ކައިލާން ޓްރެންޑްސް އިން ހޯލްސޭލްކޮށް މުދާ ގަނެގެން ބޮޑީ ސްޕްރޭ ކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނަށް ވަރަށް ބޮޑު ތުރުހީބެއް ލިބެމުންދާ ކަަމަށް އެ ފިހާރައިން ބުނެފިއެވެ.

މި ހިނގާ އޮކްޓޯބަރ 15 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނޮވެމްބަރ ގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި، ކައިލާން ޓްރެންޑްސް އިން ހޯލްސޭލްކޮށް މުދާ ގަންނަ ފަރާތްތަކުގެ ތެރެއިން -/5000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް، ބޮޑީ ސްޕްރޭ ކޭހެއް ހިލޭ ލިބޭނެއެވެ.

އަދި އިތުރުވާ ކޮންމެ -/5000 ރުފިޔާއަކަށްވެސް ހަމަ އިތުރު ބޮޑީ ސްޕްރޭ ކޭހެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮމޯޝަންގައި ހޯލްސޭލް ކަސްޓަމަރުންނަށް ހިލޭ ލިބޭ ޕްރޮޑަކްޓް ތަކުގެތެރޭގައި ހިމެނެނީ ކައިލާން ޓްރެންޑްސްގައި މިހާރުވެސް ވަރަށް ބާރަށް ހޯލްސޭލްކޮށް ވިކެމުންދާ ޕްރޮޑަކްޓް ތަކުގެ ތެރޭގައި ހިމެނޭ ބެކް، އީސީ ވަން ގެ ސްޕޯރޓްސް ރޭންޖް، އިގޯ، ސީކްރެޓް އޮފް ލޭޑީ، ސަބާޔާ ފަދަ ޕްރޮޑަކްޓްތައް ހިމެނޭ ގޮތަށް 9 ވައްތަރެއްގެ ބޮޑީ ސްޕްރޭއެވެ.

ކައިލާން އިން ބުނީ -/5000 ރުފިޔާއިން މަތީ ކޮންމެ ހޯލްސޭލް ވިޔަފާރިއަކަށް އޭގެތެރެއިން އެ ކަސްޓަމަރެއް ހިޔާރު ކުރާ ކޮންމެވެސް އެއް ވައްތަރަކުން ކޭހެއް ހިލޭ ލިބޭނެ ކަަމަށެވެ. އަދި ވަރަށް ބާރަށް ވިކެމުންދާ ޕޮކެޓް ޕާރފިމްވެސް މި ޕްރޮމޯޝަންގެ ދަށުން ހިލޭ ލިބުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދިއުމާއެކު، މި ޕްރޮމޯޝަން ކުރިއަށް ދާނީ މިކަމަށް ކަނޑައަޅާފައިވާ ސްޓޮކް ހުސްވަންދެންނެވެ.

ކައިލާންގެ ޓްރެންޑްސް ހޯލްސޭލް ކަސްޓަމަރުން ކޮންމެ ރަށެއްގައި ހުރެގެންވެސް ކައިލާން ޓްރެންޑްސްގެ ހޯލްސޭލް ސެންޓަރ ނަންބަރ 7986474 އަށް ގުޅާލުމުން އެ ކަސްޓަމަރެއް ގަންނަން ބޭނުންވާ ޕްރޮޑަކްޓްގެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. އަދި އެދިވަޑައިގަންނަވާ ތާކަށް އަދި ބޯޓަކަށް ހިލޭ ގެންގޮސްދެވޭނެއެވެ. ކައިލާން ޓްރެންޑްސް ހޯލްސޭލް ސެންޓަރ ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ.