ރާއްޖޭގައި ފުޅާދާއިރާއެއްގައި ހުރިހާ ރޭންޖެއްގެ އިލެކްޓްރޯނިކް އައިޓެމްތައް ވިއްކަމުން އަންނަ ޕްރިމިއޯއިން، އެ ކުންފުނީގެ ފުރަތަމަ ފިހާރަ ހުޅުމާލޭގައި ހުޅުވައިފިއެވެ.

ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި އޮންލައިންކޮށް ރާއްޖޭގައި އިލެކްޓްރޯނިކް ވިޔަފާރި ކުރަމުންދިޔަ ޕްރިމިއޯއަކީ އެތައް ބައެއްގެ އިތުބާރު ހޯދާއިވާ ކުންފުންޏެކެވެ.

އެ ކުންފުނީގެ ފުރަތަމަ ފިހާރަ ހުޅުވާފައި މި ވަނީ ހުޅުމާލެ ނިރޮޅު މަގު ހަތްތެރި މާޓް ކައިރީގައެވެ.

ރާއްޖޭގައި ފުޅާ ދާއިރާގައި އިލެކްޓްރޯނިކް އައިޓަމްތައް ވިއްކަމުން އަންނަ ޕްރިމިއޯ އިން ހުޅުމާލޭގައި ހުޅުވި މި ފިހާރައިން، އިލެކްޓްރޯނިކް ސާމާނުގެ ހުރިހާ ރޭންޖެއް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

އެ ފިހާރައިން ވިއްކާ ތަކެއްޗަށް ވޮރެންޓީވެސް ދޭނެއެވެ.

ޖާގަ ތަނަވަސް، ހިތްގައިމު އެ ފިހާރައަކީ ރާއްޖެއިން ލިބޭ ގިނަ ވައްތަރުގެ އޭސީ އާއި ޓީވީ އަދި ހޯމް އެޕްލަޔަންސް އެންމެ ހެޔޮއަގުގައި ލިބޭނެ ތަނެވެ. އަދި އެތަނުން ރާއްޖެއިން އާއްމުކޮށް ނުލިބޭ މުދާ ޕްރިއޯޑަރު ކުރުމުން ގެނެެސްދޭކަން ވެސް ފާހަގަކުރެވެއެވެ.

ޕްރިމިއޯއިން ބުނީ، އެ ފިހާރައިން ވިއްކާ ހުރިހާ މުދަލެއް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ދޫކުރަމުންދާނެ ކަމަށެވެ.

އަދި ރަށުގައި ތިބެގެން އެތަނުން ވިއްކާ ތަކެއްޗަށް އޯޑަރު ކުރެވޭނެ ކަމަށާއި، އެހެންކަމުން ގަންނަން ބޭނުންވާ ތަކެއްޗަށް ބޭނުންވާ ފައިސާ ޓްރާންސްފާ ކޮށްލުމުން، ހިލޭ ރާއްޖޭގެ ކޮންމެ ތާކަށް ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް ބުންޏެވެ.

ޕްރިމިއޯގެ ފޯން ނަމްބަރަކީ 7778568 ނޫނީ 9886071 އެެވެ. އެ ފިހާރައިގެ ފޭސްބުކް ޕެޖަށް މެސެޖްކޮށްގެންވެސް ތަކެތި ގަތުމުގެ ފުރުސަތު ލިބޭނެއެވެ.