ގޭމިންގ އޭ ބުނުމުން ވިސްނުމަށް އެންމެ ފުރަތަމަ އަންނަ ބަޔަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމުގައިވާ ”އެޕަލް“ ކަމުގައި ނުވެދާނެއެވެ. ނަމަވެސް، އެޕަލް ކުންފުނިން ގޭމިންގެ ދާއިރާ ނަގަނީ ވަރަށްވެސް ސީރިއަސް ކަމާއި އެކުގައެވެ.

މި އަހަރުގެ ތިންވަނަ ކުއާޓާގައި އެޕަލް އަށް ލިބުނު ފައިދާ ތަކުން 11 ބިލިއަނުގެ އާމްދަނީ އެއް ވަނީ ސީދާ ގޭމިންގ އިން ލިބިފައެވެ. އެހެންކަމުން ޓެކްނޮލެޖީ އާޢި ގޭމިންގެ ދާއިރާގައި އުޅޭ އިސް ފަރާތްތަކުން މިހާރު ބުނަމުން ދަނީ އެޕަލް އިން ގޭމިންގ ނަގަނީ ވަރަށްވެސް ސީރިއަސްކޮށް ކަމެވެ.

3 ވަނަ ސެކްޓާގައި އެޕަލް އަށް ގޭމިންގ އިން ބޮޑު އާމްދަނީ އެއް ލިބުނުއިރު، މި މުއްދަތުގެ ތެރޭގައި 9 ބިލިއަން ޑައުންްލޯޑު އެޕްސްޓޯރުން ވަނީ ކޮށްފައެވެ. އޭގެ ތެރެޢިން 2.6 އެޕަކީ ސީދާ ގޭމިންގ އެޕްތަކެވެ. އެޕަލް އަށް 11 ބިލިއަން ޑޮލަރު މި ސެކްޓާގައި ލިބުނީ އެހެންނެވެ. މިއީ ޕްލޭސްޓޯރުގެ ގޭމިންގ ބަޔަށް ވުރެންވެސް ބޮޑު އާމްދަނީ އެއްކަން ފާހަގަކޮށްލެވެއެވެ.

ދިރާސާތައް ދައްކާ ގޮތުން މި ސެކްޓާގައި އެންމެ ގިނަ ޑައުންލޯޑުތައް ކޮށްފައި ވަނީ އިންޑިއާ އާއި ސައުތު ކޮރެއާ އިންނެވެ. އަދި ގޭމިންގ ހިމެނޭހެން ހުރިހާ އެޕްތަކެއް ނިސްބަތުން އެންމެ ގިނަައިން ޑައުންލޯޑް ކޮށްފައި ވަނީ އެމެރިކާ އާއި ޖަޕާނުންނެވެޡ އެޕަލް އަށް ގޭމިންގ އިން ލިބެމުން އަންނަ ބޮޑު އާމްދަނީގެ ސަބަބުން އެމީހުންގެ އަމިއްލަ ކޮންޓްރޯލާ އެއް ހެދުމަކީވެސް އެކަށީގެންވާ ކަމެކެވެ.