ދުނިޔޭގައި އެންމެ ބާރަށް ވިކެމުންދާ މޯބައިލް ސްމާޓް ފޯނުގެ ބްރޭންޑުގެ މަގާމު އަނެއްކާވެސް ”ސެމްސަންގ“ އަށް ލިބިއްޖެއެވެ.

މީގެ ކުރިން މި ލިސްޓުގެ އެއްވަނާގައި އޮތް ހުއާވޭ ބްރޭންޑު ވައްޓާލުމަށްފަހު މި ކުއާޓާގައި ސެމްސަންގް އިން ކުރިއަށް ޖެހިލާފައި ވާއިރު، ސެމްސަންގް އަށް ހުއާވޭ ވައްޓާލުމަށް ފަހުގައި އެއްްވަނަ މަގާމު ލިބެން މަގުފަހިވީ ހުއާވޭ ބްރޭންޑުގު ފޯނުތައް އެމެރިކާގައި ވިއްކުން މަނާ ކުރުމާއި ގުޅިގެން ކަމަަށް ކަމުގެ މާހިރުން ވިދާޅުވެއެވެ.

މި ލިސްޓުގެ ތިންވަނާގައި މީގެ ކުރިން އޮތީ އެޕަލް ނަމަވެސް، ޗައިނާގެ ޒިއޯމީ ކުންފުނިން ވަނީ އެޕަލް ވައްޓާލުމަށްފަހު 3ވަނަ މަގާމު ހޯދާފައެވެ. މާހިރުން މައުލޫމާތު ދޭ ގޮތުގައި އެޕަލް އިން އައިފޯނު 12 ނެރުން މިއަހަރު ލަސްކުރުމަކީ މިކަމަށް މަގުފަހިިވި ސަބަބެކެވެ.

އެޕަލް ކުންފުނިން 41 މިލިއަން ފޯނު ވިއްކާފައި ވާއިރު ޒިއޯމީ އިން ވަނީ އެޕަލް އަށް ވުރެން 5 މިލިއަން ފޯނު އިތުރަށް ވިއްކާފައެވެ. އަދި ސެމްސަންގް ކުންފުނިން ވަނީ އެޕަލް އަށް ވުރެން ދެގުނަ އިތުރަށް ފޯނުތައް ވިއްކާފައިކަން ފާހަގަކޮށްލެވެއެވެ.

ވައިރަހުގެ ސަބަބުން ސްމާޓްފޯން އިންޑަސްޓްރީގެ ސޭލްސް 1.3 އިންސައްތަ އަށް މި ކުއާޓާގައި ދައްވެފައި ވީ ނަމަވެސް، ތަޖުރިބާކާރުން ލަފާކުރި ވަރަށްވުރެން ސޭލްސް ރަނގަޅުކަމަށް މާހިރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްލުހާލަތު

    ރަނަށްވުރެއް ގިނައިން ކަރުދާސްވެސް ވިކޭ އިނގޭތޯ އަދި ޖަވާހިރަށްވުރެއް ގިނައިން ޕްލާސްޓިކް ރައިން ސްޓޯން ވެސް ވިކޭނެ.. ލަގްޒަރީ ނުވަތަ އަގު ހުންނަ އެއްޗެތި ވިކޭލެއް މަދުވާނެ އެކަމު ފައިދާ ބޮޑުވާނެ.. މިސާލަކަށް 1000 ކިލޯ ކަރުދާހަށްވުރެއް 1 ކިލޯ ރަން ވިއްކައިގެން ލިބޭ ނަފާ ބޮޑުވާނެ..

    5
    4
    • ލޮލް

      ވަރަށް ދެރަވެއްޖެތާ ދޯ

      7
      1
    • ހުސެއިންސާން

      މި ދައްކަނީ އައިފޯނާ ކަރުދާހުގެ ވާހަކައެއްނޫން. އަދި ރިހާކުރާ ފެނުގެ ވާހަކައެއްނޫން. މިދައްކަނީ ނަގާކިޔާ އުޅޭ ފެންވަރުގެ ފޯނުތަކެއްގެވާހަކަ. އައި ފޯން ނޫން އެހެން ފޯނުތައް ފެންނަނީ ކަރުދާސްހެން ކަމަށް ވާނަމަ ދޭ ލޮލުގެ ޑޮކްޓަރަކަށް ދައްކަން. ކަޑަވިޔަސް، މިސާލުޖަހަން ހަމަޖެހޭ ވާހަކައެއް ދައްކާނަމަވެސްދޯ.

      8
      2