ދިވެހިރާއްޖޭގެ އަންހެން ކަނބަލުންނަކީ އެކަނބަލުން ތުރުކުރައްވާ ހެދުމަށް ވަރަށް ބާލާ ބަޔެކެވެ. އެގޮތުން އެފްޑީ ސްޕޯރޓްސް އަކީ ރާއްޖެއަށް އަލަށް ތާޢާރަފްކުރި ގަޔަށް ދޫކޮށް ހެދުން ތުރުކުރައްވާ އަދި ބުރުގާ އަޅާ އަންހެން ބޭފުޅުންނަށް ޙާއްސަ ސްޕޯރަޓްސް ލައިންއެކެވެ. ކަސްރަތުކުރުމަށް، ދުވަންދިޔުމަށް ނުވަތަ ފިޓްނަސްއާ ގުޅޭ ކޮންމެ ކަމަކަށްވެސް ބޭނުންކުރެވޭގޮތަށް ޙާއްސަ ކޮށް ފަރުމާކުރެވިފައިވާ މި ބްރޭންޑްއަކީ އަންހެނުންގެ ބާރުވެރިކަމަށް ވަރަށް ބާރުއަޅާ ބްރޭންޑްއެކެވެ. އަދި އެފްޑީ ސްޕޯރޓްސްއަކީ ދުނިޔޭގެ އެތައް ގައުމެއްގައި މަގުބޫލުކަން ހޯދާފައިވާ އިންޓަރނޭޝަނަލް ބްރޭންޑެކެވެ.

އެފްޑީ ސްޕޯޓްސް ހުޅުވުމާއެކު، ގިނަބަޔަކުވަނީ ފިހާރައަށް ޒިޔާރަތްކޮށްގެންނާއި އޮންލައިންކޮށް ނިއުއެޑިޝަން ވެބްސައިޓުން އެޕްޑީ ސްޕޯޓްސް ވެއާގެ އެތައް ވައްތަރެއް ގަނެފައެވެ. އަދި ގިނަބައެއް ވަނީ ސޯޝަލްމީޑިއާގައި އެޕްޑީ ސްޕޯޓްސް ޕްރޮޑަކްޓްތަކަށް ތައުރީފުކޮށް، ޕްރޮޑަކްޓްތައް ފަސޭހަކަމާއި ރީތިކަމާއި، ދިވެހި އަންހެނުންނަށް ރަނގަޅުކަން ވަނީ ފާހަގަކޮށް އެތައް ޕޯސްޓެއް ކޮށްފައެވެ. އަދި އެތައް އިންސްޓްރަކްޓަރުންނެއްވެސް ވަނީ އެޕްޑީ ސްޕޯޓްސްގެ އެޗްލެޓިކް ހެދުންތައް ބޭނުންކުރަން ފަށާފައެވެ.

https://www.facebook.com/648013529148247/posts/710680092881590/

ސްޕޯރޓްސް ވެއަރ ޙިޔާރުކުރައްވާއިރު ގިނަ މީހުން ހަރަކާތްތެރިވުމުގައި ބަލާނީ ގަޔަށް ފަސޭހަ އަދި ބާރުނޫން، ދާހިއްލުމުން ތަތްނުލަވާގޮތަށް ހުންނަ ހެދުމަށެވެ. އަދި ވަރަށް ގިނަ މީހުން ހެދުމުގެ ކުލައަށާއި ޑިޒައިނަށްވެސް ބަލައެވެ. މި ހުރިހާ ކަންތަކަށް އެފްޑީ ސްޕޯރޓްސްގެ ލައިން ޙާއްސަވެއެވެ. މި ލައިން އުފެއްދުމަށާއި ފަރުމާކުރެއްވުމަށް ބޭނުންކުރެވިފައިވަނީ ގިނަ ދުވަހަށް ހަލާކު ނުވާ ޙާއްސަ އަދި އެހާމެ ލުއި ފޮއްޗަކުންނެވެ.

މި ލައިންގެ ހުރިހާ ސްޕޯރޓްސް ވެއަރގެ ފޮތިއަކީ އަވަހަށް ހިކޭ އަދި ދާހިއްލުމުން ނުބައިވަސް ނުދުވާ ގޮތަށް ފަރުމާކުރެވިފައިވާ ފޮއްޗެކެވެ. އެގޮތުން ވައިން ދައުރުވާ ބެކްޓީރިއާ އަށެ ނުގަނެވޭ ގޮތައް ފަރުމާ ކުރެވިފައިވާ ފޮއްޗެކެވެ. ވީމާ ސިއްޙަތުގެ ދުޅަހެޔޮކަން ރައްކާތެރި ކުރުމަށް މި ފޮތިން އެޙީތެރިވެދެއެވެ. މި ފޮއްޗަކީ ދިވެހިންގެ ނާޒުކު ހަންގަނޑު ރައްކާތެރިކުރުމަށް ޙާއްސަ ފޮއްޗެކެވެ.

https://www.facebook.com/648013529148247/posts/704570626825870/

އެފްޑީ ސްޕޯރޓްސްއަކީ ދުނިޔޭގެ އެތަށް ޤައުމެއްގެ މަޤުބޫލުކަން ހޯދަމުންދާ އިންޓަނޭޝަނަލް ބްރޭންޑެކެވެ. އަދި ޙާއްސަކޮށް އިސްލާމިކް ޤައުމުތަކުގެ ވަރަށް ބާރަށް ކުރިއަރަމުންދާ ސްޕޯރޓްސް ވެއަރ ލައިނެކެވެ. އެފްޑީ ސްޕޯރޓްސްގެ ހުރިހާ ޕްރޮޑަކްޓްތަށް ލިބެންހުނާނީ އެފްޑީ ސްޕޯރްޓްސް ފިހާރައިންނެވެ. ފިހާރަ ހުންނަ ތަނަކީ ހިތަށް ފިނިވާ މަގު، މަޖްލީސް ފުރަގަސް އަދި ކުރީގެ އަލޯރާ ކުރިމަތީގައެވެ.

އޮންލައިން ކޮށް އޯރޑަރ ކުރުމަށް 7362727، 7483120 އަށް ގުޅާލައިގެން ނުވަތަ ވައިބަރ ކޮށްލައިގެނވެއސް އޯޑަރު ކޮށްލެވޭނެއެވެ. އަދި ނިއު އެޑިޝަންގެ ވެބްސައިޓް .www.newedition.mv އިންވެސް އެޕްޑީ ސްޕޯޓްސްގެ ހުރިހާވައްތަރެއް އޯޑަރުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާނީ

    ޝުކުރިއްޔާ މިއީ، ވަރަށް މުހިއްމު އެއްެޗެއް އަހަރުން ބޭނުމެއްނޫން ބާރު ޖާޒީ ލައިގެން ފިރިހެނުންނަށް ފެންނާނެހެން ގޮސް ޖިމުގަ ތިބޭކައް. މިއީ ވ ރަންގްޅު ވައްތަރެއް

    3
    6
  2. ޝަމްހާ

    ސޯ ގުޑް

  3. ސަން

    ކޮން ޖަރީމާއެއް ހިންގައިގެންތަ ތިހާއަވަހަށް ތިދެމެނީ؟ އަދި އިންގޭނެ ދުވަސް ވަރަށް ގާތް

    4
    1
  4. އ . ޖ . އ

    ކޮބާތަ މަގޭ ނަޝްކޮ

    1
    2