ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ބުކިން މޯބައިލް އެޕްލިކޭޝަން ކަމުގައިވާ "އަވަސް ރައިޑް" އިން އަބަދުވެސް ދަނީ އެތައް ޕްރޮމޯޝަންތަކެއް ހިންގަމުންނެވެ. އަވަސް މިހާރު މިވަނީ އަވަސް ރައިޑުން ދަތުރުކުރާ ފަރާތްތަކަށް 100،000ރ ލިބޭ ޕްރޮމޯޝަނެއް ފަށައިފައެވެ.

އަވަސް ރައިޑުން މައުލޫމާތުދޭ ގޮތުގައި މިޕްރޮމޯޝަންގައި ބައިވެރިވެވޭނީ އަވަސް ރައިޑްގެ އެޕްލިކޭޝަން އަދި އަވަސް ރައިޑް ހުޅުމާލޭ ސެންޓަރު 3353030 އަދި އަވަސް ރައިޑް މާލެ ސެންޓަރު 3321313 އިން ބުކް ކުރައްވައިގެން ދަތުރުކުރާ ކަސްޓަމަރުންނަށެވެ. މިޕްރޮމޯޝަންގެ ތެރެއިން ކޮންމެ މަހަކު ،ގުރުއަތުން ހޮވޭ 10 ފަރާތަކަށް 1000ރ ލިބޭނެއެވެ.

https://www.facebook.com/293498351263734/posts/698271367453095/

އަވަސް ރައިޑުގެ ސީއީއޯ ޔާނިއު ރަމީޒް ވިދާޅުވީ އަވަސް ރައިޑުން މި ޕްރޮމޯޝަން ފެށުމާއެކު ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. އަދި މިދަނޑިވަޅުގައި ގިނަބަޔަކަށް ޓެކްސީގެ ފުރިހަމަ ޙިދުމަތެއް ދިނުމަށް މަސަތްކަތްކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

މިޕްރޮމޯޝަންގައި 10 ފަރާތަކަށް ކޮންމެ މަހަކުވެސް ފައިސާ ހަދިޔާގޮތުގައި ލިބިގެންދާނެއެވެ. އަދި މިޕްރޮމޯޝަން ފަރުމާކޮށްފައި މިވަނީ ގިނަބަޔަކަށް މިޕްރޮމޯޝަންގައި ހަދިޔާ ލިބިގެންދާނޭ ފަދައިންނެވެ.

https://www.facebook.com/293498351263734/posts/699165300697035/

މީގެ އިތުރުން ވެހިކަލްތައް އަބަދުވެސް ސާފުކޮށް ބެހެއްޓޭނެ ގޮތްތައް ރާވައި އެކަންކުރުމަށްޓަކައި އެޗްޕީއޭ އާއި ގުޅިގެން ވެހިކަލް ސެނިޓައިޒްކޮށް އަބަދުވެސް ޑިސްއިންފެކްޓް ކޮށްފައި ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އަވަސް ރައިޑުން ބުނެފައި ވެއެވެ،

އަވަސް ރައިޑުގެ އެޕްލިކޭޝަންގެ އިތުރުން ގުޅައިގެން ޙިދުމަތް ލިބޭ 2 ސެންޓަރުވެސް އަވަސް ރައިޑުގައި ހިމެނެއެވެ.

އަވަސް ރައިޑް ހުޅުމާލެ ޓެކްސީ ސެންޓަރު 3353030
އަވަސް ރައިޑް މާލެ ޓެކްސީ ސެންޓަރު 3321313

"އަވަސް ރައިޑް" ގެ ޑްރައިވަރަކަށް ވުމަށް ވަރަށް ފަސޭހައެވެ. އެ އެޕްލިކޭޝަން އެޕްލް ސްޓޯ އިން ނޫނީ ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑުކުރެއްވުމަށް ފަހު އެޕްލިކޭޝަންގައި އިންނަ ފޯމު ފުރާލެއްވުމުން ޑްރައިވަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، ޑްރައިވަރުގެ މައުލޫމާތު، ލައިސަންސް ކާޑު އަދި ކާރުގެ މައުލޫމާތާއި، ޑްރައިވަރުގެ ފޮޓޯ އެޕްލިކޭޝަނަށް ލުމަށްފަހު، 7952929 އަށް ގުޅައިގެން ނުވަތަ ވައިބާރ ކޮށްގެން އެކައުންޓު އެކްޓިވޭޓްކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ.

https://www.facebook.com/293498351263734/posts/366989073914661/

ޒަމާނަށް އައި ބަދަލާއެކު، އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ހޯދުން ރާއްޖޭގައިވެސް ދަނީ އާންމުވަމުންނެވެ. "އަވަސް ރައިޑް" އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ ފްލީޓެވެ. މިގޮތުން އަވަސް ރައިޑު ފްލީޓުގައި މިހާރު ޙިދުމަތްދޭ ވެހިކަލްގެ އަދަދު 2500 އާއި ކައިރިކުރެއެވެ އަދި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި މިހާރު އަވަސް ރައިޑް ޙިދުމަތް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާހީނު

    ސާބަހޭ! ޝުކުރިއްޔާ އަވަސް ރައިޑް

  2. ކަރޯ

    އަވަސް ރައުޑް ވަރެއްނެތް. އެއްވަނަ ޓެކްސީ ޙިދުމަތް

  3. ރޭޝަމް

    ކަލޯގެޔާ މަބޭނުން މޮޅުވަާން