މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އެ ބޭންކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަދައިފިއެވެ.

އެމްއައިބީއިން ބުނީ، ފިތުރު ޒަކާތް ދެއްކުމަށް އެ ބޭންކްގެ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިސްލާމިކް ބޭންކުގެ މޯބައިލް ބޭންކިންގް އެޕްލިކޭޝަން "ފައިސާ މޯބައިލް" އެޕް މެދުވެރިކޮށް މިހާރު މި ފައިސާ ދެއްކޭނެކަމަށެވެ. އެގޮތުން އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތަށް ފައިސާ ދެއްކޭނެ ކަމަށް އެމްއައިބީއިން މައުލޫމާތުދެއެވެ.

މިގޮތަށް ފައިސާ ދެއްކުމަށް ވަރަށް ފަސޭހަވާނެއެވެ.

އެންމެ ފުރަތަމަ އެޕް ހުޅުވާލުމަށްފަހު ހޯމް ޕޭޖްގައިވާ "ޕޭ ފިތްރް ޒަކާތް" އަށް ފިއްތާލާށެވެ. ދެން އެ ކަސްޓަމަރެއްގެ (އައިޑީކާޑު ނަމްބަރު، ނަން، ޒަކާތް ބަހަނީ ކިތައް މީހުންނަށް ކަމާއި ޒަކާރް ކެޓަގަރީ، އަދަދު) މި ބައިތައް ފުރުމަށްފަހު ޖެހޭނީ ރިވިއުއަށް ފިއްތާލާށެވެ. އަދި އެއަށްފަހު ޖެހޭނީ އޯޓީޕީ ޕާސްވޯޑް ޖަހާށެވެ.

މިގޮތަށް ފައިސާ ދެއްކުމަށްފަހު ކަސްޓަމަރަށް ޕޭމަންޓް ރިސިޕްޓްވެސް ބެލޭނެއެވެ. އަދި ޕްރިންޓްވެސް ކުރެވޭނެއެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް އިސްލާމިކް މިނިސްޓްރީންނާއި އެމްއައިބީގެ މެއިން ބްރާންޗްގައި ގާއިމްކޮށްފައިވާ ޒަކާތް ކަލެކްޝަން ސެންޓަރ މެދުވެރިކޮށް ފައިސާދެއްކޭނެއެވެ.

އެ ބޭންކުން ބުނީ، އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހައަކަށް އެކިކަހަލަ ފީޗާތައް "ފައިސާ މޯބައިލް" މެދުވެރިކޮށްވެސް ތައާރަފްކުރުން ކަމަށެވެ.