ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނީ އިންޑިއާ އާއި ރާއްޖެއާ ގުޅިގެން ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޑިއާ ފަތުރުވެރިކަމުގެ މާކެޓު ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިންޑިއާގެ ޓްރެވަލް އެޖެންޓުންނާއެކު ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން ސަންޖޭ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި، ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި ފުޅާ ކުރުމުގެ މަސައްކަތްވެސް ކުރާނީ ދެ ގައުމު އެކުގައި ކަމަށެވެ.

ސަންޖޭގެ ވާހަކަައިގައި ވަނީ، އިންޑިއާގެ ހަތް ސަރަހައްދަކަށް ރާއްޖެއަށް ސީދާ ދަތުރުތައް އޮންނަކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި މި އަދަދުވެސް އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ.

ސަންޖޭ ވިދާޅުވީ އިންޑިއާ އިން މަސައްކަތް ކުރަނީ އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަށް ހެދުމަށް ކަމަށާއި، ދެ ގައުމު އެކުގައި މަސައްކަތް ކޮށްފި ނަމަ މިކަން ކާމިޔާބު ވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މިވެބިނާގައި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެ އަކީ ދަތުރުފަތުރުގެ ނިޒާމުން އަބަދުވެސް ގުޅިފައި އޮންނަ ދެގައުމު ކަމަށާއި، ނަމަވެސް މިއީ މިފަދަ ބައްދަލުވުމެއްގައި އިންޑިއާ އާއި ރާއްޖޭގެ ދަތުރުފަތުރު އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ރަނގަޅު ފެށުމެއް ކަމަށް ވެސް މައުސޫމް ވަނީ ވިދާޅުވެފައެވެ.

މައުސޫމް ވިދާޅުވީ އިންޑިއާ އަކީ ދެ ވަނަ އަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާ އަތުގައި އެންމެ ފުޅާ މާކެޓު ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިންޑިއާ އިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު މިއަށްވުރެވެސް އިތުރުކުރެވޭނެ ކަމަށެވެ.

"ރާއްޖެއިން މިހާރުވެސް އޮތީ އިންޑިއާ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ފުރިހަމައަށް ތައްޔާރަށް. އެކަމަށް އެންމެ ބޮޑަށް ހެކި ދޭ އެއްކަމަކީ، އިންޑިއާ އަކީ ގިނަ އަދަދަކަށް ވެޖިޓޭރިއަނުން ތިބި ގައުމަކަށް ވާއިރު، ވެޖިޓޭރިއަން ކާނާ ނުލިބޭ އެއްވެސް ރިސޯޓެއް ރާއްޖޭގައި ނެތުން" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރާއްޖެއިން އިންޑިއާ އަށްވެސް ފަތުރުވެރިން ދާނެ ކަމަށާއި، އިންޑިއާގެ ފަތުރުވެރިކަމަށް އެންމެ ހާއްސަ އެއްތަން ކަމަށްވާ "ގޯއާ"ގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާނެ ކިތަންމެ ދިވެއްސަކު ތިބި ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެއަށް ފަތުރުވެރިން ފޮނުވުމަށް މަސައްކަތް ކުރާއިރު ދިވެހިންގެ މެދުގައި އިންޑިއާ އަކީ މަގުބޫލު ތަނަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    އިންޑިޔާ އައުޓް. މުސްލިމުންގެ ދުޝްމަނުން ތިއީ!

    39
  2. Anonymous

    ކޮންފަދަ މުސީބާތެއްތަ މިއޮތީ ޖެހިފައި. ސައްޕުޖަހާފަ ބޭރުކޮށްލަންވީ.

    33
  3. ސ

    ލޭ ނާރަށް އަރާ ތިޔަ ފިއްތާލީ، އިންޑިއާއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާށޭ ބުނާއިރު ދިވެހި ފަތުރުވެރިކަމަށް ހޭދަކުރި ދިގުތާރީޚުގައި އިންޑިއާއިން ރާއްޖެއަށް ކޮންކަމެއް ކޮށްދިނީ ކޮންތަޖުރިބާއެއް ހުރީ، އެހެންވީމާ ގައުމުގެ އިގްތިޞޯދާ ކުޅެލަން ފެށީ

    38
  4. ގައުމީ ލޯބި

    ރާޢްޖޭގެ ކަން ކަން ހިންގާނެ ގޮތުގެ މައްޗަށް މީނާއަށް ބަސްބުނަން ހުއްދަ ލިބުނީ ކޮން ގާނޫނީ ހަމަޔަކުން

    ދާޚިލީ ކަންކަމަށް ނުވަދެވޭނެ..

    ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް މިކަން ހުއްޓުވާ

    ޝާހިދު ކަލެއަށް ގާނޫނު ނުހިންގޭނަމަ ފައިބާ

    41
  5. ޢޭކޭ

    އިންޑިއާ އަކީ ފަތުރުވެރިކަން ދަންނަބައެއްނު

    25
    • ސަނާ

      މިހާރު އުޅެނީ ފަށަން ވެގެން އަންޑަމަން އިއައި އިލެންޑްސް ގަޔާ ލަކްޝަދީވް ގެ ރަށް ތަކުގަ މަލިކު ފިޔަވަ އި ވަރަށް ގިނަ ރަށްތަ ްއއ އެބަހުރި

  6. ވިސްނާލުމަށް އެދެމޭ

    ދިވެހިރާއްޖޭގަ ފަތުރުވެރިކަންފެށީ އިންޑިއާގެ އެހީތެރިކަމުގައެއްނޫން..ރާއްޖެއަށް އެއްމެގިނަ ފަތުރުވެރިންއަންނަނީ އިންޑިއާއަކުންނޫން..އިންޑިއާ ސަފީރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެމް ބަސަޑަރެނޫން...ހައިސިއްޔަތު އޮޅިގެން ނޫޅުމަށް އިންޑިއާ ސަފީރަށްދަންނަވަން..ދިވެހިރާއްޖޭގެ ފަޔުރުވެރިކަމުގަވާނެ މާސްޓަޕްލޭނެ އޭގަނޯންނާނެ 2020ގަ ރާއްޖޭގެ ފަތުރުވެރިކަމުގަ އިންޑިއާގެ ބައިވެރިވުމެ... އިންޑިއާމީހުން ހިތްއުފާކުރަން ރާއްޖެއައުމަކުން ދިވެހިން މައްސަލައެއްނުޖައްސާނެ..މަލިކަށް ގޮތެހެދޭތޯ އުޅެ ބަލަ އިންޑިއާގެ ހައިސިއްޔަތުއޮޅިފަހުރި ސަފީރު..

  7. Anonymous

    .
    ކޮންފަދަ މުސީބާތެއްހެމީ
    ޤައުމަށް މިއަދު ޖެހިފައި މިވާ
    އޮއްގާގެންނަމަވިޔަސް
    އަވަހަށް ހިނގާ ފޮނުވާލަމާ

  8. ހުސޭނުބޭ

    ފަތުރުވެރިކަންވެސް އަޅުވެތިވީ ތިވީގޮތުން!

  9. އޮޅުވާލި ވޯޓު

    އިންޑިއާ އައުޓު ފުރަތަމަ ތހިމާމީހުންގެ ހާަޖައްތައް ނުފުދިގެން އޫޅޭބަޔަކައް ބަޔަކައް ކޮއްދެވޭނެ ކަމެ ނޯންނާނެ

  10. ހުއްތު

    ތިހާގުޅެން ތިއުޅެނީ ކީއްކުރަން

  11. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް