މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ރީސްޓަކްޗާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ރޯޑް ކޯޕަރޭޝަން ރީސްޓަކްޗާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން މިބުނީ ކުންފުނި އުވާލަން އުޅޭ ކަމަށް މީޑީއާގައި ޚަބަރު ފެތުރުނުތާ މަހެއްހާ ދުވަސް ފަހުންނެވެ. މީޑިއާގައި ކުރިން ޚަބަރު ފެތުރިފައިވާ ގޮތުގައި ރޯޑް ކޯޕަރޭޝަން އުވާލުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރަން ރައީސް އޮފީހުން ވަނީ ނިންމާފައެވެ. ނަމަވެސް އެވާހަކަތަކާއި ގުޅިގެން ރަސްމީ ފަރާތަކުން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

ރޯޑް ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ރޯޑް ކޯޕަރޭޝަން ރީސްޓަކްޗާ ކުރުމުގެ މަސައްކަތް ފެބްރުއަރީ 15 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެކޯޕަރޭޝަންގެ ފަރާތުން ފައިސާ ލިބެންޖެހޭ ފަރާތެއްވާނަމަ، އެފަރާތްތަކުގެ ބިލް ނުވަތަ އިންވޮއިސް 28 ފެބްރުއަރީ 2018 ވާ ބްރާސްފަތި ދުވަހުގެ ކުރިން އެކޯޕަރޭޝަންގެ ރިސެޕްޝަނާއި ހަވާލުކޮށްދެއްވުމަށް އެދޭކަމަށް އިއުލާންގައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ދެނޯ.........؟

  2. އިބޫ ހުޅުމާލެ

    ކުޑަހުވަދޫ ހާދަ ރީއްޗޭ... މި ސަރުކާރުން ހާދާކަމެއްކޮށްދިނޭ ތިރަށަށް

  3. ާަައަލީ ތ.އަތޮޅު

    މި ސަރުކާރުން ގިނަ މަޝްރޫއު ތައް ހިންގާ ރަށްރަށުގެ ހަމަ ބޮޑު މަންޒަރު- ދޯކާ ދިނުން
    ހދ.ކުޅުދުއްފުށި. ގދ.ތިނަދޫ. ފޯއްމުލައް. ދ.ކުޑަހުވަދޫ އަދި އައްޑޫ އަށް ވިސްނާލާ. ޙަމަ ފަނާކުރާ ފިކުރު ގެ ބޮޑެތި ކިއްލާ ތައް