ރާއްޖޭގެ އެންމެ މަޝްހޫރު އަތަރް ބްރޭންޑް އޫދް އަލް ސަބާޔާ އިން ޑެލިވަރީ ހިދުމަތް ފަށައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަމިއްލަ ބްރޭންޑްގެ އަތަރާއި، ޕާފިއުމް އަދި ލޯޝަނާއި، އެއާ ފްރެޝްނާ ވިއްކަމުން އަންނަ އޫދް އަލް ސަބާޔާ އިން ބުުނީ، މާދަމާ މެންދުރު 1:00 އިން ފެށިގެން އެ ކުންފުނިން ޑެލިވަރީ ހިދުމަތް ދެމުންދާނެ ކަމަށެވެ.

މަޝްހޫރު އެތައް ބްރޭންޑްތަކުގެ އަތަރާއި، ޕާފިއުމްވެސް ވިއްކަމުން އަންނަ އޫދް އަލް ސަބާޔާއިން ބުނީ، މާލެ ސިޓީގެ ހުރިހާ ތަނަކަށާއި، އަދި ރަށްރަށަށް ފޮނުވުމަށް ބޯޓާއި، ސްޕީޑް ބޯޓުތަކާއި، ފެރީތަކަށްވެސް ޑެލިވަރީކޮށްދޭނެ ކަމަށެވެ.

އަދި ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އާއި ހަމަައަށް ޑެލިވަރީ ހިދުމަތް ދޭއިރު، ބޭނުންވާ ޕްރޮޑަކްޓެއް ޖެހޭނީ 9495757 އަށް ވައިބާ ކޮށްލާށެވެ.

އޫދް އަލް ސަބާޔާއިން ބުނީ، އޯޑަރު ކޮށްލާތާ 40 މިނިޓް ތެރޭގައި އޯޑަރު ކުރި ފަރާތާއި ހަމައަށް ގެންގޮސްދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

އޫދް އަލް ސަބާޔާއަކީ ރާއްޖޭގެ އެންމެ ހިނގާ އެންމެ މަގްބޫލު އަތަރު ބްރޭންޑެވެ. އެ ބްރޭންޑްގެ ފުރަތަމަ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ.