ދިވެހިންނަކީ އެންމެ ފަހުގެ ސްމާޓް ފޯނާއި، ސްމާޓް އުފެއްދުންތަކަށް ޚާއްސަ ޝައުގުވެރިކަމެއް ބަހައްޓާ ބައެކެވެ. އެންމެ ފަހުން ނުކުންނަ ފޯނާއި، އެންމެ ފަހުގެ އުފެއްދުންތަކުގެ މައުލޫމާތު އެއްކޮށް ހޯދުމުގެ އިތުރުން، ޒަމާނީ ފޯނު ގެންގުޅުމަކީ ދިވެހިން ކުރާ ހިތްވާ ކަމެކެވެ. އެހެންކަމުން އުފަންދުވަހާއި، ކައިވެނީގެ އަހަރު ފުރޭދުވަހާއި މި ނޫނަސް ޚާއްސަ ދުވަސް ދުވަހު ހަދިޔާ އަކަށް ރަހުމަތްތެރިަކަށް ދޭންވިޔަސް އެންމެ ކަމުދާ އެއް ހަދިޔާ އަކަށް ވަނީ ފޯނު ފަދަތަކެއްޗެވެ.

ސްމާޓް އުފެއްދުންތަކުގެ ދުނިޔެ އާއި ރާއްޖެ އާއި ގުޅުވާލަދޭ އެއް ފާލަމަކީ "ޑްރީމްސް މޮބައިލް"އެވެ. އެންމެ ފަހުގެ ފޯނާއި ފޯނު ކަވަރާއި ހެޑް ސެޓާއި އަދި މި ނޫނަސް ފޯނާ ގުޅުން ހުރި އެންމެ ފަހުގެ ސާމާނު ހަލުވި ކަމާއި އެކު ކަސްޓަމަރުން ބޭނުންވާ ސްޕީޑުގައި ފޯރުކޮށްދޭ ބަޔަކަށް ޑްރީމްސް މޮބައިލް ވާނެއެވެ. އަދި ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށް އެންމެ އަވަހަށް، އެންމެ ފަހުގެ އުފެއްދުންތައް ދިވެހި ބާޒާރަށް ނެރެމުންދާ ބަޔަކަށް ޑްރީމްސް މޮބައިލް ވާނެއެވެ.

ސްމާޓް އުފެއްދުންތަކުގެ ބާޒާރު ރާއްޖޭގައި ވާދަވެރިކަމާއި އެކު ކުރިއަށް ދިޔަ ނަމަވެސް ކަސްޓަމަރުންގެ ފުރިހަމަ އިތުބާރާއި އެކު، ކޮލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ޑްރީމްސް މޮބައިލް ދެމިއޮތުން މިއީ "ޑްރީމްސް މޮބައިލް"އިން ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ލިއްބައިދޭ ކަމުގެ ހެއްކެކެވެ.

ސްމާޓް ފޯނަށް ލޯބި ކުރާ ގިނަ މީހުން މިހާރު އިންތިޒާރު ކުރާނެ ދުވަހަކީ ދާދިފަހުން ބާޒާރަށް ނެރުނު އައިފޯން-12 އާއި އައިފޯން-12 ޕްރޯ ދިވެހި ބާޒާރަށް ނުކުންނާނެ ދުވަހެކެވެ. އެ އިންތިޒާރަށް ނިމުން ގެނެސް، ޑްރީމްސްއިން އައިފޯން-12 އަދި އައިފޯން-12 ޕްރޯވެސް ވިއްކަން ފަށައިފިއެވެ.

ޑްރީމްސް މޮބައިލްގެ ފިހާރައަށް ޒިޔާރަތްކޮށްލަވައިގެންނާއި ޑްރީމްސް މޮބައިލްގެ ވެބްސައިޓަށް ޒިޔާރަތްކޮށްލައްވައިގެން ވެސް މި ފޯނު ބައްލައިގަނެވޭނެއެވެ.

ރާއްޖޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ފޯނު ބްރޭންޑް ކަމަށްވާ އެޕަލް ބްރޭންޑުން އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު، ނެރުނީ 4 ފޯނެވެ.

އޭގެ ތެރެއިން އެންމެ ބާރުގަދަ ދެފޯން ކަމަށްވާ އައިފޯން-12 އާއި އައިފޯން-12 ޕްރޯގެ އަގު ބޮޑެވެ. އެހެންނަމަވެސް ރާއްޖެ އަށް މި ފޯނު ގެނެސްވިއްކަން ޑްރީމްސް މޮބައިލް އިން މި ނިންމީ މާބޮޑު ފައިދާ އަކާއި ނުލައެވެ. އެ ފޯނުގެ އެގުތަކަކީ މިހާރު ޑޮލަރުގެ ބާޒާރުގެ އަގަށް ބަލާއިރު އެކަށީގެންވާ ރަނގަޅު އަގެއްކަން ފާހަގަކޮށްލެވެއެވެ.

އައިފޯން 12 އާއި 12 ޕްރޯ މެކްސްގެ އިތުރުން ފޯނު ކަވަރާއި، ފޯނުގެ ޗާޖަރ ފަދަ ކުރިހާ އާލާތްތައްވެސް ޑްރީމްސް މޮބައިލް މެދުވެރިކޮށް ބައްލަވައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެއެވެ.

އަލަށް އެޕަލް ކުންފުނިން ނެރެފައިވާ ފޯނުތަކުގައި ގިނަ ބަޔަކު ބޭނުންވާ އެތައް ސިފަތަކެއް ހުރެއެވެ. އޭގެ ތެރޭގައި އައިފޯން 12 ގައި ވަޔަލެސް ޗާޖިން، 5ޖީ ނެޓްވޯކް ހިމެނެއެވެ.

އައިފޯނުގެ އާ ފޯނުގައި އާއްމުންނަށް ކަމުދާ އެތައް ފީޗަރސް އެއް ހިމެނެއެވެ. އެގޮތުން އޭގެ ތެރޭގައި އައިފޯން 12 ގައި ވަޔަލެސް ޗާޖިން، 5ޖީ ނެޓްވޯކް ފާހަގަކޮށްލެވެއެވެ. ވަޔަރލެސް ޗަރޖިން އަށް ބަލާނަމަ މީގެ ކުރިން ވަޔަލެސް ޗާޖު ކުރެވޭ ވަރަށްވުރެން މިފަހަރު ނެރެފައިވާ ފޯނުގެ ވަޔަލެސް ޗާޖު ކުރުން ފަސޭހަވެފައި، ޗާޖަރު މަތީ ހިފަހައްޓަައި ދެއެވެ.

އަދި އެ ފޯނަށް ކުރީގެ ފޯނުތަކުގެ އެޑަޕްޓަރު ބޭނުން ނުކުރެވޭނެ ކަމަށާއި ބޭނުން ކުރެވޭނީ "ޔޫއެސްބީ-ސީ" ޓު "ލައިޓްނިން" ކޮޅު ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. އެހެން ކަމުން ބޭނުން ކުރެވޭނީ އައިފޯން 11 އިން މަތީގެ ފޯނުތަކުގައި ގެންގުޅޭ އެޑަޕްޓަރެވެ. މިކަމުގެ ސަބަބުން ފޯނު ޗާޖު ކުރެވޭގޮތް އިންތިހާއަށް އަވަސްވާނެއެވެ.

އެޕަލް އިން ބުނެފައިވަނީ އަލަށް ނެރެފައިވާ ފޯނުގައި ހުންނަ "ސެރެމިކް ޝީލްޑް ފްރޮންޓް ކަވަރ" ގެ ސަބަބުން ބިންމައްޗަށް ވެއްޓުނަސް އެހާ ފަސޭހައިން ހަލާކުވެގެން ނުދާނެ ކަމަށެވެ.

މީގެ އިތުރުން ގިނަ ބަޔަކު އެންމެ ގަޔާވާ ކެމެރާގެ ފީޗާސްތައްވެސް އެހާމެ މޮޅު ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އައިފޯން-12 ޕްރޯ މޮޑެލްގެ ދެފޯނުގެ ކެމެރާ އާދަޔާއި ހިލާފަށް މޮޅުވެފައި ފޮޓޯތައް ވަރަށް ރީތިވާނެ ކަމަށްވެސް އެޕަލް އިން ވަނީ ބުނެފައެވެ.