ޒުވާން އުމުރުގައި ވެސް ޒުވާންކަން ގެއްލިދާ ދިއުމަކީ ގިނަ ބަޔަކަށް ބަރުދާސްތުކުރަން ދަތި ހިތާމައެކެވެ. އާންމު ގޮތެއްގައި މިގޮތަށް ދިމާވަނީ ތިމާގެ ހަންގަނޑާއި އެންމެ އެކަށީގެންވާ ބާވަތްތައް ބޭނުން ނުކުރުމާއި، ނޭނގިވެސް ކުރެވޭ ކަންކަމުން ހަންގަނޑަށް ލިބޭ ގެއްލުމުގެ ސަބަބުންނެވެ. މި ހާލަތު މެދުވެރިވުމުން އަލުން އަނބުރާ ޒުވާން ރީތި ހަންގަނޑެއް ލިބިގަތުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންކަމުން ޒުވާންކަން ގެއްލި ދިއުމުގެ ކުރީން މިއީ ސަމާލުކަންދޭން ޖެހޭ ކަމެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރާ އަދި ދިވެހިންގެ މެދުގައި މަޤުބޫލު، ދުނިޔޭގައި ވެސް މަޝްހޫރު ގިނަ ބްރޭންޑުތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ "ލިބޭ އޮންލައިން" އިން މި ވަނީ އިސްވެ ފާހަގަކުރެވުނު މައްސަލައިގެ ޙައްލު ހޯދައިދީފައެވެ. އެ ވިޔަފާރިން މިހާރު ވިއްކަމުންދާ މަޝްހޫރު "ސެންޓިއޯ" ބްރޭންޑުގެ "ގާލީ ގާލް" ޝަވާ ކްރީމް އާއި މި ބްރޭންޑުގެ ބޮޑީ ލޯޝަނަކީ ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމުގެ އެންމެހާ ކަމަކާއި ގުޅިފައިވާ ތަފާތު އުފެއްދުމެކެވެ.

ހަންގަނޑަށް ފައިދާކުރަނިވި މުޙިންމު ބައިތައް އެކުލެވޭހެން އުފައްދާފައިވާ މި ދެ ބާވަތަކީ، ގެއްލުންދެނިވި މާއްދާތައް އެއްވެސް މިންވަރަކަށް ބޭނުންކޮށްފައި ނުވާ ޤުދުރަތީ އުފެއްދުމެކެވެ. އެހެންކަމުން ކޮންމެ މީހެއްގެ ހަންގަނޑާއި ވެސް މި ދެ އުފެއްދުން ގުޅޭނެއެވެ.

އަންހެނުންނަށް ޚާއްސަ ކޮށްގެން އުފައްދާފައިވާ މި ޝަވާ ކްރީމް އާއި ބޮޑީ ލޯޝަނަކީ މިލްކް ޕްރޮޓީން އާއި ވިޓަމިން-ބީ އާއި ވިޓަމިން-އީ ހިމަނައިގެން އުފައްދާފައިވާ ދެ އުފެއްދުމެކެވެ. މި ބައިތަކުގެ ސަބަބުން އާދަކޮށް މި އުފެއްދުންތައް ބޭނުންކުރަން ފެށުމުން ހަންގަނޑުގެ ތާޒާކަން އިތުރުވެ ހިކިފައި ހުންނަ ހުރުމަށް ޙައްލު ހޯދައި ދެއެވެ. އަދި ހަންގަނޑުގެ ޒުވާންކަން ގެއްލި އަންނަ ބަދަލުތަކަށް ފަރުވާކޮށް، ގެއްލުންދެނިވި ބައިތަކުން ރައްކާތެރިކޮށްދެއެވެ.

ގުދުރަތީ ފައިދާކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި ބާތު-ކްރީމާއި ލޯޝަންގެ އެންމެ ޚާއްސަ ކަމަކީ، އާދަކޮށް މި ދެ ބާވަތް ބޭނުންކުރަން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ފައިދާއާއި ބަދަލުތައް ފެންނާން ފެށުމެވެ. އެގޮތުން ހަށިގަނޑުގައި ހަންމަރުވެފައި ހުންނަ ތަންތަނަށް އަލުން ތާޒާކަން ގެނުވައިދީ ހަންގަނޑު ކުރަކިވެފައި ހުންނަހުރުމަށް ދާދި އަވަހަށް ނިމުމެއް އާދެއެވެ. މި ދެ އުފެއްދުން ބޭނުން ކުރުމުން ހަމަ އެހެންމެ ހަންގަނޑު މަޑުވެއޮމާންކަމާއި ދުޅަހެޔޮކަން އިތުރުކޮށްދީ އެގޮތުގައި ދަމަހައްޓައިދޭނެއެވެ.

މި ދެބާވަތް ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، މި ބާތު ކްރީމް ބޭނުންކޮށްގެން ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ފެންވެރުން މުޙިންމެވެ. މިގޮތުން މި ކްރީމް ބޭނުންކުރާއިރު، ގައިގައި އުނގުޅުމަށް ބޭނުންކުރާ މަޑު ސްޕޮޖެއް ނުވަތަ ފޮތިކޮޅެއް ބޭނުންކުރުން ރަނގަޅެވެ. އަދި ރަނގަޅަށް ހަންގަނޑުގައި މި ކްރީމް އުނގުޅާލުމުން ދޮވެލަންވާނެއެވެ. ނަމަވެސް މި ކްރީމާއެކު އެހެން ބާވަތްތަކުގެ ބާތު-ކްރީމް ނުވަތަ ޝަވާ ކްރީމް ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

މި ބާތު-ކްރީމުން ފެންވެރުމަށްފަހު އާދަކޮށް ކޮންމެ ފަހަރެއްގައި ވެސް މި ބްރޭންޑުގެ ލޯޝަން، ރަނގަޅަށް ހަންގަނޑަށް ވަންނާނެހެން ބޭނުންކުރަން ވާނެއެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ނުވަތަ ބޭނުން ނަމަ އެއްފަހަރަށްވުރެ ގިނަފަހަރު މި ލޯޝަން ބޭނުން ކުރެވިދާނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ މި ބްރޭންޑުގެ ބާތު-ކްރީމްގެ 700 އެމްއެލް ފުޅި "ލިބޭ އޮންލައިން" ގައި ރީޓެއިލްކޮށް ވިއްކަން ހުރީ 199 ރުފިޔާއަށެވެ. އަދި މި ބްރޭންޑުގެ ބޮޑީ ލޯޝަންގެ 700 އެމްއެލް ފުޅި ވެސް ރީޓެއިލް ކުރަނީ މި އަގުގައެވެ. އެ ވިޔަފާރިން އަންނަނީ ފަސޭހަކަމާއެކު ރާއްޖޭގެ ހުރިހާ ހިސާބަކުން ކަސްޓަމަރުންނަށް މި ޕްރޮޑަކްޓުތައް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ވަރަށް ޚާއްސަ އަގުތަކެއްގައި ހޯލްސޭލްވެސް ކުރަމުންނެވެ.

މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ.

މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.



"ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކާ ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ބަނޑު ހިންދައި ބައްޓަން ރީތިކޮށްދޭ، ލޭންސްލޭ ސްލިމިންގް ކޮފީ (115 ރުފިޔާ)


2. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ހުދުކޮށްދޭ ސްޕާކަލް ޓްރިޕްލް ވައިޓް (150 ރުފިޔާ)


3. ކިހިލިފަތް ކަޅުވާ މައްސަލައަށް ހައްލު ހޯދައިދޭ ޑިއޯޑޮރެންޓް (100 ރުފިޔާ)


4. ހަށިގަނޑު ދޮންކޮށް ޒުވާންކަން ގެނެސްދޭ "މިލްކް ޕްލަސް" ލޯޝަން (179 ރުފިޔާ)


5. ހަންގަނޑު މަޑުކޮށް ކުރަކިކަން ފިލުވުމަށް އެންމެ އިތުބާރު އެއް ލޯޝަނާއި ބާތު-ކްރީމް


6. ދަތްތަކުގެ އޮމާންކަން ގެއްލި އަވަހަށް ހަޑިވާން ދިމަވާ މައްސަލައިގެ ހައްލު ހޯދައިދޭ "ސްޕާކަލް ފްރެޝް ވައިޓް ޓޫތްޕޭސްޓް"


7. އިރުގެ އަލިން މޫނުގެ ހަންގަނޑު ރައްކާތެރިކޮށްދޭ "ޒޫމް ފައުންޑޭޝަން


8. ހިރުގަނޑު ފާރުވުމުން ދުރުކޮށްދޭ "ސްޕާކަލް - ގަމް ކެއާ ޓޫތްޕޭސްޓް"


9. "ސެންޓިއޯ: ބޮޑީ މިސްޓް (އެޕަލް/ބެރީ)


10. ދަ ބޭކަރީ ޕްރިންސެސް - ހެއާ އެންޑް ބޮޑީ މިސްޓް