މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ލޮތްބާއި އިތުބާރު ލިބިފައިވާ، "ކުކުޅު ފިހާރަ" އިން މިހާރު ކޮންމެ ހަފުތާއަކު ކުރިއަށް ގެންދާ "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ މި ހަފްތާގެ ނަސީބުވެރިއަކަށް ޒާހިޔާ އާސަމް ހޮވިއްޖެއެވެ.

މިއީ މި ޕްރޮމޯޝަންގެ ނަސީބުވެރިއަކު ހޮވި އަށް ވަނަ ހަފްތާއެވެ.

ކަސްޓަމަރުންނަށް އަމާޒުކޮށް ކައިރިކައިރީގައި ގިނަ އަދަދެއްގެ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާ ކުކުޅު ފިހާރައިން މިހާރު ކޮންމެ ހަފްތާއަކު އެކަކަށް ފްރޯޒެން ޕެކެއް ލިބޭގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި ހިނގާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ފޭސްބުކްގައި ކުކުޅު ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ޕޭޖްގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރި ވެވުނީއެވެ.

މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް ހޮވުން އޮންނަނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހުއެވެ.

ފިނި ކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުކުޅު ފިހާރައަކީ އާއްމުންނަށް ބޭނުންވާ އެކިކަހަލަ ސާމަނު ފޯރުކޮށްދެމުން އަންނަ ގިނަ ބައެއްގެ މަގުބޫލުކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައިވާ ފިހާރަ އެކެވެ.

އެގޮތުން ދާދިފަހުން ގަސް އިންދުމަށް ބޭނުން ކުރާ ސާމާނާއި ގަސްވެސް ކުކުޅު ފިހާރައިން ވަނީ ލިބޭނެ މަގު ފަހިކޮށްފައެވެ.

ކުކުޅު ފިހާރައިގެ ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ލިބެނެއެވެ. އަދި ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ. ހަމައެހެންމެ 500ރ. މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

ކުކުޅު ފިހާރައިން ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު