ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ.

ބީއެމްއެލް އިން ގަނެފައިވަނީ އެޗްޑީސީގެ މިލްކުގައިވާ ބިމެކެވެ. އެއީ ހުޅުމާލެ ލޮޓް ނަންބަރު 11611 އެވެ.

އެއީ ހުޅުމާލެ ސެންޓްރަލް ޕާކްގެ ދެކުނުން އަމީން އެވެނިއާ އިންވެގެން އޮންނަ ބިމެކެވެ. 15،822 އަކަފޫޓު ނުވަތަ 1،470 އަކަމީޓަރުގެ ބިމެކެވެ.

އެޗްޑީސީ އިން ހުށަހެޅީ 58،701،475 ރުފިޔާއަށް އެ ބިން ވިއްކުމަށެވެ. އެއީ އަކަފޫޓެއް 4،395 ރުފިޔާގެ ރޭޓުންނެވެ. މި ގޮތަށް ދެ ފަރާތުން އެއްބަސްވެ ބީއެމްއެލް އިން ވަނީ އެ ފައިސާ އެޗްޑީސީއަށް މިހާރު ދައްކައިފައެވެ.

ބީއެމްއެލް އާއި އެޗްޑީސީގެ މި ވިޔަފާރީގެ މުއާމަލަތަކީ ސައްހަ މުއުމާލާތެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނާ ހަވާލުވެ ހުންނެވި ގާޒީ އަބްދުﷲ އަލީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖައިލަމ

    ރިބާ ނެގުން ހުއްޓާލާ ދިވެހިންނަށް ލުއިކޮށްދީ

    14
  2. ރައްޔިތު މީހާ

    ރައްޔިތު މީހާއަށް އަކަ ފޫޓަކަށް 4395 ރުފިޔާގެ ރޭޓުން ބިން ނުވިއްކެނީ ކީއްވެބާ. އެޗް.ޑީ.ސީ އުވާލާ. ރައްޔިތުންނަށް އޮތް މުސީބާތެއް. ރައްޔިތު މީހާއަށް 600 އަކަފޫޓުގެ ބިމެއް މި އަގުގައި ވިއްކައިފިނަމަ 2.7 މިލިޔަން ރުފިޔާވެސް ނާރާނެ. އެ ބިމުގައި 5 ނޫނީ 6 ބުރިއަށް ޢިމާރާތްކޮށްގެން ރައްޔިތު މީހާގެ ޖީބަށް އެއްޗެއް ވަދެ، ފުދުންތެރިވެ ސަރުކާރުގެ ފައިބުޑަށް ނުވެއްޓި ތާހިރު ދިރިއުޅުމެއް އުޅެފާނެތީ ސަރުކާރު ތަކުންނާއި އެޗް.ޑީ.ސީ މޭކަރަނީ..

    5
    1