މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އެކްސްޕޯޓް ކުރި މުދަލާއި އިމްޕޯޓުރި މުދަލުގެ ނިސްބަތް ވެސް ދަށްވެއްޖެއެވެ.

ކަސްޓަމްސް އިން ރޭ އާއްމު ކުރި ތަފާސްހިސާބުގައި ވާގޮތުން، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 3.8 ބިިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް ކުރީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި އިމްޕޯޓްކުރި މުދަލާއި އަޅާކިޔާނަމަ %50 ދަށް އަަދަދެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އަކީ 119 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ސެޕްޓެމްބަރ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީގެ ގޮތުގައި ލިބިފައިވާ 220 މިލިއަން ރުފިޔާ އަށް އަރައެވެ. އެހެންކަމުން މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާނަމަ %59 ދަށް އަދަދެކެވެ.

މިއަހަރު ސެޕްޓެމްބަރު މަހު އެކްސްޕޯޓް ކޮށްފައި ވަނީ 199 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި 315 މިިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އެހެންކަމުން މި އަހަރު ސެޕްޓެމްބަރު މަހު އިމްޕޯޓް ކުރި މުދަލުގެ އަގަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާ ނަމަ %37 ދަށް އަގެެވެ.

ފާއިތުވި މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެކްސްޕޯޓް ކުރީ ޗައިނާއިންކަމަށް ވާއިރު އެއީ މުޅި އިމްޕޯޓްގެ %18 އެވެ. ދެވަނައަށް އެންމެ ގިނައިން މުދަ އެތެރެ ކުރި ޤައުމަކީ އިންޑިއާއެވެ. އިންޑިއާއިން ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލަކީ ރާއްޖެ އަށް އެތެރެ ކުރި މުދަލުގެ %14 އެވެ.

އެހެންނަމަވެސް އަގުގެ ގޮތުން ބަލާނަމަ ރާއްޖެ އަށް އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރި ޤައުމަކީ އިނގިރޭސިވިލާތެވެ. އެ ޤައުމުން ރާއްޖެ އަށް އެތެރެ ކުރި މުދާ، ރާއްޖެ އަށް އެކްސްޕޯޓް ކުރި މުދަލުގެ ޖުމްލަ އަގުގެ %21 ހިއްސާކުރެއެެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ސެޕްޓެމްބަރު މަހު ރާއްޖެ އަށް އެތެރެވި އުޅަނދުގެ އަދަދަކީ 108އެވެ. އަދި 117 އުޅަނދު ރާއްޖެ އިން ފުރާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛުމައިލް

    ޢާއްމްދަނީ ދަށަށްދަނީ ކަރަޕްޝަން ކަސްޓަމްސްޣައި ހައިވީމައެވެ.ކަސްޓަމްސްގެ ވެރިން ސީދާ ބޭނުންވެގެން ބޭނުންވާ ތަންތަނަށް މީހުންލާގެން ހަމަ ޖަރީމާ ހިންގުން ނޫން ކަމެއް ނުކުރެއެވެ.މިހާރުވެސް ސީޕޯޓުން ގޯލްޑެންލޭންގެ ކޮންޓެއިނަރެއް ކަޓްނަގާގެން އޮފިސަރުންގެ މެދުގައި މައްސަލަ ޖެހިގެން އުޅެއެވެ.ޑެޕިއުޓީ މާނިއު ގެ ގޭންގް އޮންނަނީ ޕޯޓްގައި ވަކިހިއްޕާލާފައެވެ.

  2. ކިނބޫ

    ކަސްޓަމމް އުވާލާ. ކޮޗިން ފެރީން އެއްޗިހި ގެންނާނީ. ޑިއުޓީއެއް ޓެކްސްއެއް ނޯންނާނެ.