މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހުގެ މެދުތެރޭ ހުޅުވުމުގެ ހުއްދަ ދެވޭ ވަރުވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ،

މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާ ގެސްޓުހައުސްތަށް ހުޅުވުމުގެ ހުއްދަ ދެވޭނީ އެޗްޕީއޭއިން ހުއްދަ ދިނުމުން ކަމަށެވެ.

"މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ބަންދުކޮށްފައި ބަހައްޓާ ކޮންމެ ދުވަހަކީ ގެއްލުން ވާ ދުވަސްތައް، އުއްމީދަނީ އަންނަ މަހުގެ މެދެއްހާތާގައި ހުޅުވިގެންދިޔުން، މިކަންތައްތައް ގުޅިފައިވަނީ ރާއްޖޭގެ ކޮވިޑް-19 މެނޭޖްމަންޓާއި ނަމްބަރުތަކާއި، ހުޅުވާލަން އެޗްޕީއޭއިން ހުޅުވާލަން ހުއްދަ ދޭހާ އަވަހަކަށް ޓޫރިޒަމް މިނިސްޓްރީން އެމަސައްކަތް ކުރިއަށް ގެންދާނަން،" މިނިސްޓަރ ޕީއެސްއެމްއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދުތަކުގައި ގެސްޓް ހައުސްތަކުގެ ވިޔަފާރި ފެށުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް އެ ހުއްދަދެމުން ގެންދަނީ ޝަރުތުތަކެއް ފުރިހަމަ ކުރުމުންނެވެ. އެގޮތުން ގެސްޓްހައުސްތަށް ހުޅުވުމުގެ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުގައި ބުނެފައި ވަނީ، އެ ހުއްދަ ހުއްދަ ދޭނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ.

މިނިސްޓަރ ކުރިން ވިދާޅުވީ، މާލެ ސަރަހައްދުގެ އެ ވިޔަފާރިއަށް ހުއްދަ ދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލަފާ ދީފައިވަނީ މި ބައްޔަށް ފައްސިވާ މީހުންގެ މިންވަރު ފަސް އިންސައްތައް އަށް ދަށްވެއްޖެނަމަ ކަމަށެވެ.