މި އަހަރުގެ ތިން ވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި، 258.6 ނުވަތަ 259 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމަށްފަހު 258.6 ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ބޭންކަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 224.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު ފައިދާއަކީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއާއި އަޅާބަލާއިރު 34.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓާގައި ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 646 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ބޭންކަށް 639 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައި ވެއެވެ.

މި އަހަރުގެ ތިން ކުއާޓާރުގެ ތެރެއިން ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެ ބޭންކޑަށް ލިބުނީ 685 މިލިއަން ރުފިޔާ އެވެ، އަދި ދެވަނަ ކުއާޓާގައި 551 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއާއެކު ބޭންކްއަށް މިހާތަނަށް ލިބުނު ޖުމުލަ އާމްދަނީ ވަނީ 1.8 ނުވަތަ 1.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކަރި

    މަގޭ ކާޑުން ދެ ބުރަށް ކެނޑި ލާރި ކޮބާހޭ.. މަ ދުއާ ކުރާނަން ކަލޭމެން ގެ ފައިދާ ދަށްވޭތޯ މަގޭ ލާރިކޮޅު ނުދެންޏާ