އެލިއާ ބްލަޑް ޑޮނޭޝަން ކޭމްޕް 2016 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެލިއާ އިންވެސްޓްމަންޓް

އެލިއާ އިންވެސްޓްމަންޓްއިން މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން، ތެލެސީމިޔާ ކުދިންބޭނުންވާ ލޭ ހޯދުމަށް ފަސޭހަކޮށްދިނުމުގެ މަޤުޞަދުގައި، ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ކޭމްޕެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

އެލިއާގެ "ބްލަޑް ޑޮނޭޝަން ކޭމްޕް 2016" އަކީ ލޭ ހަދިޔާކުރުން އާންމުކޮށް ހުޅުވާލައިގެން، ހުރިހާ ފަރާތްތަކުންވެސް ލޭ ހަދިޔާ ކުރުމުގެ ފުރުޞަތުދީގެން ކުރިޔަށް ގެންދިޔަ ހަރަކާތަކަށް ވާއިރު، މިއަދު އެ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމްއެވެ.

Alia Blood Donation
އެލިއާގެ "ބްލަޑް ޑޮނޭޝަން ކޭމްޕް 2016" ފައްޓަވައިދެއްވުމުގެ ގޮތުން ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެލިއާ އިންވެސްޓްމަންޓް

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސްއަށް ފައިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޭ ހަދިޔާ ކުރައްވާފައިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ ހަނދާނީ ފިލައެއްވެސް ދީފައެވެ.

ADS BY ASTERS

Comments are closed.