ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލޭންސްލޭ ކޮފީގެ ތަފާތު އާ ޕްރޮމޯޝަނެއް "ލިބޭ"އިން ފަށައިފިއެވެ.

ރާއްޖެއަށް ލޭންސްލޭ ކޮފީ އެތެރެކޮށް ވިއްކަމުން ދާ "ލިބޭ" އިން ކުރިއަށްގެންދާ މި ޕްރޮމޮޝަނާއި ގުޅޭގޮތުން ލިބޭ އޮފިޝަލަކު ވިދާޅުވީ، މި ޕްރޮމޯޝަނުގައި އެއް ފޮށި ގަތުމުން އެއް ފޮށި ހިލޭ ލިބިގެންދާނެ ކަމަށެވެ. މިގޮތަށް ކޮފީ ލިބޭނީ "ލިބޭ"އިން ކޮފީ ރީޓެއިލްކޮށް ބައްލަވައިގަންނަވާ ފަރާތްތަކަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގައި ކޮފީ ފޮއްޓެއް ވިއްކާނީ 160 ރުފިޔާ އަށެވެ. 160 ރުފިޔާ އަށް ކޮފީ ފޮއްޓެއް ބައްލަވައި ގަތުމުން އިތުރު ކޮފީ ފޮއްޓެއް ލިބޭނެއެވެ. ޕްރޮމޯޝަންގައި ބައިވެރި ނުވެ 100 ރުފިޔާ އަށް ވެސް އެއްފޮށި ކޮފީ ގަތުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

ކޮފީ ބައްލަވައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.

މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ " އިން ފޯރުކޮށްދޭނެއެެވެ. އަދި ރަށްރަށުން އޯޑަރު ކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ.