ކޮވިޑް-19 އާ ގުޅިގެން ހުއްޓާލާފައި އޮތުމަށްފަހު، އަލުން ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް މިއަދު ފަށައިފިއެވެ.

ބްރިޓިޝް އެއާވޭސް ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ދަތުރުކުރަނީ ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ކުރާނީ ހަފްތާއަކު ތިން ދުވަހެވެ.

އެއީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015ގައެވެ.

ރާއްޖެ އަށް މިހާރު ދަތުރު ކުރަމުން އަންނަ ފްލައިޓުތަކުގެ ތެރޭގައި ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ސްރީލަންކަން އެއާލައިން، ޓާކިޝް އެއާލައިން، އެއާ އިންޑިއާ އަދި އިންޑިގޯ އާއި ސްވިޒަލެންޑްގެ އެއާލައިނެއް ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ބައެއް އެއާލައިންތަކުން ހުއްޓާލަފައިވާ ދަތުރުތައް އަލުން ފަށާފައި މި ވަނީ، ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު