ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރާ ސަރުކާރުގެ ކުންފުނި ކަމަށްވާ އެސްޓީއޯއިން މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި 41،757 ބަސްތާގެ ކާޑު ރަށްރަށަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، އެ ކުންފުނިން މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި އަތޮޅު ތެރޭގެ ރަށްތަކަށް 18،458 ބަސްތާގެ ހަނޑުލާއި، 5.868 ބަސްތާގެ ހަކުރާއި، 17،431 ބަސްތާގެ ފުށް ފޮނުވާފައިވާނެ ކަމަށެވެ.

އަދި މާލެ ސަރަހައްދުގެ ސަޕްލައިތަކަށް މިިދިޔަ އޮކްޓޯބަރު މަސް ތެރޭގައި 19،079 ބަސްތާގެ ހަނޑުލާއި، 4،756 ބަސްތާގެ ހަކުރާއި، 10،848 ބަސްތާގެ ފުށް ފޮނުވާފައިވާނެ ކަމަށްވެސް އެސްޓީއޯއިން މިއަދު ބުންޏެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަމުން އަންނަ އެސްޓީއޯއިން، ދަނީ ރަށްތަކުން ކާޑުގެ ބާވަތްތައް ހުސްވިޔަ ނުދީ ކުރިއަށްދެވޭނެ ގޮތް ހަމަޖައްސައިދެމުންނެވެ.

އަދި ކޮވިޑް-19 ފެތުރެން ފެށިފަހުން ބައެއް ގައުމުތަކުން ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ދިމާވި ނަމަވެސް، އެސްޓީއޯ އިން ވަނީ ހުރިހާ ބާވަތެއްގެ ކާބޯތަކެއްޗެއް ވެސް ދަތިކަމެއް ނެތި ރާއްޖެ އިން ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު