ރަޝިއާ އިން ރާއްޖެއަށް އިތުރު ފްލައިޓެއް ފެށުމަށް ހަމަޖެހިއްޖެއެވެ.

އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި، ރަޝިއާގެ ލެޝަ ފްލައިޓު، ނޯވިންދުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މިހާރު ވަނީ ނިންމައިފައެވެ. މި ފްލައިޓުގެ ދަތުރުތައް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ދެ ދުވަހު ކުރާނެ ކަމަށާއި، އެ ފްލައިޓުން ދަތުރު ކުރާނީ ރަޝިއާއިން ސީދާ ރާއްޖެއަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނޯވިންދް ފްލައިޓްތަކަކީ ރަޝިއާގެ ލެޝަ އޮޕަރޭޓު ކުރާ ފަރާތްތަކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރަޝިއާ އިން ރާއްޖެއަށް ދަތުރުކޮށްފައި ވަނީ އެއް އެއާލައިނުންނެވެ. މިދިޔަ މަހުގެ 11 ވަނަ ދުވަހު ރަޝިއާގެ ފްލެގް ކެރިއަ އޭރޯފްލޮޓުގެ ދަތުރުތައް ވަނީ ރާއްޖެއަށް ފަށާފައެވެ.

މި ފްލައިޓްތައް އޮންނަ ގޮތަށް ބަލާއިރު، މޮސްކޯގެ ޝެރެމެޓޭވޯ އެއާޕޯޓާއި ރާއްޖެ އާ ދެމެދު ދަތުރު ބާއްވަން ނިންމާފައި ވަނީ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. އަދި މާލެ އާއި ޝެރެމެޓޭވޯ އެއާޕޯޓާއި ދެމެދު ދަތުރުތައް ބާއްވާނީ ހުކުރު އަދި އާދީއްތަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރަމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ރާއްޖެ އަށް މީގެ ކުރިން ރަޝިއާ ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ދަތުރު ކުރިއެވެ. އަދި ކުރިން ރަޝިއާ އާއި ރާއްޖެ އާ ދެމެދު ހަފްތާއަކު އެއް ދަތުރު ކޮށްފައި ވެއެވެ.

އަލުން ރާއްޖެއަށް ފެށި މި ފްލައިޓާއި އެކު ރަޝިއާއިން ފަތުރިވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.