ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ބެޓާ ބިސްކޯދާއި، ކަލްބީ ބްރޭންޑްގެ ފްރެންޗް ފްރައިސް ސްނެކްސް އާއި ޓޮން ގާޑަން ނަޓްސްގެ އާ ސްޓޮކެއް ގެނެސް މިއާމީ ޓްރޭޑާސް އިން ވިއްކަން ފަށައިފިއެވެ.

ފުޅާދާއިރާއެއްގައި ރާއްޖެއަށް އެކި ބާވަތްތަކުގެ ކާތަކި އެތެރެކުރަމުން އަންނަ މިއާމީން އަނެއްކާވެސް ރާއްޖެއަށް ގެނެސްފައި ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބެޓާ ބިސްކޯދަކީ ދިވެހިންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބިސްކޯދެކެވެ. ބެޓާ ބިސްކޯދަކީ ހެނދުނު ސައިގަޑިއަށް ނޫނީ ހަވީރު ސަޔަށް ވަރަށް ގިނަބަޔަކަށް ކަމުދާ އެއްޗެއްކަން ފާހަަގަކޮށްލަން ޖެހެއެވެ.

މީގެ އިތުރުން އާ ސްޓޮކްގައި ގެނައި ކަލްބީ ބްރޭންޑްގެ ފްރެންޗް ފްރައިސް މިއީ ކުޑަކުދިންނަށް އެއްވަނައެވެ. ގޭގައި ފޫހިވެގެން އިންނަ ގަޑީގައި ކާލުމަށާއި، ކުދިން ހައްލާލުމަށް ގިނަ ބަޔަކު މި ވައްތަރުގެ ސްނެކް ހޯދައެވެ.

އަދި އެ ސްޓޮކްއާއެކު ގެނައި ޓޮން ގަޑަން ނަޓްސް މިއީ ހުރިހާ އުމުރެއްގެ މީހުންވެސް ކައި އުޅޭ އެއްޗެވެ. މި ބްރޭންޑްގެ ސޯލްޓެޑް އަލްމަންޑްސް ޕެކެޓާއި، ސޯލްޓެޑް ކެޝޫ ނަޓްސް އާއި ސޯލްޓެޑް ކަޑިއަމްސް މިއާމީން ވިއްކަމުން ދެއެވެ. މި ތިން ވައްތަރަކީވެސް ގިނަބަޔަކު ކާ ވައްތަރުތަކެކެވެ.

މިއާމީން ލިބެން ހުންނަ ހުރިހާ ބާވަތެއްގެ ތަކެތި ހޯލްސޭލްކޮށް ވިއްކަމުން ދެއެވެ. އެ ކުންފުނީގެ ފިހާރަތަކުން ހިދުމަތް ހޯދަން މާލޭގައި ނަމަ ގުޅާނީ 3318850 އަށެވެ. އަދި ވައިބަރ މެދުވެރިކޮށް މުއާމަލާތުކުރާނަމަ 7378850 އަށެވެ. ހުޅުމާލޭގައި ނަމަ ގުޅާނީ 3358850 އަށެވެ. ވައިބަރ ކުރާނީ 7388065 އަށެވެ. އަދި ކުޅުދުއްފުށީގައި ނަމަ 6528850، އަށް ގުޅާލައިގެން އަދި 7436652 އަށް ވައިބާކޮށްގެން ކުރިއަށްގެންދެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު