ދޮރާށިއަކުން އެތެރެއެއައށް ތީން އެއްބޭފުޅަކުވެސް ވަދެ ބަލާލީ ކިހިހެއްތޯ މާލީ ހާލަތު؟ ކޮންކަހަލަ ތަފާތު ތަކުލީފު ތަކެއްތޯ ރައްޔިތުންނަށް ދިމާވަމުންދަނީ؟ އެކަމު އަދިވެސް ރަށް ހިއްކުން ކުރިޔަށް، މަގުހެދުން ކުރިޔަށް، އިންޑިއާ 500 މިލިއަން ބްރިޖު ހެދުން ކުރިއަށް. ތިބްރިޖަށް އަރާނެ މީހަކުވެސް ވާނީ މިތާ ބަނޑަށް މަރުނުވެ އަހަރުމެން ތިބިިނަމަތާ؟
    އަދި ތިންއަހަރު މިހެން ކެތްކުރަން ޖެހިފަ މިއޮތީ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހް. މަނިކުފާނު އެއްވެސް ވަރަކަށް ހަމަ ބަލާނުލައްވާނަންތޯ އާންމު ފަރުދުންގެ ހާލަތު؟ އެވާހަކަ ނުވެސް ދައްކަވާނަންތޯ؟ އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން. އެކަމު ދެރަވޭ. ލަގޮނޑީގަ ރިއްސާ ވާހަކަ ދައްކަންވެސް. ފިރިމީހާ ޓޫރިޒަމް ވަޒީފާނެތި. އަހަރެން ކުރި މަސައްކަތް ފެނަށް. ކިހާވަރަކައްތޯ މީހުން ކުރާ ބުރަ، ހެޔޮ މަސައްކަތްތަކުގެ ކަރާމާތް ހިފަހައްޓަން ތިބޭފުޅުންނަށް އެނގިލައްވަނީ؟ ހަމްދަރުދީ ވާން އެނގި ލައްވަނީ؟ ރާއްޖޭގެ ރައްޔިތުންނަށްވެސް މިހާރު ހޭލެވި ވިސްނެންވެއްޖެ. އަބަދު އެއްބަޔަކު ހަތަރު ފަރާތުން ޗަރުކޭސް ދައްކަމުން ގައުމު ހަގީގަތުގައި ކުރިއަރަން ޖެހޭހާ ގާތަށްވެސް ކުރިއެއް ނާރާ. ކޮވިޑް ކުރިންވެސް 1 ބިލިއަން ދިނީ އެގްރިމެންޓް ބާތިލްވެގެން. އެވެސް ކޯޓަށް ނުގޮސް. ގައިމު ދިޔަނަމަ އެ އެއްބިލިއަނުން 1000 ރުފިޔާ ނަމަވެސް ރައްޔިތުންގެ ހާލުގަ ޖެހިފަ ތިބި މީހުންނަށް ދެވުނިން ނޫންތޯ؟
    ގައުމު ހިންގަން ނޭނގޭ، ތަސައްރަފު ނުފުދޭ ކަން އަޅުގަނޑަށް ފެންނަނީ. މިވަރަު ކަންކަން ކުރާކަށް ނުވާނެ ނުންތޯ؟ އަޅުގަނޑުމެން ގަނަޖެހި ބިކަވަނީ މިއޮށް. އެކަމު ﷲ އިރާދަފުޅުން މަސައްކަތް ކުރާނަން އަދި ހެޔޮ މިންވަރު ކުރައްވާނެ. ރައީސް އަށް ވަރަށް ވެދުން. ދެރަވޭ.

    35
    1
  6. ސޭކްސްތާން

    މަގުމަތީގައި އުޅުނު ވަކަރުގޭ ވާނުވާ ނޭންގޭ ލާދީނީ ކާފަރުކަމަށް ލޯބިކުރާ ބައިގަނޑަކަށް ގައުމެއް ހިތަކަށް ލިބުނީމާ ވާނެ ހައެތިވާތަން މި ފެންނަނީ. ގައުމު އަޅުވެތިކޮށް ކުޑަ ލާރިކޮޅެއްގެ ދަހިވެތި ކަމުގައި ގައުމު ވިއްކާލާ ޖީބުތައް ފުރައިފި. ނިކަމެތި ރައްޔިތުން ބަނޑަށް ޖައްސައިފި. ވަޒީފާތައް ގެއްލި ގޮތް ހުސްވެ ބޯ ހާސްވެ ޢާއިލާތައް ބިކަވެއްޖެ. ވިސްނާ ހޭއަރާ!!

    46
  7. ގޮނޑި ކޮއްކޮ ސަރުކާރު

    މިހުރިހާ ކަމެއްވެ ގައުމު ދަރުވާލާފައި ރައީސް މީހާ ވީ ތަނެއް ނޭންގޭ. ގައުމު ހިންގަނީ ހިންދުކަރައިގެ ސަފީރަކު. އޭނާ ބުނާގޮތަށް ނޫން ގޮތަކަށް ފިޔަވަޅެއްވެސް ނޭޅޭ. ހީވާގޮތުން ހިންދު ކަރައިގެ މީހުން ވަނީ ރައީސް މީހާ ހިސޯރުކޮށްފަ. މިއީ ކިހިނެތް ވެރިކަން ކުރަން އުޅޭ ބައިގަނޑެއްތަ؟

    44
  8. ރާޅު ބޯއީ

    އިންޑިއާގެ ބީޖޭޕީން ބޭނުންވާ ގޮތް މިހިރަގެން ވަނީ. މި ރިޕޯޓުން ހާމަވަނީ މިއިން ޒަމާނަކުވެސް ގައުމު ނުދަރާ ވަރަށް ގައުމާއި ރައްޔިތުން ދަރައިފިކަން. އިންޑިއާގެ ފައިބުޑަށް ގަސްދުގައި ވައްޓާލާފަ މިއޮތީ. ދެން ސަލާމަތެއް ނުވާނެ. ގައުމު ދެރިވާހަކަ ރިޕޯޓާ ގުޅިގެން ވެސް މޮޅު ހަބަރު ހަދާފައި ރައްޔިތުންނަށް އޮޅުވާލާނީ. މިކަމުގެ ޒިންމާ ލާދީނީ ސަރުކާރުން ނަގަން ޖެހޭނެ.

    33
  9. ނަޖާ

    އިގްތިސޯދެއްވެސް އެނގޭ ބަޔަކަށްދޯ ވާނުވާއެއް އެނގޭނީ. ވެރިކަމުގައި މިއަދު އެތިބީ ކިޔަވައިގެން ތިބި ބައެއް ނޫން. ލިބޭހާ ލާރިކޮޅެއް ކައި ހުސްކުރަނީ. ޖޫރިމަނާ ނަންނަމުގައި ރައްޔިތުން އަތުންވެސް ފެލައިގެން ލާރިކޮޅު ނަގާފައި ކާލައިގެން މިއުޅެނީ ސަލާމަތް ނުވެގެން. ހުރިހާ ބަލާ މުސީބާތެއް ރައްޔިތުންނަށް.

    33
  10. ޅޮލް

    ދެންއައްޖަހާ

    32
  11. ރެފްރީ

    ހަމައެކަނި ބޭކާރުޚަރަދުކުރަނީއެއްވެސްނޫނޭ. އެމީހަކާއެމީހެއް ޖެހުނުތަނަކުންނަގަނީއޭ..

    40
  12. ވިސްނާ މީހާ

    މިއީ ނުރައްކާތެރި ހަބަރެއް. މިއިން މިދިނީ ގައުމުގެ ކުރިމަގަށް ނުބައި މެސެޖެއް. އަހަރެމެން ދަރާ ވިކިއްޖެ. ފޮޓޯއިން މިހިރަ ފެންނަ މީހާ ހެވިފައި ބޮޑު ގޮނޑީގައި ފައިމައްޗަށް ފައި ނަގައިގެން ވެޑުވެފައި ރަނޑު އަންހެނެއް ހެން އިނީމަ ނިމުނީ. ހުރިހާ ބޮލު ރިހުމެއް ރައްޔިތުންނަށް.

    34
  13. އުތުރުން

    ރާއްޖޭގެ ދަރަނި ބޮޑު ވަނީ މޑޕ ނެގެހެއްޓުމަށް ކުރަމުންދާ
    އިސްރާފް ތަ ކކ ކުންނެވެ އެއްވެސް ބެލުމެއްނެތި ދައުލަތުގެ
    ފައިސާ ތަޅާ ބުރުއްސަނީ ނަސީދުގެ ސަޕޯޓަރުން ހިފެހެއްޓުމަށެވެ. އޭނާ ދައުލަތުގެ
    ކަން ކަމުން ފެއަށް ޖައްސައިގެން ނޫނީ ރާއްޖެއަށް ހިންދެމި
    ނުލެވޭނެއެވެ.

    32
  14. ޒީރޯޓޮލެރެންސް

    ނުފޯރާފޮތިން ފޫގަޅައިގެން އުޅޭމީހުންނަށް ވާނީ މިވަރު. އަދިވެސް ތިމާމެންވަރު ބަޔަކު ނެތްކަން ދައްކަން ގަދަބަސް ބުނަމުން ގެންދާތި!

    32
  15. ނ

    ޜާއްޖޭގެ ތާރީޚުގައި ވެސް އެންމެ އަގު ބޮޑު ހުވާ ގެ ރަސްމިއްޔާތު ބޭއްވީވެސް ރައީސް ސާލިހު..ގަލޮޅު ބޯޅަދަނޑަށް 15 މިލިޔަން ރުފިޔާ ޚަރަދު ކުރި...ފެށުން ގޯސް ވެއްޖެއްޔާ ދެންދާނީ ގޯހުންގޯހަށް..ދަތުރު ތަކަށް ވެސް މިލިޔަނުން ޚަރަދު ކުރަނީ

    34
  16. ފާއިޒް

    ޚަރަދު ކުރަނީކި ނޫން އެކަތި އަނެކައްޗާ ޖެހުނު ތާކުން ދަމާ ވީދައިގެން ކައި ޤައުމުގެ މާލިއްޔަތު ހުސްކުރަނީ.. އެހެން މީހުންގެ ބޮލުގަ ވަގު ބަދުނާމުގެ ތުހުމަތު އަޅުވާގެން ....

    36
  17. ހުސޭނުބޭ

    ޚަރަދެއްނޫން ކުރަނީކީ! ވައްކަންކުރަނީ

    37
  18. ނާދިރާ

    ވަރަށްވުރެ ގަމާރުވީމަ ވާނީ މިހެން

  19. ފަރީދާ

    މިހާރު ހުންނާީ ރާކެޑިމަސް ކެވިފަ މުޅި މާލިއްޔަތު ދިރުވާލާފަ މިހާރު މިވަނީ

  20. ކިނބޫ

    ނުހޭރޭނަންތަ؟

  21. ކިނބޫ

    ނުހޭރޭނަންތަ