ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ އިތުބާރާއި ލޯބި ހޯދާފައިވާ، ފިނި ކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ"އިގެ ކަސްޓަމަރުންނަށް މިއޮތީ އަނެއްކާވެސް އުފާވެރި ޚަބަރެކެވެ.

އަނެއްކާވެސް ކުކުޅު ފިހާރައިން ވިއްކާ ތަކެތީގެ އަގު މިވަނީ ހެޔޮކޮށްފައެވެ.

އެ ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، މުޅި ރާއްޖޭގެ މާކެޓުގައި އެންމެ އަގު ހެޔޮކޮށް ފިނިކުރި ސާމާނު ލިބެން ހުންނާނީ ކުކުޅު ފިހާރައިން ކަމަށެވެ.

އަދި މިފަހަރު ތަކެތީގެ އަގު ހެޔޮކުރުމުން، އެންމެ ކުޑަ އަގުގައި ތަކެތި ލިބެން ހުންނަ ފިހާރައިގެ މަގާމު ދެމެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

ކުކުޅު ފިހާރައަށް ޒިޔާރަތްކޮށްގެން އަދި ކުކުޅު ފިހާރައިގެ ވެބްސައިޓުން އޮންލައިންކޮށް ތަކެތި އޯޑަރުކޮށްލުމުގެ ފުރުސަތު އޮންނާނެެވެ.

ކުކުޅު ފިހާރައިގެ ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތްދޭ އިރު، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ ކަން ނަޝާތު ފާހަގަކުރެއްވިއެވެ.

އަދި 500ރ. އިން މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް އެ ކަސްޓަމަރުން ގަންނަ ތަކެތި، ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުކުޅު ފިހާރައިން އަގުހެޔޮ ކުރި ތަކެތިީގެ ތެރޭގައި ހިމެނެނީ

* އެއް ކިލޯގެ ޗިކަން ތައި ކުރިން 80ރ. / މިހާރު: 65ރ.

* 900ގ. މަޓަން ކުރިން 110ރ. / މިހާރު: 75ރ.

* އެއް ކިލޯގެ ބީފް ޓެންޑާލޮއިން ކުރިން 155ރ. / މިހާރު: 135ރ.

* އެއް ކިލޯގެ ބީފް ޓޮޕްސައިޑް ކުރިން 122ރ. / މިހާރު: 115ރ.

ކަސްޓަމަރުންނަށް އަމާޒުކޮށް ކައިރި ކައިރީގައި ގިނަ އަދަދެއްގެ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާ ކުކުޅު ފިހާރައިން އެންމެ ފަހުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން އަކީ، ކޮންމެ ހަފްތާއަކު އެކަކަށް ފްރޯޒެން ޕެކެއް ލިބޭގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންއެެކެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

"ކުކުޅު ފިހާރަ"އިގެ ހަ ތަނެއް ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވޭރު ކަލާފާނު ހިނގުމުގައެވެ. ހަތަރު ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ. މީގެއިތުރުން "ކުކުޅު ފިހާރަ"އިގެ ހަ ވަނަ ފިހާރަ ހުންނާނީ ރ. މަޑުއްވަރީ ގައެވެ.

ކުކުޅު ފިހާރައިން ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަތަން އެދޭ

    ސަޅި