މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ޓާޓާ އިން އެޅި ފްލެޓުތައް ގަތުމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލި ފުރުސަތުގައި ހުރިހާ ފްލެޓްތައް ވިކިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި، ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ ތެރެއިން ފަހުން ވިއްކާލަން ހުޅުވާލި 160 ފްލެޓް މިހާރު ވިކިފައިވާކަމަށެވެ. އަދި އެ ފްލެޓްތައް ލިބުނު ފަރާތްތައް ފައިސާ ދައްކަން މިހާރު ވަނީ އަންގާފައެވެ.

މި ފްލެޓްތަކަކަކީ އެޗްޑީސީން ވިއްކަން އިއުލާންކޮށް އެ ފުލެޓު ލިބުނު މީހުންނަށް ކަނޑައެޅި މުއްދަތުގެ ތެރޭގައި ފައިސާ ދެއްކިފައިނުވުމުން ވިއްކަން އިއުލާންކުރި ފުލެޓުތަކެކެވެ.

އަރަބިއްޔާ ކުރިން ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އިން ވިއްކަނީ 30 ފްލެޓެވެ. އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ" އިން އިން ވިއްކަން ނިންމާފައި ވަނީ 75 ފްލެޓެވެ.

އެއީ ތިން ކޮޓަރި ދެ ފާޚާނާއާއެކު ސިޓިން ރޫމަކާ، ބަދިގެ އަދި ކާގެ ހިމެނެ އެޕާޓްމެންޓްތަކެވެ. އެއިން ކޮންމެ ފުލެެޓެއް ވިއްކާނީ ދެ މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަވޭ

    ސަރުކާރުން ދެން ސިޔާސީ ކަންކަމުން ރައްޔިތުންގެ ވިސްނުން ސްވައިޕް އައުޓް ކުރުމަށް ޓަކައި އިގްތިސާދީ ކަންކަމުގެ ތެރެއަށް ރައްޔިތުން ޑްރައިވް ކުރަންވީއޭ އެގޮތުން މާލެ ސަރަަހައްދުގައި ހުރި ޕްރައިވެޓް ހުރިހާ ކުންފުނި ތަކަށް ގުޅި ފަޅު ހިއްކާ ގުޅި ފަޅުން 5 ހާސް އަކަފޫޓްގެ ބިމެއް 100 އަހަރު ދުވަހަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ދޭ ގޮތަށް ވަޒީރުންގެ މަޖްލީހުން ހަމަ ޖައްސާ އެކަން އިއުލާން ކުރަންވީއޭ. ރައްޔިތުންގެ މަޖްލީހުގެ ބާރު ކަނޑުވާލަންވީއޭ އެއިރުން ނޭ ރާއްޖޭގެ ރައްޔިތުންނަށް ރައްޔިތުންގެ މަޖްލީހަށް ހޮވިފައިވާ މެމްބަރުންނަކީ އެއީ ދަ ބަނޑު އަކިރިން ކަން އިނގޭނީ. ދެން މިގޮތަށް 10 ޓައިޕްގެ މެގަރ އިގްތިސާދީ ޕްރޮޖެކްޓް މާލެ ސަރަހައްދަށް ްއިއުލާން ކުރަންވީ ވަޒީރުންގެ މަޖްލީހުން. އެއަށް ފަހު ރައްޔިތުންގެ މަޖްލީހުގައި ތިބެން ޖެހޭނީ ހަމަ އެކަނި މާލެ ސަރަހައްދުން ހޮވޭ 10 އެމްޕީން ކަމަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަންވީއޭ އެއިރުން ރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހެދޭނީ.

    • ސައިނީ

      ވިކޭނެތާ ސަރުކާރައި ޕާޓީ މީހުނަށް ބަހާލީމާ

  2. ބީރުބޭ

    އެހެންތަ. ތިކަން ތިނިމުނީނު ދެން. ފުލެޓުގަނެވިދާނެ. ސުވާލަކީ ކިތަށް މީހުންތޯ ތިމާގެ ޙަލާލު މަސައްކަތުން ހޯދިފައިސާއިން ފުިލެޓުގަތީ. އެމީހުންނަށް ތިޔަކަމުގަ އުފާވެރިކަން އެބައޮތް. ﷲ ބަރަކާތް ލައްވާނެ. އެނޫން މީހުނަށް އުފަލެއް ނުލިބޭނެ. އެހެން ނަމަކަ ބޮޑެތި މިލިއަނަރުން އަމިއްލަޔަށް މަރެއް ނުވާނެ. ފައިސާ ނެތީތަ؟ ކޮންމެސް އެހެންކަމެއް ވަނީތާ ދެއްތޯ؟

    • ހާސިމް

      ޓާޓާ ފްލެޓް ވިއްކިގޮތް މީހުންނަށް ފޮރުވަން ދައްކާ ވާހަކަ ތިޔައީ....ބަލަ ނަމުގަ އެއީ އެފޯޑަބަލް ހައުސިން، ދެން ބީ.އެމް.އެލް އިންވެސް ނިކަމެތި މީހާއަށް ކޮންމެވެސް އެއްޗެކޭ ކިޔާފަ ނުދީ ޕުރޮސެސް ކުރީ އެމީހުންނާއި އާއިލާ މީހުންގެ ފޯރމް. ސަރުކާރުން ގެދޮރުވެށި ކުރަންޖެހޭނީކީ ބޭންކް ސްޓާފުންނާއި ޕާޓީކުދިންނޭ ކިޔާތީ ތިޔަ އުޅެނީ

  3. ސަދުން

    އަދުރޭ ތިތަނުން ފުލެޓެއް ގަތްތޯ ބަލަންޖެހޭނެ.

  4. ބަލާތި.

    އަދުރޭ އެންޑް ނިހާން ކިތައް ފުލެޓް މިފަހަރު ގަތްތަ... މިވެރިންގެ މުސާރައާ ނުބައްދަލު ހަރަދުކުރަމުން އެދަނީ...