ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ އޮންލައިން" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ، ދިވެހިންގެ މެދުގައި މަޤުބޫލު "ލޭންސްލޭ ސލިމިން ކޮފީ" ހެޔޮ އަގުގައި ބ. ދޮންފަނު "އާވާޒް މާޓް" އިން ވިއްކަން ފަށައިފިއެވެ.

"އާވާޒް މާޓް" އިން މިހާރު ލޭންސްލޭ ސްލިމިން ކޮފީ ހެޔޮ އަގުގައި ލިބެން ހުރިއިރު، އެ ފިހާރައިން އަންނަނީ އޯޑަރު ކުރުމުން ޑެލިވަރީގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި "ލޭންސްލޭ ސްލިމިންގް ކޮފީ" ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަރުދަން ލުއިކޮދިނުމާއެކު ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

ކާބޯތަކެއްޗާއި ގެއަށް ބޭނުންވާ ސާމާނު އެއްތަނަކުން ހެޔޮ އަގުގައި ލިބެން ހުރި އެ ފިހާރައަކީ ދޮންފަނުން "ލިބޭ އޮންލައިން" ގެ ޕްރޮޑަކްޓުތައް ވިއްކާ އޭޖެންޓްވެސް މެއެވެ.

"ލިބޭ އޮންލައިން" އިން ލޭންސްލޭ ކޮފީގެ އިތުރުންވެސް، ދިވެހިންނަށް ކަމުދާ މަޤުބޫލު ގިނަ ބްރޭންޑުތައް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުން ދެއެވެ. އެ ވިޔަފާރިން އަންނަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން މި ޕްރޮޑަކްޓުތައް ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ކުދިބޮޑު ވިޔަފާރިތަކަށް ވަރަށް ޚާއްސަ އަގުތަކެއްގައި ހޯލްސޭލްވެސް ކުރަމުންނެވެ.

އަދި ހަމައެހެންމެ ރަށްރަށުން "ލިބޭ އޮންލައިން" ގެ އޭޖެންޓުންނަށް ވުމުގެ ފުރުސަތުވެސް މިހާރު އޮތީ ހުޅުވާލާފައެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތާއި ލިބޭގެ ޕްރޮޑަކްޓުތައް ބައްލަވައިގަތުމާއި މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ނަމްބަރު (9759452) އަށް ގުޅުމަށް އެފަރާތުން އެދެއެވެ.

މީގެ އިތުރުން "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރުމުގެ ފުރުސަތު، ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް އޮންނާނެއެވެ. "ލިބޭ އޮންލައިން" އިން އޯޑަރުކުރާ ތަކެތި ގަންނަ ފަރާތްތަކަށް، އިތުރު އަގަކާ ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެ ވިޔަފާރިން ދެއެވެ. އަދި ރަށްރަށުން އޯޑަރުކުރާނަމަ ބޯޓާއި ހަމައަށްވެސް ހިލޭ ގެންގޮސްދޭނެއެވެ.



"ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކާ ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ބަނޑު ހިންދައި ބައްޓަން ރީތިކޮށްދޭ، ލޭންސްލޭ ސްލިމިންގް ކޮފީ (115 ރުފިޔާ)


2. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ހުދުކޮށްދޭ ސްޕާކަލް ޓްރިޕްލް ވައިޓް (150 ރުފިޔާ)


3. ކިހިލިފަތް ކަޅުވާ މައްސަލައަށް ހައްލު ހޯދައިދޭ ޑިއޯޑޮރެންޓް (100 ރުފިޔާ)


4. ހަށިގަނޑު ދޮންކޮށް ޒުވާންކަން ގެނެސްދޭ "މިލްކް ޕްލަސް" ލޯޝަން (179 ރުފިޔާ)


5. ހަންގަނޑު މަޑުކޮށް ކުރަކިކަން ފިލުވުމަށް އެންމެ އިތުބާރު އެއް ލޯޝަނާއި ބާތު-ކްރީމް


6. ދަތްތަކުގެ އޮމާންކަން ގެއްލި އަވަހަށް ހަޑިވާން ދިމަވާ މައްސަލައިގެ ހައްލު ހޯދައިދޭ "ސްޕާކަލް ފްރެޝް ވައިޓް ޓޫތްޕޭސްޓް"


7. އިރުގެ އަލިން މޫނުގެ ހަންގަނޑު ރައްކާތެރިކޮށްދޭ "ޒޫމް ފައުންޑޭޝަން


8. ހިރުގަނޑު ފާރުވުމުން ދުރުކޮށްދޭ "ސްޕާކަލް - ގަމް ކެއާ ޓޫތްޕޭސްޓް"


9. "ސެންޓިއޯ: ބޮޑީ މިސްޓް (އެޕަލް/ބެރީ)


10. ދަ ބޭކަރީ ޕްރިންސެސް - ހެއާ އެންޑް ބޮޑީ މިސްޓް