ހެޕީ މާކެޓް އިން މިހާތަނަށް ހުޅުވި އެންމެ ބޮޑު ޝޯރޫމް، ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހައިވަކަރު މަގުގައި ހުންނަ އެ ޝޯރޯމް ހުޅުވަދެއްވީ ހެޕީ މާކެޓްގެ އެންމެ ދުވަސްވީ މުވައްޒަފު، އަލި ދީދީ ( އަލިދީ)އެވެ. އޭނާ އަކީ ހެޕީ މާކެޓް އުފެދުނީއްސުރެ މިހާތަނަށްވެސް އެ ކުންފުނީގައި މަސައްކަތްކުރައްވަމުން އައި ފަރާތެކެވެ.

ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާން ވިދާޅުވީ އެތަނުން ހޯލްސޭލް އަދި ރީޓެއިލްގެ ޚިދުމަތް ލިބިވަދައިގަންނަވާނެ ކަމަށެވެ.

" ކުރިމަގުގައި މިތަނަކި މި އައިޓަމްތަކުގެ ރަހަދައްކާ އެކްސްޕީރިއެންސް ކޮޮށްލެވޭނެ ތަނެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަލަނީ. ވަކިން ޚާއްސަކޮށް ހުލުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށާ ވިޔަފާރިވެރިންނަށް ކައިރިން ތަކެތި ބައްލަވާލައްވަ މިކޮޅުން ހޯލްސޭލް އަދި ރީޓޭލްކޮށްވެސް ތަކެތި ބައްލަވައިގަނެވޭނެ." އިހުސާން ވިދާޅުވިއެވެ.

އަދި ކޯޕަރޭޓް ވިޔަފާރިވެރިންނަށް ސޭލްސް ސްޓާފުންނައި ބައްދަލުކޮށް ތަކެތީގެ މައުލޫމާތު ހޯދުމުގެ ފުރުސަތު އެތަނުން ފަހިކޮށްދިފައިވާނެކަން އޭނާ ވަނީ ފާހަގަކުރައްވަފައެވެ.

އެތަނުން ލިބެން ހުންނަ ފިނިކުރި މަހުގެ ބާވަތްތަކުގެ ތެރޭގައި، ކުުކުޅު، އަސްދޫނި، ގެރި ހިމެނެއެވެ. މީގެ އިތުރުން ގަނޑު ކުރި ތަރުކާރީގެ ބާވަތްތަކާއި، ޑްރައިޑް ޕްރޮޑަކްޓް ދަޅުކާނާ، ކުކުޅު ބިހާއި، ޗީޒް، ވިޕިން ކްރީމް ފަދަ ތަނެތި އެތަނުން ލިބެން ހުންނަނެކަން އިހުސަސން ވަނީ ފާހަގަކުރައްވާފައެވެ.

އަދި އެތަނަށް ޕްރޮޑަކްޓްތައް ދުނިޔޭގެ އެކި ހިސާބުތަކުން ގެންނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

" ސައުތް އެމެރިކާއިން މިގެންނަނީ ފްރޯޒެން ކުކުޅު ކަހަލަ އެއްޗެހި. އެމެރިކާ ހިސާބުން އޮރެންޖް ކަހަލަ އެއްޗެހި އެބަ ގެންނަން. ހަމައެއާއި އެކު އިނގިރެސިިވިލާތު ހިސާބުން ބަޓަރކަހަލަ އެއްޗެހި. އޮސްޓްރޭލިއާ އިން އެބަ ގެންނަން މަސްކަ މި ވާބަތުގެ އެއްޗެހި. ސިންގަޕޫރުގެ ކެމިކަލް ބްރޭންޑް އެއް މި ގެންގުޅެނީ ސިންޓެކް." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހެޕީ މާކެޓްގެ ގްރީން ފްލީޓްތައް ރަސްމީކޮށް ބޭނުންކުރަން މިއަދު ވަނީ ފަށާފައެވެ.

އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިހުސާން ވިދާޅުވީ ހެޕީމާކެޓުން ރައްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު ގްރީން ފްލީޓް ބޭނުން ކުރާނެ ކަމަށެވެ.

ހެޕީ މާކެޓަކީ ޒިންމާދާރު ކުންފުންޏެއްގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްދޭން ބޭނުންވާ ކުންފުންޏެއް ކަމަށާ، އެ ކުންފުނިން ކާރބަން ބޭނުން ކުރާ މިންވަރު ވީހާވެސް މަދު ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ކަރބަން ފުޓްޕްރިންޓް ވީހާވެސް ކުޑަކުރަން ބޭނުންވޭ. 36 ވެހިކަލް މިހާރު އެއްކޮށް ބަދަލު ކުރަނީ ގްރީން ފްލީޓަށް. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ ރެޖިސްޓްރޭޝަން ނިމި މުޅި ފްލީޓް އެއްކޮށް ބެޓަރީ ވެހިކަލްތަކަށް ބަދަލުވެގެންދާނެ. " އޭނާ ވިދާޅުވިއވެެ.

އިހުސާން ވިދާރުވީ އެ އުޅަނދުތަކަކީ ކުރިން ބޭނުން ކުރި އުޅަނދުތަކަށް ވުރެ ސައިޒުގެ ގޮތުން ކުދި އުޅަނދުތަކަށް ވުމުން، އެ ފްލީޓްތައް ބޭނުން ކުރަން ފެށުމުން ޓްރެފިކްގައި އުޅަނދުތައް މަޑުކުރަން ޖެހުމުން ލިބޭ ދަތިތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.

އެ އުޅަނދުތަކުގެ ތެރޭގައި 2 ޓަނުގެ ކެޕޭސިޓީގެ އުޅަނދުތަކައި 1.5 ޓަނުގެ ކެޕޭސިޓީގެ އުޅަނދުތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.