ފްލައިމީ އިން މާމިގިއްޔާއި އިންޑިއާ އާއި ދެމެދު ޝެޑިއުލް ދަތުރުތަކެއް ކުރަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފްލައިމީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދު ވިދާޅުވީ މި ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ އެއް ގައުމަށް ވެފައި، ފްލައިމީ އިން ބަލަމުން އަންނަނީ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން އަންނާގެ ގޮތްތައް ކަމަށެވެ.

ނާޝިދު ވިދާޅުވީ، ފްލައިމީ އިން ދަތުރުތައް ފެށުމަށް ފުރަތަމަ ހަމަޖެހިފައި ވަނީ އިންޑިއާގެ ހަތަރު މަންޒިލަކަށް ކަމަށެވެ. ފްލައިމީ އިން ދަތުރުތައް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ހަތަރު މަންޒިލަކީ ބެންގަލޫރުއާއި، ދިއްލީއާއި، މުމްބާއީގެ އިތުރުން އަހްމަދުއާބާދު ކަމަށް ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އޭނާ ވަނީ ވިދާޅުވެފައެވެ.

މި ދަތުރުތައް އަންނަ އަހަރު ފަށާނެ އެވެ. މި ދަތުރުތައް ކުރާނީ މާމިނގިލި އެއަރޕޯޓުންނެވެ.

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ އެއާ އަށް އޭޝިއާގެ ގައުމުތަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު ތިން ވަނަ ދުވަހު އެވެ.

އަދި ލަންކާގެ ބޯޑަރު ހުޅުވުމާއެކު ރާއްޖެއާ ލަންކާއާ ދެމެދު ޝެޑިއުލް ދަތުރުތައް ފްލައިމީން ކުރަން ނިންމާފައިވާއިރު، ރާއްޖެއިން ބޭރުގެ އިތުރު މަންޒިލްތަކަށްވެސް ފްލައިމީން ދަތުރު ކުރާނެއެވެ.

ފްލައިމީގެ ދަތުރުތައް އާންމުކޮށް ކުރަނީ އދ. މާމިގިއްޔަށާއި ބ. ދަރަވަންދޫއަށެވެ. މީގެ ކުރިން އައްޑޫ ސިޓީއަށާއި، ފުވައްމުލަކަށްވެސް ފްލައިމީން ދަތުރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލީ އެޔާޕޯޓްގަ އިންޓަނޭސަނަލް ބޯޑެއް ނެތް ހަރުކޮއްފައެއް. ޑޮމަސްޓިކް ބޯޑެއްވެސް ނެތް ހަރުކޮއްފަ އެއް. އެކެއްޗެއްވެސް ނުޖަހައި މިހާރުވެސް ހިންގަމުންދަނީ.. ދެން އެމެރިކާއަށް ވެސް ދަތުރު ކޮއްފާނެ. ބާގީ ބުރުމާ ވިއްޔާ.

    28
    2
    • އަސްލަމް

      މާމިގިލީގަ ހޮސްޕިޓަލެއް، ކޮވިޑް ޓެސްޓް ކުރެވޭނެ ލެބެއް ނެތި، އިމިގުރޭސަނެއް، ކަސްޓަމެއް ނެތި އިންޓަނޭސަނަލް ތިކުރަނީ. އަދި ރަން ވޭ ވެސް ދިގު ނުކޮއް، އެއްވެސް ބޯޑެއްވެސް ނުޖަހައި މިހާރުވެސް ހިނަގަމުންދަނީ މާމިގިލި އެޔާޕޯޓް.

      3
      1
  2. މާމިނގިލި ރައްޔިތެއް

    އެކަހަލަ ނާޖާއިޒު ފައިދާނަގައްވެގެންނޭ ގައުމޭ ރައްޔިތުންނޭކިޔައިގެން އަނގަ ފުޅާކޮށްވީދުނީ ވަރައް ލަދުހަޔާތްކުޑަމީހެކޭ ބުރުމާ ގާސިމަކީ

    4
    1
  3. ޑައެލޯގް

    މިހާރު ޔަގީންވެއްޖެ ގާސިމްވެސް ވަނީ އިންޑިޔާއިން ގަނެލާފަކަން

  4. ބައްޕަ

    އަމިއްލަ ފައިދާ އަށް ގައުމު ވިއްކާލައިފި! އިންޑިޔާ އައުޓް